-

ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުން

"ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުން" ކަމަށް ބުނެފައި އެވަނީ، އިދާރީ ނިންމުންތަކާއި އޯގަނައިޒޭށަން އަދި އޮޕަރޭށަނަލް ހުނަރުވެރިކަމާއި، ގާބިލުކަން ބޭނުންކޮށްގެން ގުދުރަތީ އަދި އެހެނިހެން ގޮތްގޮތުން ކުރިމަތިވާ ކާރިސާތަކުންކުރާ އަސަރު ކުޑަކުރުމަށްޓަކައި ސިޔާސަތުތަކާއި އިސްތިރާޖީތައް ތަންފީޒުކޮށް، މުޖުތަމައުގެ ގާބިލުކަން އިތުރުކުރުމަށެވެ. މީގެ ތެރޭގައި ނުރައްކާތެރިކަމުގެ ނުރަނގަޅު އަސަރުތައް މަދުކުރުމަށާއި އެއަށް ތައްޔާރުވުމާއި އެފަދަ އަސަރުތައް ކުރިއަނުދިނުމަށް އަޅާ ބިނާއީ އަދި ލާބިނާއީ ފިޔަވަޅުތައް ހިމެނެއެވެ.