-

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު (ގާނޫނު ނަންބަރު 2008-11) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2023-03)

(މި ގާނޫނަށް އަމަލުކުރަން ފެށީ 22 ޖޫން 2023 ގައި)

 

ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 45 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސ،ް ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހުންގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުނ،ް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް އެދޭނަމަ، މި ގާނޫނުގެ 1-45 ވަނަ މާއްދާގައި ބަޔާންކުރާ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުކަރުދާހުގައި ފާހަގަޖެހިދާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 45 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ފަދައިން މާއްދާއެއް އިތުރުކުރުން.

ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުން 1-45.

(ހ) މި ގާނޫނުގެ 45 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތުގައ،ި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކ،ު އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުކަރުދާހުގައި ފާހަގަޖެހުމަށްޓަކައި ބޭނުންކުރާނީ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ވޯޓުކަރުދާސް ޓެމްޕްލޭޓެވެ.

(ށ) ވޯޓުކަރުދާސް ޓެމްޕްލޭޓަކީ، ވޯޓުކަރުދާސް އޭގެ ތެރެއަށް ލައިގެން ނުވަތަ ވޯޓުކަރުދާހުގެ މަތީގައި ވަގުތީގޮތުން ހަރުކޮށްގެނ،ް ފެނުމުގެނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވ،ާ އެތެރެ ފެންނަ ވަސީލަތެކެވެ. އެ ޓެމްޕްލޭޓް އޮންނަންވާނީ ވޯޓުކަރުދާހާ އެއްވަރަށް، އަދި އެ ޓެމްޕްލޭޓް ގެ ތެރެއަށް ވޯޓުކަރުދާސް ލުމުން، އެ ނުގުޑާނެ ފަދައަކުނ،ް ކޮންމެ ކެންޑިޑޭޓެއްގެ ކެންޑިޑޭޓް ނަންބަރު ޓެކްޓައިލްކޮށްފައި، އަދި އެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށްޓަކައި ފާހަގަޖަހަންޖެހޭ ގޮޅިއާ ދިމާލުގައި ފާހަގަޖެހޭ ގޮތަށް އެ ޓެމްޕްލޭޓްގައި ކެނޑުމެއް ހިމެނޭ ގޮތަށެވެ.

(ނ) މި މާއްދާގައިވާ ގޮތުގެމަތިން ވޯޓުކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައ،ް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ވޯޓުލާ ކޮންމެ މަރުކަޒެއްގައި އިލެކްށަންސް ކޮމިށަނުން ހަމަޖައްސައިދޭންވާނެއެވެ.

(ރ) ވޯޓުކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން އެދޭ ފަރާތްތަކަށް އެ ޓެމްޕްލޭޓް ބޭނުންކުރުމުގައި ދޭންޖެހޭ އިރުށާދ،ު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނުން ދުރާލާ ފޯރުކޮށްދޭންވާނެއެވެ. އަދި ގާނޫނުގައިވާ ގޮތުގެމަތިން ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރެވުމާއެކ،ު އެއިން ކޮންމެ ކެންޑިޑޭޓަކަށް ކަނޑައެޅިފައިވާ ނަންބަރު އެނގޭނެ ފަދައިނ،ް އެ ކެންޑިޑޭޓުންގެ މައުލޫމާތ،ު ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭހަވާނެ ފަދައަކުން އާންމުކޮށް ފޯރުކޮށްދޭންވާނެއެވެ. އަދި ވޯޓުލާ ދުވަހ،ު ވޯޓުލާން ހާޒިރުވެ ހުރި ފަރާތަކުން އެ މައުލޫމާތު ސާފުކުރަން އެދޭނަމަ، އިލެކްށަންސް ކޮމިށަންގެ ރަސްމީ ނަންބަރަކުން އެ މައުލޫމާތަށް ފަސޭހައިން ވާސިލުވެވޭނެ ގޮތެއް ހަމަޖައްސައިދީފައި އޮންނަންވާނެއެވެ.

(ބ) ވޯޓުކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން އެދޭ ފަރާތްތަކަށް ހަމަޖައްސައިދޭންޖެހޭ އިންތިޒާމުތައް ހަމަޖައްސައިދ،ީ އެ ޓެމްޕްލޭޓް ބޭނުންކުރުމުގައި ދޭންޖެހޭ އިރުށާދު ދިނުމަށްޓަކައ،ި ވޯޓުލާ މަރުކަޒުތަކުގައި ވޯޓުނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުންނަށް އެކަށީގެންވާ ތަމްރީނު އިލެކްށަންސް ކޮމިށަނުން ދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތަކުން ވޯޓުކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން އެދިއްޖެނަމަ، އެމީހަކަށް ދޫކުރާ ވޯޓުކަރުދާސް ދޫކުރަންވާނީ، އެ ވޯޓުކަރުދާސ،ް ވޯޓުކަރުދާސް ޓެމްޕްލޭޓްގެ ތެރެއަށް ލުމަށްފަހ،ު އެއާ އެކުގައެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ވޯޓުކަރުދާސް އަދި ޓެމްޕްލޭޓް ދޫކުރުމުނ،ް ވޯޓުލާން ހާޒިރުވެހުރި މީހާ ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް ވޯޓިންގ ބޫތަށް ދާ ވަގުތުން ފެށިގެން ވޯޓުކަރުދާހުގައި ފާހަގަޖަހައި ވޯޓުފޮށްޓަށް އެ ވޯޓުކަރުދާސްކޮޅު ވައްޓާލަންދެން އިލެކްށަންސް ކޮމިށަންގެ އެއްވެސް އޮފިށަލަކު ނުވަތަ އެނޫންވެސް ފަރާތަކުން އެތަނުގައި ހާޒިރުވެހުރެގެން ނުވާނެއެވެ. އަދި އެފަރާތުގެ ވޯޓުގެ ސިއްރުކަން ގެއްލޭނެ އެއްވެސް އަމަލެއ،ް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ.

(އ) ވޯޓުލާ ފަރާތުން ވޯޓުކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުކަރުދާހުގައި ފާހަގަޖެހުމަށްފަހ،ު ވޯޓު ފޮށްޓަށް ވޯޓުލާން ދާންވާނީ، އެ ޓެމްޕްލޭޓުން ވޯޓުކަރުދާސްކޮޅު ނެގުމަށްފަހ،ު ވޯޓުގެ ސިއްރުކަން ނުގެއްލޭނެ ގޮތަށް ވޯޓުކަރުދާސްކޮޅު ފަތްޖެހުމަށްފަހުގައެވެ.

(ވ) މި މާއްދާގެ (ކ) އެހެން އޮތްނަމަވެސ،ް މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތެއް ވޯޓުލާ މަރުކަޒުގެ ތެރޭގައި އެއް ތަނުން އަނެއް ތަނަށް ދިޔުމަށް އިލެކްށަންސް ކޮމިށަންގެ އޮފިށަލުން އެހީތެރިކަން ފޯރުކޮށްދިނުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

3 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

އިންތިހާބުތަކާބެހޭ އާންމު ގާނޫނު (ގާނޫނު ނަންބަރު 2008-11)

 

ކޮންސޮލިޑޭޓެޑް ގާނޫނު

އިންތިހާބުތަކާބެހޭ އާންމު ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2008-11)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު