-

ހަނގުރާމައިގެ ހާލަތު

"ހަނގުރާމައިގެ ހާލަތު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގައި ސިފައިން އަމަލުކުރާ އަސްކަރީ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގައި ފުލުހުން އަމަލުކުރާ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، ނުވަތަ ގާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތުހަވާލުކުރެވިގެންވާ އިދާރާއަކުން އަމަލުކުރާ ތަންފީޒީ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، ނުވަތަ ދައުލަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރާ އެނޫންވެސް ދިވެހި ދައުލަތުގެ މުއައްސަސާއަކުން އަމަލުކުރާ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، ދިވެހި ދައުލަތުގެ ދުށްމަނުންނާ ދެކޮޅަށްހަނގުރާމަކުރުމުގެ ގޮތުން، ނުވަތަ އެމީހުންގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން، ނުވަތަ އެމީހުންގެ ބާރު ކަނޑުވާލުމުގެގޮތުން، ދިވެހިރާއްޖޭގެ ގާނޫނާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތައް ހުއްދަކުރާ ފިޔަވަޅުތައް އެޅުމުގެ ހާލަތަށެވެ.