-

ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރ 2002-01) އަށް 7 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2016-17)

 

ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ-  ބުނެވިދިޔަ ގާނޫނުގެ 19 ވަނަ މާއްދާގެ (ކ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުވުން.

19.(އ) އެއްމެދު އިމާރާތެއްގެ ފްލެޓެއް، މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވިއްކުމުގެ މުއާމަލާތެއްގައި، އެފަދަ ފްލެޓެއް ގަންނާނީ ދިވެހިރައްޔިތެއް ކަމުގައިވެފައި، އެއީ އެފަދަ ފްލެޓެއް އޭނާ ގަންނަ ފުރަތަމަ ފަހަރު ކަމުގައިވާނަމަ، އެ ފްލެޓް ވިއްކާ ފަރަތުން މި މާއްދާގެ (ބ) ގެ ދަށުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދެއްކުމުން އިސްތިސްނާވެގެންވެއެވެ.

(ވ) މި މާއްދާގެ (އ) ގައި ބަޔާންކުރާ ހާލަތުގައި، އެއްމެދު އިމާރާތެއްގެ ފްލެޓެއް ގަންނަ މީހާގެ ނަމުގައި ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބިމެއް އޮތުމަކީ، އެ އަކުރުގައި ބަޔާންކުރާ އިސްތިސްނާގެ މަންފާ އެމީހަކަށް ލިބިދިނުމަށް އޮތް ހުރަހެއް ކަމުގައެއް ނުބެލެވޭނެއެވެ.

 

2 ވަނަ މާއްދާ -  މި ގަނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.  

 

މައި ގާނޫނު

ބިިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ބިިމާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2002-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު