-

އިންތިހާބުތަކާބެހޭ އާންމު ގާނޫނު (ގާނޫނު ނަންބަރު 2008-11) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2024-03)

(މި ގާނޫނަށް އަމަލުކުރަން ފެށީ 29 ފެބުރުއަރީ 2024 ގައި)

 

ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހިންގައި ބެލެހެއްޓުން 4.

(ށ) އަންނަނިވި ކަންކަން ހިންގައި ބެލެހެއްޓުމުގައި އިލެކްށަންސް ކޮމިށަނުން ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުގެ އެހީތެރިކަމަށް އެދިއްޖެނަމަ، ގާނޫނުގައި ކަނޑައެޅިފައިވާ ވަގުތުގައި އެކަމެއް ކުރުމަށްޓަކައި ބޭނުންވާނެ އެއްބާރުލުމާއި އެހީތެރިކަން އެފަރާތަކުން އިލެކްށަންސް ކޮމިށަނަށް ފޯރުކޮށްދޭންވާނެއެވެ.

 

2 ވަނަ މާއްދާ ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކުރުން 9.

(ހ) އިންތިހާބެއް ބޭއްވުމުގެ މަދުވެގެން 45 (ސާޅީސް ފަހެއް) ދުވަސް ކުރިން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގެ އެންމެފަހުގެ މައުލޫމާތު ފުރިހަމަކުރުމަށްފަހު ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައިވާ މީހުންގެ ނަމާއި، ޖިންސާއި، ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެމަތިން ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަން ވާނެއެވެ. އަދި އިލެކްށަންސް ކޮމިށަންގެ ވެބްސައިޓުގައި އެ މައުލޫމާތު ށާއިއުކުރަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 13 ވަނަ މާއްދާގެ (ށ) އަށް އަންނަނިވި ނަންބަރުތައް އިތުރުކުރުން.

އިންތިހާބު ބާއްވާކަން އިއުލާންކުރުން 13.

(9) އިއުލާންކުރެވޭ އިންތިހާބަކީ ބައި-އިލެކްށަނެއް ނަމަ، އިންތިހާބަށް ކުރިމަތިލުމާއި، ތާއީދު ހޯދުމަށް މަސައްކަތްކުރުމާއި، ރެޖިސްޓްރޭށަނާއި ރީރެޖިސްޓްރޭށަނާއި ށަކުވާ ހުށަހެޅުން ފަދަ އެންމެހައި ކަންކަމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާފައިވާ މުއްދަތުތައް.

(10) އިއުލާންކުރެވެނީ އިންތިހާބެއްގެ އިތުރު ބުރެއް ނަމަ ތާއީދު ހޯދުމަށް މަސައްކަތްކުރުމާއި، ރެޖިސްޓްރޭށަނާއި ރީރެޖިސްޓްރޭށަނާއި ށަކުވާ ހުށަހެޅުން ފަދަ އެންމެހައި ކަންކަމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާފައިވާ މުއްދަތުތައް.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 37 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވޯޓުލާ މަރުކަޒުތަކުގައި ތިބޭ މީހުންނަށް ފޮނުވަންޖެހޭ ތަކެތި 37.

(1) އެ މަރުކަޒަކަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހުންގެ އަދަދު 100 އަށްވުރެ މަދު ނަމަ ރަޖިސްޓަރީވެފައިވާ އަދަދުގެ އިތުރަށް 4 ވޯޓު ކަރުދާސް، އަދި 100 އަށްވުރެ ގިނަ ނަމަ ރަޖިސްޓަރީވެފައިވާ އަދަދުގެ އިތުރަށް 8 ވޯޓު ކަރުދާސް ފޮނުވަންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 37 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަކުރެއް އިތުރުކުރުން.

ވޯޓުލާ މަރުކަޒުތަކުގައި ތިބޭ މީހުންނަށް ފޮނުވަންޖެހޭ ތަކެތި 37.

