-

މަގާއި އިޖުތިމާއީ ސަރަހައްދުތައް ވަގުތީގޮތުން ބަންދުކުރުމާބެހޭ ގަވާއިދު (އއ. އުކުޅަހު)

(ގަވާއިދު ނަންބަރު 2022-146)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 149 ވަނަ މާއްދާއިން އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލަށްލިބިދ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާޔާއެކު އެކުލަވައިލައިފައިވާ "މަގާއި އިޖުތިމާއީ ސަރަހައްދުތައް ވަގުތީގޮތުން ބަންދުކުރުމާބެހޭ ގަވާއިދު" އެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މަގާއި އިޖުތިމާއީ ސަރަހައްދުތައް ވަގުތީގޮތުން ބަންދުކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ - އިސްތިސްނާ

އެއްވެސް ފަރާތަކަށް ހާއްސަ ހާލަތެއް (ގުދުރަތީ ހާދިސާއެއް ނުވަތަ ކާރިސާއެއް މެދުވެރިވުމުގެ ސަބަބުން، ގަހެއް ނުވަތަ ފާރެއް ނުވަތަ އިމާރާތެއް ވެއްޓުން ފަދަ ކަމެއް ދިމާވުން) މެދުވެރިވެގެން ނުވަތަ ދައުލަތުގެ ބޭނުމަށް (ދައުލަތް ނުވަތަ ދައުލަތް ހިއްސާވާ އިދާރާއަކުން ނުވަތަ ކުންފުންޏަކުން ދެމުންގެންދާ ހިދުމަތެއް ފޯރުކޮށްދިނުމަށް ޓަކައި) މަގު ނުވަތަ އި ޖުތިމާއީ ސަރަހައްދުތައް ވަގުތީގޮތުން ބަންދުކުރާ ކުރުމާއި ބަންދުކުރާ ފަރާތްތައް މި ގަވާއިދުގެ ދަށުން އިސްތިސްނާކުރެއެވެ.

 

4 ވަނަ މާއްދާ - ވަގުތީގޮތުން މަގު ނުވަތަ އިޖުތިމާއީ ސަރަހައްދު ބަންދުކުރުން

(ހ) މަގެއް ނުވަތަ އިޖުތިމާއީ ސަރަހައްދެއް ވަގުތީގޮތުން ބަންދުކުރަންވާނީ، އަންނަނިވި ހާލަތްތަކުގައި، މި ގަވާއިދުގައިވާ ގޮތުގެ މަތީން ކައުންސިލުން ހުއްދަ ހޯދުމަށްފަހުގައެވެ.ދައުލަތުގެ ބޭނުމަށް މަގާއި އިޖުތިމާއީ ސަރަހައްދުތައް ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި ވެސް،ކައުންސިލުގެ ހުއްދަ ހޯދަން ޖެހޭނެއެވެ. އެހެންނަމަވެސް، ދައުލަތުގެ ބޭނުމަކަށް މަގެއް ނުވަތަ އިޖުތިމާއީ ސަރަހައްދެއް ބަންދުކުރާނަމަ، ފީ ދައްކާކަށް ނުޖެހޭނެއެވެ.

  1. ހާއްސަ ހަފްލާތަކަށާއި ރަސްމިއްޔާތުތައް ބޭއްވުމަށް؛
  2. އިޖުތިމާއީ އެކިއެކި ހަރަކާތްތައް ބޭއްވުމަށް؛
  3. އުމްރާނީ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް؛
  4. މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ވެސް، މަގު ނުވަތަ ސަރަހައްދު ބަންދުކޮށްގެން ނޫނީ ކުރިޔަށް ނުގެންދެވޭނެ މަސައްކަތެއް ނުވަތަ ހަރަކާތެއް ހިންގުމަށް.

(ށ) މަގެއް ނުވަތަ އިޖްތިމާއީ ސަރަހައްދެއް ބަންދު ކުރެވުނީ ކަމަށް ބެލެވޭނީ، މަގު ބަންދުކުރުމަށް 
މި ގަވާއިދު ލާޒި މުކުރާ، މަގު ބަންދުކޮށްފައިވާކަން އަންގައިދ ބޯޑު ބެހެއްޓުމުންނެވެ.

