-

ވައިގެ މަގުން ރާއްޖެ އެތެރެވުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2010-04) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-148)

ގަވާއިދު ނަންބަރު 2010-04 (ވައިގެ މަގުން ރާއްޖެ އެތެރެވުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

14.(ރ) ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ސައިން އޮން ވުމަށް އަންނަ ފަރާތްތަކަށް ރާއްޖެ އެތެރެވެ ހުރުމަށް ދޭނީ 30 (ތިރީސް) ދުވަހެވެ. އަދި މި މުއްދަތުގެ ތެރޭގައި އެ މީހަކު ސައިން އޮން ކުރުމަށް އެދި ހުށަހަޅަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ސައިން އޮން ވުމުގެ ކަންތައް ހަމަނުޖެއްސިއްޖެނަމަ، ސައިން އޮން ވުމަށް ދެވިފައިވާ މުއްދަތު އިތުރު ކުރުމަށް މޯލްޑިވްސް އިމިގްރޭށަނަށް ހުށަހަޅަންވާނެއެވެ. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގައި "ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން" ހުރި ތަންތަން "މޯލްޑިވްސް އިމިގްރޭށަން" އަށް ބަދަލުކުރުން.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

 

މައި ގަވާއިދު

ވައިގެ މަގުން ރާއްޖެ އެތެރެވުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 02010-04)

 

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ވައިގެ މަގުން ރާއްޖެ އެތެރެވުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު