-

ރިޔާސީ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 2008-12) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2023-04)

(މި ގާނޫނަށް އަމަލުކުރަން ފެށީ 22 ޖޫން 2023 ގައި)

 

ގާނޫނު ނަންބަރު 2008-12 (ރިޔާސީ އިންތިހާބުގެ ގާނޫނު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާންގައ،ި ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން އެކަމަށް އެދި އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމަށް މަދުވެގެން 14 (ސާދަ) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.

 

2 ވަަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނ،ީ މި ގާނޫނު ފާސ،ްވެ، ތަސްދީގުކޮށ،ް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ރިޔާސީ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 2008-12)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ރިޔާސީ އިންތިހާބުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2008-12)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު