-

ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2014-20)

 

ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 19 ވަނަ މާއްދާއަކީ އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އޭގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

19 (ށ) ބިމާ ވަކިން އިމާރާތް ވިއްކުން އަދި ރަހުނު ކުރުން
އެއްމެދު އިމާރާތަކީ ވަކި ހައިސިއްޔަތެއް ލިބިގެންވާ އިމާރާތަކަށް ވުމާއެކު އެއްމެދު އިމާރާތާއި އިމާރާތުގެ ފްލެޓްތަކާ ގުޅޭގޮތުން ކުރާ މުއާމަލާތްތައް މި މާއްދާގެ (ހ) އިން އިސްތިސްނާވެގެންވެއެވެ.

2 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ބިިމާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2002-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު