-

ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު) އަށް 16 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2018-16)

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (މ) ގެ ފަހަތަށް އަންނަނިވި ފަދައިން ދެ އަކުރު އިތުރުކުރުން.

5. (ފ)

  1. ދިވެހިރާއްޖޭގައި މަސްވެރިކަންކުރާ މަސްދޯނިފަހަރުގައި ބޭނުންކުރާ ޑީސެލް.
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ތަކެއްޗަށް އިމްޕޯޓް ޑިއުޓީ މައާފުކޮށްދެވޭނީ، އެކަމަށް އެދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހެޅުމުންނެވެ.
  3. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ތަކެއްޗަށް އިމްޕޯޓް ޑިއުޓީ މައާފުކޮށްދިނުމުގައި އަމަލުކުރާނެ އުސޫލު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ދ)

  1. އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ހިދުމަތް ދޭ ފަރާތްތަކުން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލް.
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ތަކެއްޗަށް އިމްޕޯޓް ޑިއުޓީ މައާފުކޮށްދެވޭނީ، އެކަމަށް އެދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހެޅުމުންނެވެ.
  3. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ތަކެއްޗަށް އިމްޕޯޓް ޑިއުޓީ މައާފުކޮށްދިނުމުގައި އަމަލުކުރާނެ އުސޫލު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު (ގާނޫނު ނަންބަރު 1979-31) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު