ފިކްސްޑް ޓްރާންސްމިޓިންގ ސްޓޭށަންގެ ލައިސަންސާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 37/1978)

0 occurrences found.

ގާނޫނު ނަންބަރު 43/2015 ގެ 124 ވަނަ މާއްދާގެ (ނ) އިން އުވާލެވިފައި

ފިކްސްޑް ޓްރާންސްމިޓިންގ ސްޓޭށަންގެ ލައިސަންސާ ބެހޭ ގާނޫނު

(ގާނޫނު ނަންބަރު 37/1978)

 

1 ވަނަ މާއްދާ

ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ކޮންމެ ފިކްސްޑް ޓްރާންސްމިޓިންގ ސްޓޭށަނެއްމެ ބޭނުންކުރަންވާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭށަންސުގައި ރަޖިސްޓްރީ ކުރުމަށް ފަހުގައެވެ.

 

2 ވަނަ މާއްދާ

ފިކްސްޑް ޓްރާންސްމިޓިންގ ސްޓޭށަންގެ ލައިސަންސް ފީއަކީ އަހަރަކު 100 (ސަތޭކަ) ރުފިޔާ އެވެ.

 

3 ވަނަ މާއްދާ

ފިކްސްޑް ޓްރާންސްމިޓިންގ ސްޓޭށަންގެ ލައިސަންސް ކޮންމެ އަހަރެއްގެ ފެބްރުއަރީގެ ނިޔަލަށް އާކުރަންވާނެއެވެ. ފެބްރުއަރީގެ ނިޔަލަށް ލައިސަންސް އާނުކޮށްފިނަމަ ލައިސަންސްއާ ކޮށްދެވޭނީ 5 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ. އާ އަހަރަށް ލައިސަންސްއާ ނުކޮށް އޮއްވާ ލައިސަންސް ބާތިލުކުރަން އެދިއްޖެނަމަ އެދުވަހާ ހަމައަށް ފީނެގުމަށްފަހު ލައިސަންސް ބާތިލުކޮށްދެވޭނެއެވެ. މާޗްމަހުގެ ނިޔަލަށް އާނުކޮށް އޮތް ލައިސަންސެއް ބާތިލުކޮށްދެވޭނީ އަހަރުދުވަހުގެ ފީނެގުމަށް ފަހުގައެވެ.

 

4 ވަނަ މާއްދާ

ފިކްސްޑް ޓްރާންސްމިޓިންގ ސްޓޭށަން ބޭނުން ކުރަންވާނީ އިންޓަނޭށަނަލް ޓެލެކޮމިއުނިކޭށަން ކޮންވެންށަނާއި ދިވެހިރާއްޖޭގެ ގާނޫނާ ހިލާފްނުވާ ގޮތުގެ މަތިންނެވެ.

 

5 ވަނަ މާއްދާ

ގަވާއިދާ ހިލާފަށް ފިކްސްޑް ޓްރާންސްމިޓިންގ ސްޓޭށަނެއް ބޭނުންކޮށްފިކަން އެނގިއްޖެނަމަ -/25 (ފަންސަވީސް) ރުފިޔާއާއި -/50 (ފަންސާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ފެނިއްޖެ ހިނދެއްގައި ލައިސަންސް ބާތިލު ކުރެވިދާނެއެވެ.

 

އުވި ގާނޫނު

ޓެލެކޮމިއުނިކޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 43/2015)

 

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com