-

އީ-މަނީ ނުވަތަ އިލެކްޓްރޯނިކް މަނީ

"އީ-މަނީ" ނުވަތަ "އިލެކްޓްރޯނިކް މަނީ" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ފުރިހަމަވާ، އިށޫކުރާތުގެ މައްޗަށް އޮތް ކްލެއިމްއަކަށެވެ. މެގްނެޓިކޮށް ނުވަތަ އެހެންވެސް ޓެންޖިބްލް ނުވަތަ އިންޓެންޖިބަލް ޑިވައިސްއެއްގައި (މިސާލު؛ ސިމް ކާޑެއް ނުވަތަ ސޮޕްޓްވެއަރއެއްގައި) އިލެކްޓްރޯނިކްކޮށް ރައްކާކުރެވިފައިވާ ފައިސާގެ އަދަދަކަށްވުން؛ އެ ފައިސާގެ އަދަދު އިށޫކޮށްފައިވަނީ އެ އަދަދަށް ވުރެ މަދު ނޫން އަދަދަކަށް އިށޫ ކުރާ ފަރާތަށް ފައިސާ ލިބުމުން ކަމުގައިވުން؛ އަދި އިށޫކުރި ފައިސާއަކީ އިށޫކުރި ފަރާތް ފިޔަވައި އެހެން ފަރާތްތަކުން ޕޭމަންޓް ބަލައިގަތުމަށް ގަބޫލުކުރާ ފައިސާއެއް ކަމުގައިވުން.