(ނ) އިލެކްށަންސް ކޮމިށަނުން ވޯޓުލާ މަރުކަޒުތަކަށް ފޮނުވާ ވޯޓު ކަރުދާހާއި ތަކެތި ވޯޓުލާ މަރުކަޒަށް ފޮނުވުމުގެ ކުރިނ،ް އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ އެތަކެތި ފޮނުވޭ ތަނެއްގައި އިލެކްށަންސް ކޮމިށަނުން އައްޔަންކޮށްފައިވާ ފޯކަލް ޕޮއިންޓްގެ ޒިންމާއެކެވެ. އަދި ފޯކަލް ޕޮއިންޓްގެ ޒިންމާ އަދާކުރުމަށް ބޭނުންވާ އިންތިޒާމުތައް ކައުންސިލްތަކުން ފޯރުކޮށްދޭންވާނެއެވެ. އަދި އެތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ދިވެހި ފުލުހުންގެ ހިދުމަތުން ކަށަވަރުކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މޮނިޓަރުކުރުން 41.

(ހ) ވޯޓުނަގާ ދުވަހު ވޯޓުލުމުގެ ކަންތައްތައް މޮނިޓަރުކުރުމަށްޓަކައި ވޯޓުލާ ސަރަހައްދުތަކުގައާއި ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ މި ގާނޫނުގެ ދަށުން އެކަމަށް އިލެކްށަންސް ކޮމިށަނުން ހުއްދަ ދޭ ފަރާތްތަކަށެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 43 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވޯޓުނަގާ ދުވަހާއި ވަގުތު 43.

(ހ) އިންތިހާބުތަކުގައި އެ އިންތިހާބެއްގެ ވޯޓުނަގާ ދުވަހާއި، ވޯޓުނަގާ ގަޑިއާއި، އާންމު އުސޫލެއްގެ ގޮތުން ވޯޓުނަގާ ނިންމާ ގަޑިއާއި، ވޯޓު ގުނަން ފަށާ ގަޑި ކަނޑައަޅައި އިއުލާންކުރާނީ އިލެކްށަންސް ކޮމިށަނުންނެވެ.

(ށ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ރަމަޒާން މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވައިގެން ނުވާނެއެވެ. އަދި އިންތިހާބު ބާއްވަންޖެހޭ ތާރީހް ރަމަޒާން މަހުގެ ދުވަހަކާ ދިމާވާނަމަ އެ އިންތިހާބެއް ބާއްވަންވާނީ ރަމަޒާން މަސް ނިމި 10 (ދިހައެއް) ދުވަސް ފަހުންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، އެ އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވެއްޖެނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިންތިހާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލުގެނެސް، އިލެކްށަންސް ކޮމިށަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް، އިންތިހާބެއްގައި ކުރިމަތިލުމަށް ހުށަހަޅާ ފަރާތްތަކުގެ ކެންޑިޑެސީ އިލެކްށަންސް ކޮމިށަނުން ބަލައިގަނެ ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށް އިއުލާންކުރާ ތާރީހުން ފެށިގެން އިންތިހާބު ބާއްވަން ކަނޑައަޅާ ތާރީހާ ދެމެދ،ު ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމަށްޓަކައި 30 (ތިރީސް) ދުވަހުގެ މުއްދަތެއް ނުލިބޭގޮތަށް އިންތިހާބު ބާއްވައިގެން ނުވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 55 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ވޯޓުފޮށި ހުޅުވައި، ވޯޓުތައް ބަލައި، ވޯޓު ގުނައި، އަދަދުކޮށް ނަތީޖާ ހޯދުން 55.

(ރ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ވޯޓު ގުނުމަށްޓަކައި، ވޯޓުފޮށި ހުޅުވައި، ވޯޓުތައް ބަލައި، ވޯޓު ގުނައި، އަދަދުކޮށް، ނަތީޖާ ހޯދައި، ނަތީޖާ އިއުލާންކުރުމުގެ މަސައްކަތް ކުރިއަށް ގެންދަންވާނީ، ވޯޓުލާ އެ މަރުކަޒެއްގައި އެއްވެސް ކެންޑިޑޭޓެއް، ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓެއް އަދި ކެންޑިޑޭޓެއްގެ މަންދޫބަކު ހާޒިރުވެ ނެތްނަމަ، އެ ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މަދުވެގެން 3 (ތިނެއް) މީހެއްގެ ހާޒިރުގައެވެ. މިގޮތުން ވޯޓުލާ އެ މަރުކަޒަށް އިލެކްށަންސް ކޮމިށަނުން އައްޔަންކޮށްފައިވާ އިސް ފަރާތުން އެ ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މަދުވެގެން 3 (ތިނެއް) މީހަކަށް އެ ގަޑިއަށް ވޯޓުލާ އެ މަރުކަޒަކަށް އައުމަށް ދައުވަތު ދޭންވާނެއެވެ. ދައުވަތު ދޭ ފަރާތެއްވެސް ހާޒިރުނުވެއްޖެނަމަ، ވޯޓުގުނުން ކުރިއަށް ގެންދަންވާނެއެވެ. އަދި ދައުވަތު ދިން ފަރާތްތަކުގެ މައުލޫމާތު ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓުގައި ހިމަނަންވާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 56 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަކުރުތައް އިތުރުކުރުން.

