ކުޑަކުދިންނާ ގުޅޭ މައްސަލަ ބެލުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2020-72)
(މި ގަވާއިދަށް އަމަލުކުރަން ފަށާނީ/ފެށީ 25 ނޮވެމްބަރު 2020 ގައި)
ތައާރުފާއި މަގްސަދު
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ކުޑަކުދިންނާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ބެލުމާއި، އެފަދަ މައްސަލަތަކާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމާބެހޭ އިޖުރާއަތުތައް އެކަށައަޅައި، ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގެ 67 ވަނަ މާއްދާގެ (ރ) އާއި، އެ މާއްދާގެ (ދ) އާއި، 96 ވަނަ މާއްދާގެ (ށ) އާއި، 108 ވަނަ މާއްދާގެ (ނ) އާއި، 110 ވަނަ މާއްދާގެ (ނ) އާއި، އެ ގާނޫނުގެ 131 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ކުޑަކުދިންނާ ގުޅޭ މައްސަލަ ބެލުމުގެ އުސޫލުތައްކަނޑައެޅުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލު ކުރުމެވެ.
(ހ) ގާނޫނު ނަންބަރު ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގެ ދަށުން ކުޑަކުދިންނަށް ލިބިދޭ ހައްގުތައް އެ ކުދިންނަށް ލިބިދިނުމުގައި އެ ގާނޫނުގައި ބަޔާންވެގެންވާ ކަންކަން ކުރަންވާނީ ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާވާ ގޮތަށްކަމަށް އެ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވީހިނދު، ކުޑަކުދިންނާ ގުޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ކުރާ މަސައްކަތްތަކަކީ، އެ ކުދިންގެ މަސްލަހަތަށް އެންމެ ފައިދާވާ ގޮތަށް ކުރެވޭ މަސައްކަތްތަކެއް ކަމުގައި ކަށަވަރުކުރުމާއި، އެ މަސައްކަތްތަކަކީ ކުޑަކުދިންނާ އަހުލުވެރި އަދި ޗައިލްޑް ސެންޓަރޑް މަސައްކަތްތަކެއް ކަމުގައި ކަށަވަރުކުރުން؛
(ށ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގެ 67 ވަނަ މާއްދާގެ (ރ) އާއި، (ދ) އަށް ރިއާޔަތްކޮށް، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި، އެ ކުދިންގެ ހައްގުތައް ރައްކައުތެރި ކުރުން ކަށަވަރުކުރުމުގެ ގޮތުންނާއި، މިފަދަ މައްސަލަތަކުގައި ކަމާބެހޭ ހުރިހާ ފަރާތްތަކަކުންވެސް އެއްގޮތް އުސޫލަކުން އަމަލުކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި ކަމާބެހޭއިދާރާތަކުން އަމަލުކުރަންޖެހޭ ގޮތުގެ އިޖުރާއަތު ކަނޑައެޅުން؛
(ނ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގެ 108 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެ ކުދިންގެ ހައްގުތައް ރައްކައުތެރި ކުރުން ކަށަވަރުކުރުމުގެ ގޮތުން، އެ ކުދިންނަށާއި އެ ކުދިންގެ އާއިލާތަކަށް އިޖުތިމާއީ އެހީތެރިކަން ދިނުމުގެ ހިދުމަތް ދިނުމާބެހޭ އުސޫލުތައް ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމާބެހޭ ކައުންސިލުންއެކުލަވައިލައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅުން.
3 ވަނަ މާއްދާ - މައްސަލަ ބެލުމުގެ ނިޒާމުގައި ހިމެނޭ ބައިތައް
މައްސަލަ ބެލުމުގެ ނި ޒާމުގައި ހިމެނެނީ އަންނަނިވި 2 (ދޭއް) ބައެވެ.
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކޭސް މެނޭޖްކުރުމުގެ އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތިން، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި، އެ ކުދިންނަށް ބޭނުންވާ އަޅައިލުމާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި، އަޅަންޖެހޭ އިންޓަރވެންށަން ފިޔަވަޅުތައް އެޅުން؛ އަދި
(ށ) ކުޑަކުދިންނާ ގުޅޭ ޖިނާއީ ކުށުގެ އަމަލުތަކާ ގުޅޭގޮތުން އެހީތެރިކަން ދިނުން.
4 ވަނަ މާއްދާ - މައްސަލަ ބެލުމުގެ ނިޒާމުގެ މަގްސަދު
(ހ) މައްސަލަ ބެލުމުގެ ނިޒާމުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލު ކުރުމަށް މަސައްކަތްކުރުމެވެ.
- ކުޑަކުދިންނާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތަކަށް ހައްލު ހޯދުން؛
- ކުޑަކުދިންނާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި އެއްގޮތް އުސޫލަކުން އަމަލުކުރުން؛
- ކުޑަކުދިންނާ ގުޅޭ މައްސަލަތައް ބެލުމުގެ ޒިންމާ އޮތް ފަރާތްތަކާއި އެ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ކަނޑައެޅުން.
- ކުޑަކުދިންނާ ގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ކަމާބެހޭ އިދާރާތަކުން ވިލަރެސްކޮށްގެން މައްސަލަ ބެލޭނެ އިންތިޒާމެއް ހަމަޖެއްސުން؛ އަދި
- ކުޑަކުދިންނާ ގުޅޭ މައްސަލަތައް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ބަލައި، އެ މައްސަލަތަކާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިދާރާތަކުން މައްސަލަތައް ބަލަންވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގްސަދުތައް ހާސިލުވާނޭ ގޮތެއްގެ މަތިންކަން ކަށަވަރު ކުރުމަކީ، އެ އިދާރާއެއްގެ ޒިންމާއެކެވެ.
5 ވަނަ މާއްދާ - މައްސަލަ ބެލުމުގެ ނިޒާމު އެ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ހާއްސަ އަސާސްތައް
(ހ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ ނިޒާމުތަކުގައި ބަޔާންކޮށްފައިވާ މައިގަނޑު އަސާސްތަކުގެ އިތުރުން، މައްސަލަ ބެލުމުގެ ނިޒާމު ބިނާވެފައިވަނީ އަންނަނިވި ހާއްސަ އަސާސްތަކުގެ މައްޗަށެވެ.
- އެކަށީގެންވާ އަވަސް ގޮތެއްގައި މައްސަލަތައް ބަލައި، ފިޔަވަޅު އެޅުން.
- މިނިވަންކަމާއެކު، ދެފުށް ފެންނަ ގޮތެއްގައި، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތ،ި ހާމަކަމާއި ހަމަހަމަކަމާއެކު، ތައައްސުބުން އެއްކިބާވެހުރ،ެ މަސައްކަތްކުރުން؛
- މައްސަލައިގައި ހިމެނޭ ކުއްޖާއަށާއި ކުއްޖާގެ އާއިލާއަށް މައްސަލަ ހިނގާނުހިނގާ ގޮތުގެ މައުލޫމާތު ހާމަކުރެވެން އޮތް އެންމެ ފުޅާކޮށް މައުލޫމާތު ހާމަކުރުން.
6 ވަނަ މާއްދާ - މައްސަލަ ބަލާ ނިޒާމުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ށަރުތު
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްސަލަ ބަލާ ނިޒާމުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ފަންނީގޮތުން ގާބިލު އަދި ނަޒާހަތްތެރި މުވައްޒަފުންކަން އެ އިދާރާތަކުން ކަށަވަރުކުރަންވާނެއެވެ.
7 ވަނަ މާއްދާ - މައްސަލަ ބެލުމުގެ ނިޒާމުގައި މަސައްކަތްކުރާ މުވައްޒަފުން ތަބާވާންޖެހޭ ހަމަތައް
މައްސަލަ ބެލުމުގެ ނިޒާމުގައި މަސައްކަތްކުރާ މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތު އަހްލާގާއި ސުލޫކީ މިންގަނޑު ކަނޑައަޅާނީ މިނިސްޓަރެވެ.
8 ވަނަ މާއްދާ - ކޭސް ވާރކަރުން
(ހ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ކޭސް ވާރކަރުންނަކީ، މައްސަލައެއް ބެލުމުގެ ޒިންމާއާ އެ އިރެއްގައި ހަވާލުވެހުންނަ ފަރާތެކެވެ. ކޭސް ވާރކަރުންގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- ހުރިހާ މަރުހަލާއެއްގައި ވެސް ކުއްޖާއާ މުއާމަލާތު ކުރުން؛
- ކުއްޖާއަށް ބޭނުންވާ ސައިކޯސޯށަލް ސަޕޯޓު ދިނުމަށް މަގުފަހިކޮށް ދިނުން؛
- ކުއްޖާއަށް އެ އިރެއްގައި ބޭނުންވާ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން.
9 ވަނަ މާއްދާ - ކޭސް މެނޭޖްމަންޓުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދައުރު
(ހ) ކޭސް މެނޭޖްމަންޓުގެ މަގްސަދަށްޓަކައި، ކޭސް މެނޭޖްމަންޓުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދައުރަކީ އަންނަނިވި ކަންކަން ކުރުމެވެ.
- ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން އެހީތެރިކަމަށް އެދިއްޖެނަމަ، އެފަދަ އެހީތެރިކަން އެންމެ ފުރިހަމަ ގޮތުގައި ދިނުން؛
- ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއާ ގުޅިގެން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަގުތީ އެސެސްމަންޓުގެ އަމުރު ތަންފީޒުކުރުން؛
- ކުއްޖަކަށް ޖިންސީ އަނިޔާ ނުވަތަ ޖިސްމާނީ އަނިޔާ ލިބިފައިވާކަމަށް ބެލެވޭ މައްސަލައެއްގެ ރިޕޯޓު، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުމުން، އެ މައްސަލައެއްގެ ތަހުގީގަށް ބޭނުންވާ ހެކި ރައްކައުތެރި ކުރުމަށްޓަކައި ކުއްޖާއަށް ނުވަތަ ކުއްޖާގެ އާއިލާއަށް ދޭންވީ އިރުށާދު ވީ އެންމެ އަވަހަކަށް އެ ފަރާތްތަކަށް ނުވަތަ ކޭސް ވާރކަރަށް ދީ، އެ މައުލޫމާތު ކުއްޖާއަށް ނުވަތަ ކުއްޖާގެ އާއިލާއަށް ދެވޭކަން ކަށަވަރުކުރުން.
10 ވަނަ މާއްދާ - ސިއްހީ ފަރުވާދޭ ތަންތަނުގެ ޒިންމާ
ކުއްޖަކަށް ލިބޭ އަނިޔާގެ ބާވަތަށް ބަލައި، ކުއްޖާއަށް ސިއްހީ ފަރުވާ އަވަހަށް ލިބިދެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ، ސިއްހީ ފަރުވާ ދޭ ތަންތަނުގެ ޒިންމާއެކެވެ.
11 ވަނަ މާއްދާ - ޖިންސީ އަނިޔާ، ނުވަތަ ޖިންސީ ގޯނާ ނުވަތަ ޖިންސީ އަމަލެއް ކުރިމަތިވެގެން އެންމެ ފުރަތަމަ ފަހަރަށް ސިއްހީ ފަރުވާ ދޭއިރު ކޮންމެހެން ކުރަންޖެހޭ ކަންކަން
(ހ) ކުޑަކުއްޖަކަށް ޖިންސީ އަނިޔާ، ނުވަތަ ޖިންސީ ގޯނާ، ނުވަތަ ޖިންސީ އަމަލެއް ކުރިމަތިވެގެން ސިއްހީ ފަރުވާ ދޭއިރ،ު އަންނަނިވި ކަންކަންކުރުމަކީ، އެ ކުއްޖަކު އެގްޒަމިންކުރާ ޑޮކްޓަރެއްގެ ޒިންމާއެކެވެ.
- މި ބާވަތުގެ މައްސަލަތަކުގައި ހަދަންޖެހޭ މެޑިކަލް އެގްޒަމިނޭށަނެއްގައި ބަލާ ކަންކަމާއި، ހަދާނެ ޓެސްޓްތަކާއި، ނަގާނެ ސާމްޕަލްތަކަކީ ކޮބައިކަން، ކުއްޖާއަށާއި ކުއްޖާއަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ފަރާތަށާއި، ކުއްޖާ ގޮވައިގެން ދިޔައީ ކޭސް ވާރކަރކަމުގައި ވާނަމަ، ކޭސް ވާރކަރަށް ފަހުމްވާނޭ ފަދައިން އޮޅުންފިލުވައިދިނުން؛
- އެ ހިނދުން އެ ހިނދަށް ހަދަންޖެހޭ ޓެސްޓްތަކާއި ސާމްޕަލްތައް ދެނެގަނ،ެ އެ ކަންކަން ކުރުމަށް ރިފަރކުރުން؛
- ކުއްޖާއަށް ދިމާވި ހާދިސާކަމަށް ކުއްޖާ ބަޔާންކުރާ ވާހަކައާއި، ކުއްޖާގެ އެގްޒެމިނޭށަން ހެދުމަށްފަހު، ޑޮކްޓަރުގެ އޮޕީނިއަންއާއި، ޑައިގްނޯސިސްއާއި، ހަދަންޖެހޭ ޓެސްޓްތަކާއި، ސާމްޕަލްތަކަކީ ކޮބައިކަމާއި، ކުއްޖާއަށް ޕްރިސްކްރައިބް ކުރާ ބޭހެއް ވާނަމަ، އެ ބޭހާއި، އެހެން ތިންވަނަ އިދާރާއަކަށް އެއްވެސް ތަހުލީލެއް، ނުވަތަ ސާމްޕަލެއް، ނުވަތަ ޓެސްޓެއް ހަދަން ރިފަރކުރާނަމަ، އެކަން ސާފުކޮށް ލިޔ،ެ ކުއްޖާ ގޮވައިގެން ގޮސް ހުރި ފަރާތްތަކުގެ ނަމާއި، އެ ފަރާތްތަކާ ކުއްޖާއާ ހުރި ގުޅުން އެނގޭނޭ ގޮތަށް ރަސްމީ ލިޔުމެއް ތައްޔާރުކުރުން.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޑޮކްޓަރ ދޭ ޕްރެސްކްރިޕްށަން ސްލިޕްގައި ހަދަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ޓެސްޓްތަކާއި، ސާމްޕަލްތަކާއި، ތަހުލީލުތައް ފުރިހަމަކުރާކަން ކަށަވަރުކުރުމަކީ ކޭސް ވާރކަރުގެ ޒިންމާއެކެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޑޮކްޓަރ ތިންވަނަ ފަރާތަކަށް ދޭ ރިފަރަލްއެއްގައި ބަޔާންކޮށްފައިވާ ޓެސްޓެއް، ނުވަތަ ސާމްޕަލެއް، ނުވަތަ ތަހުލީލެއް، އެ ރިފަރަލްއެއް ރައްދުވާ ފަރާތަކުން ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ހަދަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ތައްޔާރުކުރާ ލިޔުމެއް ހޯދުމަކީ، އެ މައްސަލައެއް ތަހުގީގުކުރާ އިދާރާގެ ޒިންމާއެކެވެ.
(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ހޯދާ ލިޔެކިޔުންތަކުގެ ކޮޕީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއަށް ދޭންވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުމުގެ ކޮޕީއެއް ހިއްސާކޮށްދިނުން އެދި ކުއްޖާ ނުވަތަ ކުއްޖާއަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ފަރާތް ނުވަތަ ކުއްޖާގެ ގާނޫނީ ވަކީލު އެދިއްޖެނަމަ، ގިނަވެގެން 7 )ހަތެއް( ދުވަހުގެ ތެރޭގައި އެ ލިޔުމެއް އެ ފަރާތަކަށް ދޭންވާނެއެވެ.
(ކ) މި މާއްދާގެ (ހ) ގައި ވަކި ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސ،ް ކުޑަކުއްޖަކަށް ޖިންސީ އަނިޔާ، ނުވަތަ ޖިންސީ ގޯނާ، ނުވަތަ ޖިންސީ އަމަލެއް ކޮށްފައިވާ ކަމަށް ބެލެވޭ މައްސަލަތަކުގައި، މޯލްޑިވްސް ޕޮލިސްސަރވިސްއިން ނުވަތަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން މެޑިކޯ ލީގަލް ރިޕޯޓެއް ތައްޔާރުކުރަން އަންގައިފިނަމަ، އެ އެންގުމެއް ރައްދުވާ ސިއްހީ ފަރުވާ ދޭ ތަނަކުން އެފަދަ ރިޕޯޓެއް ތައްޔާރުކުރަންވާނެއެވެ.
(އ) މި މާއްދާގައި ބަޔާންކޮށްފައިވާ މެޑިކޯ ލީގަލް ރިޕޯޓުގެ ކޮޕީއެއް ހިއްސާކޮށްދިނުން އެދި ކުއްޖާ ނުވަތަ ކުއްޖާއަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ފަރާތް ނުވަތަ ކުއްޖާގެ ގާނޫނީ ވަކީލު އެދިއްޖެ ނަމަ، ގިނަވެގެން 7 (ހަތެއް) ދުވަހުގެތެރޭގައި އެ ލިޔުމެއް އެ ފަރާތަކަށް ދޭންވާނެއެވެ.
ކޭސް މެނޭޖްމަންޓުގެ މަރު ހަލާތައް
12 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީކުރުން
(ހ) ކުޑަކުއްޖަކާ ގުޅޭ މައްސަލައެއް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ސަމާލުކަމަށް އަންނަ ހިސާބުން، އެ މައްސަލައަކާ ގުޅޭ ގޮތުން އެ ހިނދަކަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބަލައި، ކުއްޖާއަކީ އަޅައިލުމާއި ރައްކައުތެރިކަން ބޭނުންވާ ފަދަ ހާލަތެއްގައި ހުރި ކުއްޖެއް ކަމަށް ބެލެވޭނަމަ، ނުވަތަ އެފަދަ ހާލަތަކަށް ދިއުމުގެ ރިސްކު އޮތް ކުއްޖެއް
ކަމަށް ބެލެވޭނަމަ، އެ ސަރވިސްއިން އަންނަނިވި ކަންކަން ކުރަންވާނެއެވެ.
- މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ކޭސް ރަޖިސްޓްރޭށަން ފޯމު" ފުރިހަމަކޮށް، މައްސަލަ ރަޖިސްޓަރީކުރުން؛
- އެ މައްސަލައަކަށް، ކޭސް ރެފަރަންސް ނަންބަރެއް ދިނުން؛
- މައްސަލައަށް ކޭސް ފައިލެއް ހެދުން؛
- މައްސަލައަކީ ކޮބައިކަން ދެނެގަތުމާއި، ސިއްހީ ފަރުވާދޭ ތަނަކަށް ވަގުތުން ރިފަރަލް ހަދަންޖެހޭނަމަ އެކަން "ކޭސް ރަޖިސްޓްރޭށަން ފޯމު" ގައި ފާހަގަކުރުން.
(ށ) މައްސަލަ ރަޖިސްޓަރީކޮށް ނިމުމުން، އެ މައްސަލައެއްގެ ކޭސް މެނޭޖްމަންޓް ހެދުމަށްޓަކައި ކޭސް ވާރކަރަކާ އެ މައްސަލައެއް ހަވާލު ކުރަން ވާނެއެވެ. މިގޮތަށް ކޭސް ވާރކަރަކާ މައްސަލައެއް ހަވާލުކުރެވޭ ތާރީހާއި ގަޑިއާއިމައްސަލަ ކުރިޔަށްދާގޮތުގެ ތަފުސީލުތައް، ކޭސް ފައިލުގައި ލިޔުމުން ފެންނަން އޮންނަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މައްސަލައެއް ކޭސް ވާރކަރާ ހަވާލުކުރުމުން، "ކޭސް ރަޖިސްޓްރޭށަން ފޯމު" ގައި ވަގުތުން ރިފަރަލް ހަދަންޖެހޭ ކަމަށް ބަޔާންކޮށްފައިވާނަމަ، ވަގުތުން އެ ރިފަރަލްއެއް ފޯނުން ގުޅައިގެން އެންގުމަށްފަހު، ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ "ރިފަރަލް ފޯމު" މެދުވެރިކޮށް އެ ރިފަރަލްއެއް ފޮނުވަންވާނެއެވެ.
13 ވަނަ މާއްދާ - މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވަގުތުން އަންގަންޖެހޭ މައްސަލަތައް
(ހ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގެ 77 ވަނަ މާއްދާގެ (ބ) ގެ މަގްސަދަށް ޓަކައި، މައްސަލައެއްގައި ޖިނާއީ ކުށެއްކަމަށް ބެލެވޭ އަމަލެއް އޮތް ނަމަ، އެ މައްސަލައެއް ރަޖިސްޓަރީ ކުރާތާ ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްއިން،މޯލްޑިވްސް ޕޮލިސް ސަރވިސްއަށް، އެ މައްސަލައެއް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، މޯލްޑިވްސް ޕޮލިސްއަށް އަންގަންޖެހޭ މައްސަލަތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) ގައި ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅައިފައިވާ މައްސަލަތައް؛
- ގާނޫނު ނަންބަރު 12/2009 )ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު( ގައި ކުށެއް ކަމުގައި ކަނޑައަޅައިފައިވާ ކަމެއް ހިމެނޭ މައްސަލަތައް؛
- ގާނޫނު ނަންބަރު 2012-03 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ބެލެވޭނެ މައްސަލަތައް؛
- ގާނޫނު ނަންބަރު 2013-12 (މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނު) ޓްރެފިކް ކުރެވޭ ކުޑަކުދިންގެ މައްޗަށް ހިނގާ ނިސްބަތަށް، އެފަދަ މައްސަލަތައް؛
- ގާނޫނު ނަންބަރު 2013-13 (އެންޓި ޓޯޗަރ ގާނޫނު) ކުޑަކުދިން ބަލަހައްޓާ އޯލްޓަނޭޓިވް ކެއަރގެ ހިދުމަތްދޭ މަރުކަޒުތަކަށް ހިނގާ ނިސްބަތަށް، އެފަދަ މައްސަލަތައް؛
- ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) މައިންބަފައިންނާއި ބެލެނިވެރިންގެ މައްޗަށް ހިނގާ ނިސްބަތަށް، އެފަދަ މައްސަލަތައް؛
- ގާނޫނު ނަންބަރު 2014-17 (ޖިންސީ ކުށުގެ ގާނޫނު) އުމުރުން 16 (ސޯޅަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދުގެ ކުދިންގެ މައްޗަށް ހިނގާނެކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ އޮތުމަށް ބަލައި، އެ ގާނޫނުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ މައްސަލަތައް؛
- ގާނޫނު ނަންބަރު 2015-32 (ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ އަމަލުތަކުގެ ށިކާރައަކަށް ކުޑަކުދިންވާ ހާލަތުގައި އެފަދަ މައްސަލަތައް؛
- ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގައި ކުށެއް ކަމުގައި ކަނޑައަޅައިފައިވާ ކަމެއް ހިމެނޭ މައްސަލަތައް؛ އަދި (10) އެއްވެސް ގާނޫނެއްގައި ކުށެއް ކަމަށް ކަނޑައަޅައިފައިވާ ކަމެއްގެ ށިކާރައަކަށް ކުޑަކުދިންވާ ހާލަތުގައި، އެފަދަ މައްސަލަތައް.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައްސަލައެއް، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުމުން، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އެ މައްސަލައެއްގެ ތަހުގީގު ކުރިއަށް ގެންދަންވާނެއެވެ.
14 ވަނަ މާއްދާ - އިނީށިއަލް ސްކްރީނިންގ އެސެސްމަންޓް
(ހ) އިނީށިއަލް ސްކްރީނިންގ އެސެސްމަންޓުގެ މައިގަނޑު އަމާޒަކީ، ކުއްޖާގެ ރައްކައުތެރިކަން ދެނެގަތުމާއި، ކުއްޖާއަށް ކުރިމަތިވެފައިވާ ނުރައްކާ ދެނެގަތުމެވެ.
(ށ) އިނީށިއަލް ސްކްރީނިންގ އެސެސްމަންޓް ބޭނުންކުރާނީ، އަންނަނިވި ކަންކަން ދެނެގަތުމަށެވެ.
- ލިބިފައިވާ މައުލޫމާތާއި ކުއްޖާ ހުރި ހާލަތަށް ބަލައި، އެ ވަގުތެއްގައި ކުއްޖާއަށް ގެއްލުން ލިބުމުގެ ނުރައްކަލާއި، ގެއްލުމުގެ ބޮޑުކަން އޮތް މިންވަރު ދެނެގަތުން؛
- ކުއްޖާއަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ފަރާތަށް ކުއްޖާއަށް ކުރިމަތިވެފައިވާ ނުރައްކާތަކުން ކުއްޖާ ހިމާޔަތްކޮށް ރައްކައުތެރި ކުރުމުގެ ގާބިލުކަން ހުރި މިންވަރު ދެނެގަތުން؛
- ކުއްޖާއަށް ކުރިމަތިވެފައިވާ ނުރައްކާ ކުޑަކުރުމަށްޓަކައި ނުވަތަ ނެތިކުރުމަށްޓަކައި ހަދަންޖެހޭ އިންޓަރވެންށަންތަކަކީ ކޮބައިކަން ދެނެގަތުން.
(ނ) އިނީށިއަލް ސްކްރީނިންގ އެސެސްމަންޓަށް ރިއާޔަތްކޮށް، ކުއްޖާގެ ރައްކައުތެރިކަން ހުރި މިންވަރާއި އެޅެން ހުރި އިންޓަރވެންށަން ފިޔަވަޅުތަކަށް ބަލައި، ކުއްޖާގެ ރައްކައުތެރިކަމާ ބެހޭ ނިންމުންތަކަށް ވާސިލުވާންޖެހޭނެއެވެ.
15 ވަނަ މާއްދާ - އިނީށިއަލް ސްކްރީނިންގ އެސެސްމެންޓް ހެދުން
(ހ) ކުއްޖަކާ އެންމެ ފުރަތަމަ ބައްދަލުވާއިރު އިނީށިއަލް ސްކްރީނިންގ އެސެސްމަންޓު ހަދަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ މަގްސަދަށްޓަކައި، މައްސަލައެއް ރަޖިސްޓަރީކުރާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ކުއްޖާޔާ ބައްދަލުކޮށް އިނީށިއަލް ސްކްރީނިންގ އެސެސްމަންޓު ހަދަންވާނެއެވެ.
(ނ) ކުއްޖަކާ ބައްދަލުކުރުމަށް އެ ކުއްޖާ ހުރި ރަށަކަށް ކޭސް ވާރކަރ ދަތުރުކުރަންޖެހޭ ހާލަތުގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެސެސްމަންޓް ހެދުމަށް ނުކުޅެދޭނަމަ، އެ މައްސަލައެއް ރަޖިސްޓަރީކުރާތާ ގިނަވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި އިނީށިއަލް ސްކްރީނިންގ އެސެސްމަންޓު ހަދަންވާނެއެވެ.
(ރ) އިނީށިއަލް ސްކްރީނިންގ އެސެސްމަންޓު ހަދަންވާނީ މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ "އިނީށިއަލް ސްކްރީނިންގ އެސެސްމަންޓު ފޯމު"
16 ވަނަ މާއްދާ - މެދުވެރިކޮށެވެ.ކުއްޖާ ހުރި ހާލަތުރައްކައުތެރިކަމަށް ބެލުން
ކުއްޖާ ދިރިއުޅޭ ތަނުގައި ކުއްޖާއަށް އެ ވަގުތު ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރެއް ނުވަތަ ނުރައްކަލެއް ނެތް ނަމަ، ނުވަތަ ކުއްޖާއަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ފަރާތުގެ ކިބައިގައި އެފަދަ ނުރައްކާތެރި ކަމަކުން ރައްކައުތެރިކަން ލިބިދިނުމުގެ ގާބިލުކަން ހުރިނަމަ، ކުއްޖާ ހުރި ހާލަތު ރައްކައުތެރިކަމަށް ބެލިދާނެއެވެ.
17 ވަނަ މާއްދާ - ކުއްޖާ ހުރި ހާލަތު ނުރައްކާތެރި ކަމަށް ބެލުން
ކުއްޖާ ދިރިއުޅޭ ތަނުގައި ކުއްޖާއަށް އެ ވަގުތު ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތްނަމަ، ނުވަތަ ނުރައްކަލެއް އޮތްނަމަ، ނުވަތަ ކުއްޖާއަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ފަރާތުގެ ކިބައިގައި ކުއްޖާ ނުރައްކަލުން ސަލާމަތްކުރުމުގެ ގާބިލުކަމާއި ވަސީލަތްތައް ނެތްކަމަށް ބެލެވޭނަމަ، އަދި ކުއްޖާ ރައްކައުތެރި ކުރުމަށް ތިންވަނަ ފަރާތެއްގެ އިންޓަރވެންށަން ބޭނުންވާނަމަ، ކުއްޖާ ހުރި ހާލަތު ރައްކައުތެރި ނޫން ކަމުގައި ބަލަންވާނެއެވެ.
18 ވަނަ މާއްދާ - ފިޔަވަޅު އަޅަންޖެހޭކަން ކަނޑައަޅާނެ ގޮތް
ކޮންމެ މައްސަލައެއްގައިވެސް ފިޔަވަޅު އަޅަންޖެހޭ މިންގަނޑުތައް ކަނޑައަޅާނީ އެ މައްސަލައެއްގައި ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. މިގޮތުން އަންނަނިވި ހާލަތްތަކުގައި އަވަހަށް ފިޔަވަޅު އަޅަންޖެހޭކަމަށް ކަނޑައެޅިދާނެއެވެ.
(ހ) ކުއްޖާއަށް، ނުވަތަ ކުއްޖާގެ ފުރާނައަށް، ނުވަތަ ކުއްޖާގެ ސިއްހަތަށް ނުރައްކަލެއް އޮތް ބިރެއް ނަމަ؛
(ށ) އަވަހަށް ފިޔަވަޅު ނާޅައިފިނަމަ ކުއްޖާއަށް ނޭދެވޭ އަސަރު ކުރުން؛
(ނ) އިނީށިއަލް ސްކްރީނިންގ އެސެސްމަންޓުން ކުއްޖާއަށް ނުރައްކަލެއް އޮތް ކަމަށް ބެލެވޭނަމަ، އަދި ކުއްޖާ ދިރިއުޅޭ މާހައުލުގައި އުޅޭ އެހެން ކުޑަކުދިންނަށްވެސް އެ ނުރައްކާ އޮތް ކަމަށް ބެލެވޭނަމަ، އެ ކުދިން ރައްކައުތެރި ކުރުމަށް ޓަކައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ އިސްނެގުމުގެ މަތިން، އެ ކުދިންނާ ގުޅޭ ގޮތުންވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެސެސްމަންޓް ހަދައި، އިންޓަރވެންށަން ހެދުމުގެ އިހްތިޔާރު ލިބިގެންވެއެވެ.
19 ވަނަ މާއްދާ - ކޮމްޕްރިހެންސިވް އެސެސްމަންޓް ހެދުން
(ހ) ކޮންމްޕްރިހެންސިވް އެސެސްމަންޓަކީ، ކުއްޖާއަށާއި ކުއްޖާގެ އާއިލާއަށް ބޭނުންވާ އެހީތެރިކަން ދިނުމަށްޓަކައި އަޅަންޖެހޭ އިންޓަރވެންށަންތައް ފުރިހަމައަށް ދެނެގަނ،ެ ކޭސް ޕްލޭން ކުރަން މަގުފަހިކުރުމަށް ހަދާ އެސެސްމަންޓެކެވެ.
(ށ) އިނީށިއަލް ސްކްރީނިންގ އެސެސްމަންޓް ހަދާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޮންމްޕްރިހެންސިވް އެސެސްމަންޓް ހަދައި، ފުރިހަމަކުރަންވާނެއެވެ.
(ނ) ކޮމްޕްރިހެންސިވް އެސެސްމަންޓު ހެދުމަށްޓަކައި، ކުއްޖާގެ އާއިލާއާއި ކަމާ ގުޅޭ ފަރާތްތަކާ އިންޓަވިއު ކުރަންވާނެއެވެ.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ކޮންމްޕްރިހެންސިވް އެސެސްމަންޓް ހަދާނީ،މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ "ކޮމްޕްރިހެންސިވް އެސެސްމަންޓު ފޯމު" މެދުވެރިކޮށެވެ.
(ބ) ކުއްޖާ ހުރީ ވަގުތީގޮތުން ބަލަހައްޓަން އާއިލާގެ ފަރާތަކާ ހަވާލުކޮށްފައިނަމަ، އަދި ކުއްޖާ އެ ފަރާތާއެކު ބެހެއްޓުމަށް ފެންނަނަމަ، ކުއްޖާ އެ ފަރާތެއްގެ ގާތުގައި ބެހެއްޓުމަށްޓަކައި، ރުހުން ހޯދައި، ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން އެ ފަރާތުގެ މައްޗަށް ބަދަލުކުރަންވާނެއެވެ.
20 ވަނަ މާއްދާ - ކޭސް ޕްލޭން ރޭވުން
(ހ) ކޭސް ޕްލޭނެއްގައި އިނީށިއަލް ސްކްރީނިންގ އެސެސްމަންޓުންނާއި ކޮންމްޕްރިހެންސިވް އެސެސްމަންޓުން ފާހަގަކުރެވޭ ކޮންމެ މައްސަލައަކަށް ހައްލު ހޯދުމަށް ހުށަހެޅުންތަކެއް އޮންނަންވާނެއެވެ. އަދި ކޭސް ޕްލޭނުގައި ކުރަންޖެހޭ ކަންކަމާއި، އެ ކަންކަން ކުރަންޖެހޭ މުއްދަތުތަކާއި، ހުށަހެޅުމަށް އަމަލުކުރުމުގެ ޒިން މާ އަދާކުރާނެ ފަރަތެއް އެނގެން އޮންނަންވާނެއެވެ.
(ށ) މައްސަލައެއް ރަޖިސްޓަރީ ކުރެވޭތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ކޭސް ޕްލޭން އެކުލަވައިލަންވާނެއެވެ.
(ނ) ކޭސް ޕްލޭން އެކުލަވައިލުމަށްޓަކައި، ކޭސް ވާރކަރ އަންނަނިވި ކަންކަން ކުރަންވާނެއެވެ.