(ނ) މި ގަވާއިދުގެ ދަށުން ވަގުތީގޮތުން މަގެއް ނުވަތަ އިޖުތިމާއީ ސަރަހައްދެއް ބަންދުކުރެވޭނީ،ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ވަގުތަކަށެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތް ނަމަވެސް، މަސައްކަތުގެ ހާލަތަށާއި ކަމުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، 24 (ސައުވީސް) ގަޑިއިރަށްވުރެ އިތުރަށް މަގެއް ނުވަތަ އިޖުތިމާއީ ސަރަހައްދެއް ބަންދުކުރުމަށް ކައުންސިލުން ހުއްދަ ދިނުމަށް މި ގަވާއިދެއް ހުރަހެއްނާޅައެވެ.

 

5 ވަނަ މާއްދާ - ހުއްދަ ދޫކުރުން

(ހ) މަގު ނުވަތަ އިޖުތިމާއީ ސަރަހައްދު ބަންދުކުރުމުގެ ހުއްދަދޭންވާނީ، ބަންދުކުރުމަށް ބޭނުންވާ ފަރާތުން ކުރަން ބޭނުން މަސައްކަތް ބަޔާންކޮށް، މަސައްކަތް ކުރުމަށް ޓަކައި ބަންދުކުރަން ބޭނުންކަމަށް ކައުންސިލަށް ފޯމު ހުށަހެޅުމުން، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަށެވެ.

(ށ) މަގެއް ނުވަތަ އިޖުތިމާއީ ސަރަހައްދެއް ވަގުތީގޮތުން ބަންދުކުރުމުގެ ހުއްދަޔަށް އެދެވޭނީ، އެ މަގެއް ނުވަތަ އިޖުތިމާއީ ސަރަހައްދެއް ބަންދުކޮށްގެން ކުރަންޖެހ މަސައްކަތަކަށް މަސްއޫލުވާ ފަރާތަށް، ނުވަތަ އެ މަސައްކަތެއް ކުރަމުންގެންދާ ކޮންޓްރެކްޓަރަކަށެވެ. އަދި އެ ފަރާތަކީ މަސައްކަތުގެ ވެރިފަރާތްކަން ނުވަތަ ކޮންޓްރެކްޓަރުކަން އެނގޭނޭ ސައްހަ ލިޔެކިޔުން ހުށަހަޅަންވާނެއެވެ. ނުވަތަ މި ހުއްދަޔަށް އެދެނީ ވެރިފަރާތް ނުވަތަ ކޮންޓްރެކްޓަރުގެ ބަދަލުގައި އެހެން ފަރާތަކުންނަމަ، ވެރިފަރާތުން ނުވަތަ ކޮންޓްރެކްޓަރު އެކަން އެ ފަރާތާ ހަވާލުކޮށްފައިވާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. އަދި، ހުއްދަ ހޯދަން ހުށަހަޅާ ފަރާތުން، އެ ފަރާތަކީ ކާކުކަން އަންގައިދ ރަސްމީ ލިޔުމެއް، ހުއްދަޔަށް އެދ ލިޔުންތަކާއެކު 
ހުށަހަޅަންވާނެއެވެ.

(ނ) މަގެއް ނުވަތަ އިޖުތިމާއީ ސަރަހައްދެއް ބަންދުކޮށްގެން ނޫނީ ކުރެވެން ނެތް މަސައްކަތެއް ކުރުމަށް ޓަކައި މަގެއް ބަންދުކުރަން ބޭނުންވާނަމަ، މަގެއް ނުވަތަ އިޖުތިމާއީ ސަރަހައްދެއް ބަންދުކުރުމަށް ބޭނުންވާ ދުވަހުގެ 1 (އެކެއް) ދުވަހުގެ ކުރިން، ރަސްމީ ގަޑީގައި ކައުންސިލަށް އެކަމަށް އެދި ހުށަހަޅަންވާނެއެވެ.

 

6 ވަނަ މާއްދާ - މަގު ބަންދުކުރުމުގެ ހުއްދަ ދޫކުރުމުގައި ރިއާޔަތް ކުރަންވާނެ ކަންކަން

(ހ) މަގު ނުވަތަ އި ޖުތިމާއީ ސަރަހައްދު ބަންދުކުރުމަށް ބޭނުންވާނެ އެންމެ ކުޑަ ސަރަހައްދު ކަނޑައަޅައި، އެ ސަރަހައްދު ބަންދުކުރުން.

(ށ) އެކަމަކަށް ހ ދަވާނެ އެންމެ މަދު ވަގުތު ކަނޑައަޅާއި، ހަމައެކަނި އެ ވަގުތަށް މަގު ނުވަތަ އިޖުތިމާއީ ސަރަހައްދު ބަންދުކުރުން.

(ނ) މަގެއް ބަންދުކުރުމުން ހިނގާ މީހުންނަށާއި ދުއްވާ އުޅަނދުތަކަށް ދަތިނުވާނެ ގަޑިތަކަށް ސަމާލުކަން ދެވެން އޮތްނަމަ، އެ ކަމަށް ސަމާލުކަން ދީގެން، ކަނޑައެޅިފައިވާ މަގުތައް ނުވަތައިޖުތިމާއީ ސަރަހައްދުތައް ބަންދުކުރުން.

 

7 ވަނަ މާއްދާ - ބަންދުކުރުމުގެ ހުއްދައިގައި ހިމަނަންވާނެ ކަންކަން

މަގެއް ނުވަތަ އިޖުތިމާއީ ސަރަހައްދެއް ބަންދުކުރުމަށް ކައުންސިލުން ހުއްދަ ދިނުމުގެގޮތުން ދޫކުރާ ހުއްދައިގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) ބަންދުކުރަން ހުއްދަދ ސަރަހައްދު .

(ށ) ބަންދުކުރަން ހުއްދަދ ގަޑި.

(ނ) ބަންދުކުރާ ސަރަހައްދުގައި ބަހައްޓަންޖެހ ނިށާންތައް.

(ރ) މަސައްކަތެއް ކުރުމަށް ބަންދުކުރާނަމަ، ބަންދުކުރާ ސަރަހައްދުގައި ފުރިހަމަ ކުރަންޖެހ ސަލާމަތީ މިންގަނޑުތައް.

 

8 ވަނަ މާއްދާ - ބަންދުކުރުމަށް ފީނެގުން

(ހ) މަގު ނުވަތަ އިޖުތިމާއީ ސަރަހައްދެއް ބަންދުކުރަނީ އުމުރާނީ މަސައްކަތަކަށްނަމަ، ފުރަތަމަ ހިނގާ 6 (ހައެއް) ގަޑިއިރާ ހަމަޔަށް 500 (ފައްސަތޭކަ) ރުފިޔާއާއި، ފުރަތަމަ 6 (ހައެއް) ގަޑިއިރަށްވުރެ އިތުރަށް ހިނގާ ކޮންމެ ގަޑިއެއްގެއިރަކަށް 150 (އެއްސަތޭކަ ފަންސާސް) ރުފިޔާގެ ފީއެއް ދައްކައިގެންނެވެ.

(ށ) މަގު ނުވަތަ އިޖުތިމާއީ ސަރަހައްދެއް ބަންދު ކުރެވެނީ އިޖުތިމާއީ ހަރަކާތްތަކަށް ނުވަތަ މަސައްކަތަކަށްނަމަ، ފުރަތަމަ 6 (ހައެއް) ގަޑިއިރާ ހަމަޔަށް 500 (ފައްސަތޭކަ) ރުފިޔާއާއި،ފުރަތަމަ 6 (ހައެއް) ގަޑިއިރަށްވުރެ އިތުރަށް ހިނގާ ކޮންމެ ގަޑިއެއްގެއިރަކަށް 100 (އެއްސަތޭކަ) ރުފިޔާގެ ފީއެއް ދައްކައިގެންނެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ފިޔަވައި އެހެނިހެން ކަންތައްތަކަށް ވަގުތީގޮތުން މަގު ބަންދުކުރުމުގެ ހުއްދަ ދޫކުރެވޭނީ، ހުއްދަދެވ ފުރަތަމަ 2 (ދޭއް) ގަޑިއިރަށް 150 (އެއްސަތޭކަ ފަންސާސް) ރުފިޔާ، އަދި އިތުރަށް ހިނގާ ކޮންމެ 
2 (ދޭއް) ގަޑިއިރަކަށް 75 (ހަތްދިހަފަހެއް) ރުފިޔާގެ ފީއެއް ދައްކާގޮތަށެވެ.

(ރ) މި މާއްދާގެ (ހ) އާއި، (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ފީ ނެގުމުގައި ކަނޑައެޅިފައިވާ ވަގުތުތައް ފުރިހަމަ ނުވިނަމަވެސް ފީ ދައްކަންވާނީ، ވަގުތު ފުރިހަމަވެފައިވާކަމަށް ބަލައިގެން މުޅިޖު މުލަ ވަގުތަށެވެ.

(ބ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް،އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ފަންޑްރެއިޒިންގ ޕްރޮގްރާމްތަކާއި ދީނީ ދަރުސް ދިނުމަށް ހިންގާ ޕްރޮގްރާމްތަކުގެ ބޭނުމަށް ބަންދުކުރާ މަގުތަކާއި އިޖުތިމާއީ ސަރަހައްދުތަކުން ފީއެއް ނުނެގ ނެއެވެ.

 

9 ވަނަ މާއްދާ - މަގު ބަންދުކުރުމަށް ބޭނުންކުރާ ބޯޑު

މަގުބަންދު ކުރުމަށް ހުއްދަ ދޭއިރު، މަގުބަންދުކުރުމަށް ބޭނުންކުރާ ބޯޑު، ކައުންސިލުން ލިބޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަންވާނެއެވެ.

 

10 ވަނަ މާއްދާ - މަގު ބަންދުކޮށްފައިވާކަން އަންގައިދ ބޯޑު ބެހެއްޓުން

(ހ) މަގެއް ނުވަތަ އިޖުތިމާއީ ސަރަހައްދެއް ބަންދުކުރުމަށް ހުއްދަ ލިބިފައި އޮތަސް، ބަންދުކޮށްގެން މަސައްކަތްކުރަންވާނީ، މަގު ބަންދުކޮށްފައިވާކަން އަންގައިދ ބޯޑު ބަހައްޓައިގެންނެވެ.

(ށ) މަގު ނުވަތަ އިޖުތިމާއީ ސަރަހައްދެއް ބަންދުކުރުމަށް ދޫކުރާ ބޯޑު ބަހައްޓަންވާނީ، ކައުންސިލުގެ ފަރާތުން މީހަކު ހާޒިރުވެ ހުރެގެންނެވެ.

(ނ) މަގު ބަންދުކުރުމަށް ދޫކުރެވ ބޯޑަށް އެއްވެސް ގެއްލުމެއްވެއްޖެނަމަ، ނުވަތަ ހަލާކުވެއްޖެނަމަ، އެ ބޯޑަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ކައުންސިލަށް ދައްކަންވާނެއެވެ. ބޯޑަށް ލިބޭ ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި، އެ ބޯޑު މަރާމާތުކުރަން ނުވަތަ އައު ބޯޑެއް ހަދަން ދާ ހަރަދު، ބޯޑު ކުއްޔަށް ނެގި ފަރާތަށް އެންގުމުން، އެ ފައިސާ ކައުންސިލަށް ދައްކަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް ، މަގު ނުވަތަ ސަރަހައްދުސާފުކޮށްފައި ނުވާނަމަ، ނުވަތަ ބޯޑު އަނބުރާ ހަވާލުކުރާއިރު އެ ބޯޑަށް ގެއްލުމެއްލިބިފައިވާނަމަ، ޑިޕޮޒިޓް ފައިސާ ރައްދުކުރުމުގެ ބަދަލުގައި، މަގު ނުވަތަ ސަރަހައްދުސާފުކުރުމަށް ނުވަތަ ބޯޑުގެ މަރާމާތުކުރުމަށް ނުވަތަ އައު ބޯޑެއް ހެއްދުމަށް ޑިޕޮޒިޓް ފައިސާ ބޭނުންކުރެވޭނެއެވެ.

 

11 ވަނަ މާއްދާ - މަގު ބަންދުކުރާ ބޯޑަށް ފީނެގުން

(ހ) މަގުމަތީގައި މަސައްކަތްކުރާއިރު ބަހައްޓާ ބޯޑު ބޭނުންކުރަނީ، 6 (ހައެއް) ގަޑިއިރަށްވުރެ މަދު ވަގުތަކަށްނަމަ، 20 (ވިހި) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ. އަދި ބޯޑު ބޭނުންކުރެވެނީ، 6 (ހައެއް) ގަޑިއިރާއި 12 (ބާރަ) ގަޑިއިރާ ދެމެދުގެ ވަގުތަކަށްނަމަ، 40 ( ސާޅީސް) ރުފިޔާ، އަދި 12 ( ބާރަ) ގަޑިއިރާއި 24 (ސައުވީސް) ގަޑިއިރާ ދެމެދުގެ ވަގުތަކަށްނަމަ 60 (ފަސްދޮޅަސް) ރުފިޔާ ދައްކަންވާނެއެވެ. އަދި 24 (ސައުވީސް) ގަޑިއިރަށްވުރެ އިތުރަށް ހިނގާ ކޮންމެ 6 (ހައެއް) ގަޑިއިރަކަށް 20 (ވިހި) ރުފިޔާގެ ރޭޓުން ފީ ދައްކަންވާނެއެވެ.