(ބ) ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު .56 ފާހަގައެއް ޖަހާފައިވާނަމަ، އެއީ ސައްހަ ވޯޓެއް ކަމުގައި ބަލަންވާނެއެވެ.

(ޅ) ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ޖަހާފައިވާ ފާހަގަ ފުރިހަމަކުރުމުގެ ގޮތުން އެ ފާހަގައިގެ މަތިން ފެވިގެންދާ ގޮތަށް ރަނގަޅު ފާހަގައެއް ޖަހާފައި އޮންނަ އޮތުމަކުން އެ ވޯޓު ބާޠިލު ނުވާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 62 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަކުރެއް އިތުރުކުރުން.

(ރ) ކޮންމެ އިންތިހާބަކަށް އިއުލާންކުރުމާއެކ،ު އިންތިހާބީ ށަކުވާއާ ގުޅޭ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓުތަކުގެ ފަނޑިޔާރުންނާއި އިދާރީ މުވައްޒަފުންގެ ތެރެއިން ކޯޓުން ކަނޑައަޅާ މުވައްޒަފުންނަށް، އިންތިހާބުގެ އިދާރީ އިންތިޒާމުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަކީ އިލެކްށަންސް ކޮމިށަންގެ ޒިންމާއެކެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 63 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަކުރެއް އިތުރުކުރުން.

ށަކުވާ ހުށަހެޅުމުގެ ހައްގު ލިބިގެންވާ ފަރާތްތައް 63.

(ޅ) އިލެކްށަންސް ކޮމިށަންގެ ފޯކަލް ޕޮއިންޓްގެ ގޮތުގައި ކަނޑައަޅާ ފަރާތްތައް.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 64 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައްސަލަ ހުށަހެޅުން 64.

(ހ) މި ގާނޫނާއި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ އިންތިހާބަކާބެހޭ ހާއްސަ ގާނޫނާއި ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، ނުވަތަ އިންތިހާބާ ގުޅިގެން މި ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނަށް ހުށަހެޅި ށަކުވާއަކާ ގުޅިގެން އެ ކޮމިށަނުން ނިންމި ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެ މައްސަލައަކާމެދު ގޮތެއް ނިންމައިދިނުމަށް އެދި އެފަރާތަކުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިދާނެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 67 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިންތިހާބަށް ހާއްސަ ބޭންކް އެކައުންޓް 67.

(ހ) ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ އެންމެހައި ހަރަދުތައް ކުރުމަށްޓަކައި އެކަމަށް ކަނޑައަޅާ އެކައުންޓެއް ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި ކޮންމެ ކެންޑިޑޭޓެއްގެ ނަމުގައި އޮންނަންވާނެއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިންތިހާބާގުޅޭ މާލީ ކަންކަމާބެހޭ މައުލޫމާތު އިލެކްށަންސް ކޮމިށަނަށް ހުށަހެޅުން 73.

(ހ) ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ މާލީ ކަންކަމާ ބެހޭގޮތުން އަންނަނިވި މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އިންތިހާބެއް ބާއްވާ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 74 ވަނަ މާއްދާގެ (ހ) އަށް ނަންބަރެއް އިތުރުކުރުން.

ކުށާއި އަދަބު 74.

(27) ވޯޓުކަރުދާސް އަތަށްލިބުމަށްފަހު އެމީހަކު ވޯޓުލާގޮތް ހާމަކުރުމުގެ ގޮތުން ވޯޓުލާ މަރުކަޒުގައި ތިބޭ މީހުންނަށް ފެންނަ ގޮތަށް ވޯޓު ކަރުދާސް އާންމުކޮށް ދެއްކުން.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 74 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ބ)، (ޅ)، (ކ) އަދި (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ކުށާއި އަދަބު .74 (ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (8) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 3 (ތިނެއް) އަހަރާއި 8 (އަށެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 216,000.00 (ދެލައްކަ ސޯޅަހާސް) ރުފިޔާއާއި 576,000.00 (ފަސްލައްކަ ހަތްދިހަ ހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ނ) މި މާއްދާގެ (ހ) ގެ (9) ވަނަ ނަންބަރުން ފެށިގެން (12) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 1 (އެކެއް) އަހަރާއި 4 (ހަތަރެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 72,000.00 (ހަތްދިހަ ދެހާސް) ރުފިޔާއާއި 288,000.00 (ދެލައްކަ އަށްޑިހަ އަށްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ރ) މި މާއްދާގެ (ހ) ގެ (13) ވަނަ ނަންބަރުން ފެށިގެން (17) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 9 (ނުވައެއް) މަސްދުވަހާއި 2 (ދޭއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 54,000.00 (ފަންސާސް ހަތަރުހާސް) ރުފިޔާއާއި 144,000.00 (އެއްލައްކަ ސާޅީސް ހަތަރުހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ބ) މި މާއްދާގެ (ހ) ގެ (18) ވަނަ ނަންބަރުން ފެށިގެން (23) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 4 (ހަތަރެއް) މަސްދުވަހާއި 1 (އެކެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 24,000.00 (ސައުވީސްހާސް) ރުފިޔާއާއި 72,000.00 (ހަތްދިހަ ދެހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ޅ) މި މާއްދާގެ (ހ) ގެ (24) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 2 (ދޭއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 12,000.00 (ބާރަހާސް) ރުފިޔާއާއި 36,000.00 (ތިރީސް ހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ކ) މި މާއްދާގެ (ހ) ގެ (25) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމަލެއް (ކ) ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 1 (އެކެއް) މަސްދުވަހާއި 3 (ތިނެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 6,000.00 (ހަހާސް) ރުފިޔާއާއި 18,000.00 (އަށާރަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(އ) މި މާއްދާގެ ދަށުން ކުށްވެރިވި މީހަކީ، އިލެކްށަންސް ކޮމިށަނުން އިންތިހާބާބެހޭ ކަމެއް ހަވާލުކޮށްފައިވާ މީހަކު ކަމުގައިވާނަމަ، އެމީހެއްގެ އަދަބަކީ، މި މާއްދާގެ (ށ)، (ނ)، (ރ)، (ބ)، (ޅ) ނުވަތަ (ކ) ގެ ދަށުން ކަނޑައެޅޭ އަދަބުގެ އިތުރަށް، 6 (ހައެއް) މަސްދުވަހާއި 1 (އެކެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 36,000.00 (ތިރީސް ހަހާސް) ރުފިޔާއާއި 72,000.00 (ހަތްދިހަ ދެހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 74 ވަނަ މާއްދާގެ (އ) ގެ ފަހަތަށް 2 އަކުރު އިތުރުކުރުމާއި، އެ ބަދަލާ ގުޅިގެން އެ މާއްދާގެ  އަކުރުތައް ތަރުތީބުކުރުން.

(ވ) މި މާއްދާގެ (ހ) ގެ (26) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ 72,000.00 (ހަތްދިހަ ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

(މ) މި މާއްދާގެ (ހ) ގެ (27) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 1 (އެކެއް) މަސްދުވަހާއި 3 (ތިނެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 6,000.00 (ހަހާސް) ރުފިޔާއާއި 18,000.00 (އަށާރަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

18 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

އިންތިހާބުތަކާބެހޭ އާންމު ގާނޫނު (ގާނޫނު ނަންބަރު 2008-11)

 

ކޮންސޮލިޑޭޓެޑް ގާނޫނު

އިންތިހާބުތަކާބެހޭ އާންމު ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2008-11)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު