-

ބަހުގެ ހަމަލާދިނުމާއި ނަފްސާނީގޮތުން އަނިޔާކުރުން

"ބަހުގެ ހަމަލާދިނުމާއި ނަފްސާނީގޮތުން އަނިޔާކުރުން" ކަމަށް ބުނެފައިއެވަނީ، ކަނޑައެޅިގެން ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ ހުރުމަތް ކަނޑުވާލުމަށް ނުވަތަ އޭނާ ލަދުގެންނެވުމަށް އަމާޒުކޮށްގެން ހިންގޭ އަމަލުތަކަށެވެ. މީގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނޭނެއެވެ. ތަކުރާރުކޮށް ބަހުގެ ހަމަލާދިނުން، މަލާމާތްކުރުން ނުވަތަ އެމީހަކު ހިތްހަމަނުޖެހޭފަދަ ނަންނަމުން މުހާތަބުކޮށް ފުރައްސާރަކުރުން. ހިތްދަތިކަން ލިބޭފަދަ އަމަލެއް ކޮށްފާނެކަމުގެ ބިރު ތަކުރާރުކޮށް ދެއްކުން. ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ ރައްކާތެރިކަމާއި މިނިވަންކަމާއި އަމިއްލަވަންތަކަމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ފޯރާފަދަ ގޮތަކަށް ހަސަދަވެރިކަމުގެ އަމަލުތައް ހިންގުން.