(ށ) މަގު ބަންދު ބޯޑަށް ޑިޕޮޒިޓުގެ ގޮތުގައި ފޯމާއެކު 500 (ފަސް ސަތޭކަ) ރުފިޔާ ކައުންސިލަށް ދައްކަވަންވާނެއެވެ. މިގޮތުން ބަހައްޓާ ޑިޕޮޒިޓަކީ، މަގު ނުވަތަ ސަހަރައްދު ބަންދުކުރި ބޭނުން ނިންމައި، ސަރަހައްދު ސާފުކޮށް، ބޯޑު ކައުންސިލަށް ރައްދުކުރުމާއެކު، އެ ޑިޕޮޒިޓް ބެހެއްޓި ފަރާތަށް އަނބުރާ ރައްދުކުރެވޭނެ ޑިޕޮޒިޓެކެވެ. ސަރަހައްދު ސާފުނުކުރާނަމަ އަދި ބޯޑު އަނބުރާ ކައުންސިލަށް ރައްދުނުކުރާނަމަ، އެ ފައިސާ އަނބުރާ ހަވާލު ކުރެވޭނީ، ސާފުކުރަން ދިޔަ ހަރަދު ނުވަތަ ބޯޑު އަލުން ހެދުމަށް ދިޔަ ހަރަދު ކެނޑުމަށްފަހު ބާކީ އޮންނަ ފައިސާއެކެވެ.

 

12 ވަނަ މާއްދާ - މަގުން ހިނގާ މީހުންނަށް ދަތިނުވާގޮތަށް މަސައްކަތްކުރުން

މަގުބަންދު ކުރާބޯޑު ބަހައްޓައިގެން މަސައްކަތްކުރިނަމަވެސް، މަސައްކަތް ކުރާންވާނީ އެ މަގުން ހިނގާ މީހުންނަށް ހިނގާ ބިނގާވެއުޅުމުގައި ދަތި ނުވާނ ގޮތެއްގެ މަތީންނެވެ.

 

13 ވަނަ މާއްދާ - ރޭގަނޑުގެ ވަގުތުތަކުގައި މަގު ބަންދުކުރުން

(ހ) މަގެއް ނުވަތަ އިޖުތިމާއީ ސަރަހައްދެއް ބަންދުކޮށްގެން މަސަކަތްކުރަން ބޭނުންވަނީ ހަވީރު 6 ގެ ފަހުން ކަމުގައި ވާނަމަ، ނުވަތަ މަސައްކަތް ދުވާލު ފެށިނަމަވެސް އެ މަސައްކަތް ހަވީރު 6 ގެ ފަހުން ދެމިގެންދާނަމަ، ހަވީރު 6 ގެ ފަހުން ނިވިދިއްލާ ބައްތިއެއް ބޯޑުގައި ހަރުކޮށްފައި ހުންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) މިހެން އޮތްކަމުގައި ވިޔަސް، މަގުކޮނެގެން ކޭބަލް ނުވަތަ ހޮޅިއަކާ ގުޅުންހުރި މަސަތްކަތެއް ކުރަންޖެހނީ، ހަވީރު 6 (ހައެއް) ގެ ކުރިންނެވެ. އެފަދަ ކަމެއް ނުނިމިއްޖެނަމަ، އަދި ރޭގަނޑުގެ ވަގުތުގައި މަސައްކަތް ކުރިޔަށް ގެންދާނަމަ ނުވަތަ މަސައްކަތް ކުރިޔަށް ނުގެންދިޔަ ނަމަވެސް، ތަން ކޮނެފައި ހުރިނަމަ، ނުވަތަ މަސައްކަތްކުރާ މެށިނަރީފަދަ ތަކެތި ބަހައްޓައިފައި ހުރިނަމަ، އެ ސަރަހައްދަކީ މަސައްކަތް ކުރަމުންދާ ސަރަހައްދެއްކަން އެނގޭނޭ ހެން ނުވަތަ އެ ސަރަހައްދަކީ މަސައްކަތް ކޮށްފައި ހުރި ސަރަހައްދެއްކަން އެނގޭނޭ ހެން އެ ސަރަހައްދާއި އެ ސަރަހައްދުގައި ބަހައްޓައި ފައިވާ ނިށާންތައް ފެންނާނ ހެން އެ ސަރަހައްދުގެ ވަށައިގެން ޓޭޕް ދެމުމާއެކު، ނިށާންތަކާއި ކޮނެފައިވާ ސަރަހައްދާއިމެށިނަރީތައް ފެންނަވަރަށް ސަރަހައްދު އެއްކޮށް ދިއްލައިފައި ހުންނަން ވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި މިހެން އޮތް ނަމަވެސް، ހަވީރު 6 (ހައެއް) ގެ ފަހުން ކޮންމެހެން ކުރަންޖެހ މަސަތްކަތް ކައުންސިލުގެ ހުއްދަ ލިބިގެން ކުރެވޭނެއެވެ.

 

14 ވަނަ މާއްދާ - މަސައްކަތާ ގުޅިގެން މައުލޫމާތު ދިނުން

މަސައްކަތް ފެށުމަށްފަހު މަސައްކަތް ނިމުމާ ހަމަޔަށް މަސައްކަތާ ގުޅިގެން ނުވަތަ މަގު ބަންދުކުރުމަށް ދީފައިވާ ހުއްދަޔާ ގުޅިގެން އެއްވެސް މައުލޫމާތެއް ދިނުމަށް ކައުންސިލުން އެދިއްޖެނަމަ، އެ މައުލޫމާތެއް ދޭންވާނެއެވެ.

 

15 ވަނަ މާއްދާ - ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން

(ހ) މަގެއް ނުވަތަ އިޖުތިމާއީ ސަރަހައްދެއް ބަންދުކޮށްގެން އެއްވެސް މަސައްކަތެއް ކުރަމުންދާއިރު އެ މަގެއް ނުވަތަ ސަރަހައްދެއް ހިމެނޭ ކައުންސިލުގެ ފަރާތުން މަސައްކަތްތައް ސުޕަވައިޒް ކުރުމަށް ކަނޑައަޅައިފައިވާ ފަރާތަކުން އެކަން ބަލާއިރު އިސްލާހުކުރާންޖެހ ކަމެއް ފާހަގަކުރެވިގެން އެކަން އިސްލާހުކުރަން އަންގައިފިނަމަ، އެ މަސައްކަތް ކުރިޔަށް ގެންދާންވާނީ،އެކަން ރަނގަޅު ކުރުމަށްފަހުގައެވެ.

(ށ) މަގެއް ނުވަތަ ސަރަހައްދެއް ކޮނުމަށްފަހު ފަސްއަޅައި އެ ތަނެއް ފޮރުވައިލަންޖެހޭނީ، ކައުންސިލުން ބަލައި ޗެކްކުރުމަށްފަހުގައެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް ކައުންސިލުގެ ފަރާތުން ޗެކު ނުކުރަނީސް ކޮނުނު ތަން ފަސްއަޅައި ފޮރުވައިފި ނަމަ، އެ މަގެއް ނުވަތަ ސަރަހައްދެއް ކޮނުމަށްފަހު، އެ މަގެއް ނުވަތަ ސަރަހައްދެއް ކޮނުނު ފަރާތުން ކޮނުނު ތަނަކަށް 2 (ދޭއް) މަސް ދުވަސްވަންދެންޒިންމާވާންޖެހޭނެއެވެ. 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ކޮނުނު ތަނުގައި ވަޅުލައިފައިވާ ނަރެއް ނުވަތަ ހޮޅިއެއް ބުރިވުމުގެ ސަބަބުން ނުވަތަ ފަސްގަނޑު ދޫވުމުގެ ސަބަބުން ހިނގާބިނގާވެއުޅޭ މީހުންނަށާއި ދުއްވާ އެއްޗިއްސަށް ދިމާވެދާނެ ގެއްލުންތަކާއި، ކޮނުނު ފަރާތުގެ އިހުމާލުގެ ސަބަބުން ދިމާވާ އެފަދަ އެހެނިހެން ގެއްލުންތަކަށް ކޮނުނު ފަރާތުން ޒިންމާވާންޖެހޭނެއެވެ.

 

16 ވަނަ މާއްދާ - ސަލާމަތީ ކަންތައް ފުރިހަމަކުރުން

(ހ) މަގެއް ނުވަތަ ސަރަހައްދެއް ބަންދުކޮށްގެން ކުރަންޖެހ މަސައްކަތަކީ އިމާރާތެއްކުރުމުގެ މަސައްކަތެއްނަމަ، އެ މަސައްކަތް ކުރުމުގައި އިމާރާތްކުރުމުގައި ސަލާމަތީގޮތުން ގެންގުޅެންޖެހޭނެކަމަށް ކަމާބެހޭ ވުޒާރާއިން ކަނޑައަޅައިފައިވާ ގަވާއިދުތަކާއި، އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތައް ސަލާމަތީ ފިޔަވަޅުތައް ފުރިހަމަޔަށް އަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސައްކަތުގެ އިތުރުން، އެހެނިހެން މަސައްކަތް ކުރަންވާނީ، އެކަށީގެންވާ ސަލާމަތީ ރައްކައުތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ.

 

17 ވަނަ މާއްދާ - މަސައްކަތް ނިމުމުން މަގު ސާފުކުރުމާއި މަރާމާތުކުރުން

(ހ) މަގެއް ނުވަތަ އިޖުތިމާއީ ސަރަހައްދެއް ބަންދުކޮށްގެން ކުރި މަސައްކަތް ނިމުމުން، އެ މަގު ނުވަތަ އިޖުތިމާއީ ސަރަހައްދު ރީތިކޮށް ކުނިކަހައި ސާފުކުރަންވާނެއެވެ. އަދި މަގުމައްޗަށް ސިމެންތި ފަދަ އެއްޗެއް އެޅިފައިވާނަމަ، ނުވަތަ އެ މަސައްކަތުގެ ސަބަބުން މަގުމަތި ހަޑިވެފައިވާނަމަ، އެ ތަނެއް ރަނގަޅަށް ސާފުކުރުމަކީ ހުއްދަ ދޫކުރެވުނު ފަރާތުގެ ޒިންމާއެކެވެ. ސާފު ނުކުރާ ފަރާތްތަކާމެދު މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

(ށ) މަގު ކޮނުމަށްފަހު ފަސްއަޅައި ރަނގަޅަށް ހަރުކޮށް، ފަސްގަނޑު ލެވަލްކުރަންވާނެއެވެ.

(ނ) މަސައްކަތްކުރުމަށް މެށިނަރީ ފަދަ ތަކެތި ބަހައްޓައިފައިވާނަމަ އެ ތަކެތި އެ ސަރަހައްދުންނެގުމަކީ، ހުއްދަ ދޫކުރެވުނު ފަރާތުގެ ޒިންމާއެކެވެ.

 

18 ވަނަ މާއްދާ - މި ގަވާއިދުގައި ނުހިމެނޭ ގޮތެއްގައި މަގެއް ނުވަތަ އިޖުތިމާއީ ސަރަހައްދެއް ބަންދުކުރުން

މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ ފަރާތަކުން މެނުވީ އާން މު މަގެއް ނުވަތަ އިޖުތިމާއީ ސަރަހައްދެއް 
ބަންދުކުރުމަކީ މަނާކަމެކެވެ.

 

19 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

މި ގަވާއިދުގައި ކުރުމަށް އަންގައިފައިވާ ކަމެއް ނުކުރުމުން ނުވަތަ ނުކުރުމަށް އަންގައިފައިވާ ކަމެއް ކުރުމުން ކަނޑައެޅިގެން ވަކި އަދަބެއް ކަނޑައަޅައިފައި ނުވާ ކަންކަމަށް، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، 500 (ފައްސަތޭކަ) ރުފިޔާއާއި 5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ.

 

20 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ވަކި ތަނެއްގައި ވަކި ގޮތަކަށް ބަޔާންކޮށް ފައި ނުވާނަމަ، ކައުންސިލުގެ މާނައިގެ ތެރޭގައި ހިމެނޭނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލެވެ.

 

21 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލު ކުރަން ފެށުމުން، ގަވާއިދު ނަންބަރު 2013-1224 (ވަގުތީގޮތުން މަގުބަންދުކުރުމާބެހޭ ގަވާއިދު)  އުވުނީއެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު