-

އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2015-227) 

 

1 ވަނަ މާއްދާއިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވާއިދުގެ 22 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

22. (ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ހާއްސަ ކަމަކާ ގުޅިގެން މިނިސްޓްރީން އިއުލާނު ކުރުމަށްފަހު، ކަނޑައަޅާ މުއްދަތަކަށް، ވަކި ގަޑިތަކެއްގައި ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދެވިދަނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު:

(އަދި ނުހިމެނި)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު