-

ޑެޓް ސެކިއުރިޓީ

"ޑެޓް ސެކިއުރިޓީ" ކަމަށް ބުނެފައި އެވަނީ؛ (ހ) ދަރަނި ނެގުމަށް ބޭނުންކުރެވޭ ނެގޯށިއަބަލް އިންސްޓްރޫމެންޓް، އެ ލިޔުމަކުން ލިއްބައިދޭ ހައްގު އެކަކު ކިބައިން އަނެކަކު ކިބަޔަށް ފަސޭހަކަމާއެކު ބަދަލުކުރެވިދާނެ ދަރަނި ނެގުމަށް ބޭނުންކުރެވޭ ލިޔުން؛ (ށ) ދަރަނި ނެގުމަށް ބޭނުންކުރެވިދާނެ މިނޫންވެސް އެހެނިހެން ލިޔުން؛ އަދި (ނ) އެކަކު ކިބައިން އަނެކަކު ކިބަޔަށް ބަދަލުކުރެވިދާނެ އެހެން ޑެޓް ސެކިއުރިޓީއެއް، ސަބްސްކްރައިބްކޮށްގެން ނުވަތަ ބަދަލުކޮށްގެން، ހޯދުމުގެ ބާރު ލިއްބައިދޭ، ނެގޯށިއަބަލް އިންސްޓްރޫމެންޓަކަށެވެ. މިފަދަ ނެގޯށިއަބަލް ޑެޓް ސެކިއުރިޓީގެ ތެރޭގައި ސެޓްފިކެޓެއްގެ ސިފައިގައި ހުންނަ ސެކިއުރިޓީއާއި ސެޓްފިކެޓަކާ ނުލައި ބުކް އެންޓްރީ އެއްގޮތުގައި ނޯޓްކޮށްފައި ހުންނަ ސެކިއުރިޓީވެސް ހިމެނިދާނެއެވެ.