- ކުއްޖާއާއި ކުއްޖާގެ އާއިލާގެ ބައިވެރިވުން ހޯދަން މުހިންމުކަމަށް ފެންނަ ނަމަ، ފެމިލީ ކޮންފަރަންސް ބޭއްވުން؛
- ކަމާބެހޭ އިދާރާތަކާއެކު ކޭސް ކޮންފަރެންސް ބޭއްވުން؛
- މުޅި މައްސަލައިގެ މައިގަނޑު ލަނޑުދަނޑިއަކީ ކޮބައިކަން ނިންމުން (މިސާލަކަށް: އާއިލާ ހަރުދަނާކުރުން. ކުއް ޖާ ހުރީ މި މަރުހަލާގައި ދައުލަތުގެ ބެލުމުގެ ދަށުގައި ނަމަ، ކުއްޖާ ރ-ީއިންޓެގްރޭޓް ކުރުން، ނުވަތަ ކުއްޖާ ފޮސްޓަރ ކުރާނެ ފަރާތެއް ހޯދުން)؛
- ހާސިލުކުރަން ބޭނުންވާ ތަފުސީލީ ކަންކަން ކަނޑައަޅައި، އެ ކަންކަން ހާސިލުކުރާނެ މުއްދަތުތަކެއް ކަނޑައެޅުން. މި ކަންކަން ކަނޑައަޅާއިރ،ު އެ ކަންކަން ވަޒަންކުރެވޭ ފަދަ ގޮތަކަށް އެ ކަންކަން ބައްޓަންކުރުން؛
- ލަނޑުދަނޑިތައް ހާސިލު ކުރުމަށް ޓަކައި ހަދަންޖެހޭ އިންޓަރވެންށަންތަކަކީ ކޮބައިކަން ފާހަގަކުރުން؛
- ހާސިލުކުރަން ބޭނުންވާ ކަންކަން ކުރުމަށްޓަކައި އާއިލާއަށް އެހީތެރިކަން ހޯދިދާނެ ވަސީލަތްތަކަކީ ކޮބައިކަން ދެނެގަތުން (މިސާލަކަށް: ކޮމިއުނިޓީ ސަޕޯޓް، ނުވަތަ ހިދުމަތްތައް)؛
- ކުއްޖާއާއި އާއިލާއާ ދެމެދު އޮންނަ ގުޅުން ހީނަރުވާ ހިނދެއްގައި ނުވަތަ ކޭސް ޕްލޭނާ އެއްގޮތަށް ކަންކަން ނުދާ ހިނދެއްގައި، ކުއްޖާއާއި ކުއްޖާގެ އާއިލާ ގުޅަންޖެހޭނެ ފަރާތްތަކަކީ ކޮބައިކަން ދެނެގަތުމާއި، އެކަމަށްޓަކައި ކޮންޓިންޖެންސީޕްލޭނެއް ހެދުން؛ އަދި
- ކުއްޖާގެ އާއިލާއާ ކޭސް ޕްލޭން ހިއްސާކުރެވެން އޮތް ނަމަ، އެ ޕްލޭން ހިއްސާކުރުން.
(ރ) ކޭސް ޕްލޭން ހަދަންވާނީ، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ "ކޭސް ޕްލޭން ފޯމު" މެދުވެރިކޮށެވެ.
21 ވަނަ މާއްދާ - ކޭސް ޕްލޭން ތަންފީޒުކުރުން
(ހ) ކޭސް ޕްލޭން ތަންފީޒުކުރުމަކީ، ކޭސް މެނޭޖްމަންޓުގެ ހަތަރުވަނަ މަރުހަލާއެވެ.
(ށ) ކޭސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، އަދި އެ ޕްލޭނުގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި، ކަމާބެހޭ ހުރިހާ ފަރާތްތަކަކުންވެސް ކޭސް ޕްލޭން ތަންފީޒުކުރަމުންދާކަން ކަށަވަރުކުރުމަކީ ކޭސް ވާރކަރުގެ ޒިންމާއެކެވެ.
(ނ) ކޭސް މެނޭޖްމަންޓުގެ މަރުހަލާގެ ތެރޭގައި މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ގޮތަށް ކޭސް މެނޭޖްމަންޓް ނޯޓު ބަލަހައްޓައި ރިކޯޑު ކުރުމަކީ، ކޭސް ވާރކަރުގެ ޒިންމާއެކެވެ.
(ރ) މައްސަލައަކާ ގުޅޭ ގޮތުން ބާއްވާ ކޮންމެ ކޭސް ކޮންފަރެންސެއްގެ މައުލޫމާތު، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ ގޮތުގެ މަތިން ބެލެހެއްޓުމަކީ ކޭސް ވާރކަރުގެ ޒިންމާއެކެވެ.
22 ވަނަ މާއްދާ - ފޮލޯއަޕް ހެދުން
(ހ) ފޮލޯއަޕް ހެދުމަކީ، ކޭސް މެނޭޖްމަންޓުގެ ފަސްވަނަ މަރުހަލާއެވެ.
(ށ) ކޮންމެ މައްސަލައަކާ ގުޅިގެންވެސް އެންމެ މަދުވެގެން ކޮންމެ (ތިނެއް) މަހަކު އެއްފަހަރު ފޮލޯއަޕް ހެދުމަކީ ކޭސް ވާރކަރުގެ ޒިންމާއެކެވެ.
(ނ) ފޮލޯއަޕް ހެދުމުގައި ކުއްޖާއާއި، ކުއްޖާގެ އާއިލާއާއެކު، ކުއްޖާގެ ތައުލީމާއި، ސިއްހަތާއި، ކުއްޖާއަށް ބޭނުންވާ އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގައި ބައިވެރިވާ ކަމާބެހޭ އިދާރާތަކުގެ ފަރާތްތައް ވީ ވަރަކުން ށާމިލުކުރެވޭތޯ ބަލަންވާނެއެވެ.
(ރ) މައްސަލައެއްގައި ފޮލޯއަޕް ހަދާ ކޮންމެ ފަހަރަކު، މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ގޮތަށް އެ ކަމާ ގުޅޭ މައުލޫމާތު ރިކޯޑުކުރަމުން ގެންދިއުމަކީ ކޭސް ވާރކަރުގެ ޒިންމާއެކެވެ. މިފަދައިން މައުލޫމާތު ބަލަހައްޓަމުންގެންދާއިރު ކުއްޖާގެ ހާލަތާ ގުޅޭ އިންޑިކޭޓަރުތައް ފާހަގަކުރަމުންގެންދަންވާނެއެވެ.
(ބ) މި މަރުހަލާގައި ކޭސް ވާރކަރުން ކުރަންޖެހޭ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
- ކޭސް ޕްލޭން ތަންފީޒުކުރަމުންދާ ގޮތް މޮނިޓަރކޮށް، ރިވިއުކުރުން؛
- ކުއްޖާ ހުރި ހާލަތު މޮނިޓަރކުރުން؛
- ކުއްޖާގެ ރައްކައުތެރިކަމާއި ކުއްޖާ މޮނިޓަރކުރުމުގެ މަގްސަދަށްޓަކައި ކުއްޖާއާއެކު ގަވާއިދުން ގުޅުން ބޭއްވުން؛ އަދި
- ކުއްޖާއަށް ނުވަތަ އާއިލާއަށް ބޭނުންވާ އެހީތެރިކަމެއް އޮތް ނަމަ، އެ ކަމެއް ކޮށްދިނުން.
23 ވަނަ މާއްދާ - ކުޑަކުދިން ކުށްކުރުމާއި ދުރުކުރުމަށް ބޭނުންވާ ޕްރޮގްރާމްތަކުގެ އުސޫލުތައް
ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގެ 110 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެކުލަވައިލަންޖެހޭ އިޖުރާއަތުތަކާއި އުސޫލުތައް، މިނިސްޓްރީން ށާއިއު ކުރަންވާނެއެވެ.
24 ވަނަ މާއްދާ - ކޭސް ކްލޯޒްކުރުން
(ހ) ކޭސް ކްލޯޒްކުރުމަކީ، ކޭސް މެނޭޖްމަންޓުގެ އެންމެ ފަހުގެ މަރުހަލާއެވެ. އެއްވެސް މައްސަލައެއްގެ ކޭސް ކްލޯޒްކުރެވޭނީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ކޭސް މެނޭޖްމަންޓާ އެ އިރަކު އެންމެ އިސްކޮށް ހަވާލުވެ ހުންނަ ފަރާތުގެ ހުއްދަ ލިބުމަށްފަހުގައެވެ.
(ށ) މައްސަލައެއް ކްލޯޒް ކުރެވިދާނެ ކަމަށް ކޭސް ވާރކަރަށް ފެނިއްޖެނަމަ، އެކަމާމެދު އެ މައްސަލައެއްގެ ސުޕަވައިޒަރާ މަށްވަރާކުރުމަށްފަހު، އެ ނިންމުމަކަށް ވާސިލުވި ސަބަބުތައް ލިޔުމުން ރިކޯޑުކުރަންވާނެއެވެ.
(ނ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، ކޭސް ކްލޯޒްކުރެވިދާނެއެވެ.
- އެއީ، ފޮސްޓަރކޮށްގެން ނުވަތަ ރ-ީއިންޓެގްރޭޓްކޮށްގެން ކަމުގައި ވިޔަސ،ް ކުއްޖާއަށް ރައްކައުތެރި ދާއިމީ މާހައުލަކަށް ކުއްޖާ ބަދަލުކުރެވުން.
- މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކާއެކު ކުރެވޭ މަށްވަރާގެ ތެރެއިން ކޭސް ކްލޯޒް ކުރުމަށް ފެންނަކަމަށް ނިންމުން؛
- މައިގަނޑު ލަނޑުދަނޑި ހާސިލުވުން؛ ނުވަތަ
- ކުއްޖާ މަރުވުން އަދި ކުއްޖާގެ މަރާ ގުޅުންހުރި އެންމެހައި ކަމެއް ނިމިފައިވުން.
(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ހުއްދަ ލިބުމުން، ކޭސް ކްލޯޒްކުރަންވާނީ، މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ "ކޭސް ކްލޯޒް ކުރުމުގެ ފޯމު" މެދުވެރިކޮށެވެ.
(ބ) ކޭސް ކްލޯޒް ކުރުމަށްފަހު، އެފަދަ މައްސަލައެއް އަލުން ހުޅުވޭނީ އެ ސަބަބުތައް ލިޔުމުން ރެކޯޑުކުރުމަށްފަހު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސްގެ ކޭސް މެނޭޖްމަންޓް ސަރވިސްގެ އެންމެއިސްވެރިޔާގެ ހުއްދަ ލިޔުމުން ލިބުމުންނެވެ.
25 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައެވެ.
26 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައި އެވާ މާނަކުރުމެވެ.
(ހ) "އާއިލާ" ކަމަށް ބުނެފައި އެވަނީ، އެ ކުއްޖެއްގެ މައިންބަފައިންނަށް، ނުވަތަ މަންމައަށް، ނުވަތަ ބައްޕައަށް، ނުވަތަ ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުއީ ބަލަދުވެރިންނަށް ނުވަތަ ހަޒާނަތު ހައްގުވާ ފަރާތްތަކަށެވެ.
(ށ) "އިންޓަރވެންށަން" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އަޅާ ރެސްޕޮންސް ފިޔަވަޅަށެވެ.
(ނ) "އިނީށިއަލް ސްކްރީނިންގ އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ،ކުއްޖާއާ ބައްދަލުވުމުން އެންމެ ފުރަތަމަ ކުއްޖާގެ ހާލަތު ދެނެގަތުމުގެ ގޮތުން ހަދާ އެސެސްމަންޓަށެވެ.
(ރ) "ސައިކޯސޯށަލް ސަޕޯޓް" ކަމަށް ބުނެފައި އެވަނީ، ކުއްޖަކު ނުވަތަ މީހަކު ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި، އެ ކުއްޖެއްގެ ނުވަތަ އެ މީހެއްގެ ސައިކޮލޮޖިކަލް އަދި އިޖުތިމާއީ ބޭނުންތަކަށާއި ގުޅުންތަކަށް ބަލައި، އެ ކުއްޖަކަށް ނުވަތަ އެ މީހަކަށް ބޭނުންވާ އެހީތެރިކަމަށެވެ.
(ބ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު އެ އިރަކު ހަވާލުކޮށް ފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)
ޖަދުވަލު 1
ކޭސް ރަޖިސްޓްރޭށަން ފޯމު
ޖަދުވަލު 2
ރިފަރަލް ފޯމު
ޖަދުވަލު 3
އިނީށިއަލް ސްކްރީނިންގ އެސެސްމަންޓު ފޯމު
ޖަދުވަލު 4
ކޮމްޕްރިހެންސިވް އެސެސްމަންޓު ފޯމު
ޖަދުވަލު 5
ކޭސް ޕްލޭން ފޯމު
ޖަދުވަލު 6
ކޭސް މެނޭޖްމަންޓު ނޯޓްސް ޓެމްޕްލޭޓް
ޖަދުވަލު 7
ކޭސް ކޮންފަރެންސް ފޯމު
ޖަދުވަލު 8
ކޭސް ކްލޯޒްކުރުމުގެ ފޯމު
މައި ގާނޫނު
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-19)
ކިޔުންތެރިންގެ ހިޔާލު