ގާނޫނީ ރަދީފު
"ޖޫނިއަރ ނޮން ކޮމިށަންޑް އޮފިސަރުން" ކަމަށް ބުނެފައި އެ ވަނީ، ކޮންސްޓަބަލް ރޭންކުގެ ފުލުހުންނަށެވެ.
"ޖެނެރަލް އޮފިސަރުން" ކަމަށް ބުނެފައިއެވަނީ، ބްރިގޭޑިއަރ ރޭންކުން ފެށިގެން މަތީގެ ރޭންކްތަކުގެ އޮފިސަރުންނަށެވެ.
"ޖެނެރަލް ލެޖަރ ކްލެސިފިކޭށަން" ކަމަށް ބުނެފައި އެވަނީ، ދައުލަތުން ހިންގާ މުއާމަލާތުތައް ޕަބްލިކް އެކައުންޓިންގ ސިސްޓަ މުގައި ރިކޯޑުކުރުމަށް ބޭނުންކުރާ ޖެނެރަލް ލެޖަރ ކޯޑުތަކަށެވެ.
"ޖެނެރިކް ނަން" ކަމަށް ބުނެފައި އެވަނީ، ތާސީރު އެކުލެވޭ މާއްދާ އުފެދިފައިވާ ގޮތަށް ބަލައިގެން ކެމިކަލާބެހޭ އިލްމުވެރިން ދީފައިވާ ނަމަށެވެ. މި ނަމަށް ކެމިކަލް ނަމޭވެސް ކިޔައެވެ.
"ޖެނެރޭޓްކޮށްފައިވުން" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް،މެގްނެޓިކް، އޮޕްޓިކަލް ނުވަތަ އެނޫންވެސް އެފަދަ ވަސީލަތެއް މެދުވެރިކޮށް މައުލޫމާތެއް އުފެއްދުމަށް ނުވަތަ ވުޖޫދަށް ގެނައުމަށެވެ.
"ޖެންޑަރ" ކަމަށް ބުނެފައި އެވަނީ، ވަކި ޖިންސަކަށް ނިސްބަތްކޮށް އިޖްތިމާއީ ގޮތުންނާއި ސަގާފީ ގޮތުން އަންހެނުންނާއި ފިރިހެނުންނަށް ދެވިފައިވާ މާނަކުރުމަށެވެ. މީގެ ތެރޭގައި، އަންހެނުންނާއި ފިރިހެނުންގެ ދައުރާއި، އުޅުމާއި، އެކަމާ ގުޅުންހުރި އެހެނިހެން ކަންކަމާއި، އަދި މުޖްތަމައުގައި ވަކި ޖިންސަކަށް ނިސްބަތްކުރާ ދައުރާއި، މަސައްކަތްތަކާއި، ފުރުސަތުތައް ހިމެނެއެވެ.
"ޖެންޑަރ މެއިންސްޓްރީމް ކުރުން" ކަމަށް ބުނެފައި އެވަނީ، ހުރިހާ ދާއިރާއަކާއި ފަންތިއެއް ހިމެނޭ ގޮތުން، ގާނޫނު ހެދުމާއި، ސިޔާސަތުތަކާއި ޕްރޮގްރާމްތައް މެދުވެރިކޮށް ރާވާ އެއްވެސް ހަރަކާތެއްގެ ސަބަބުން އަންހެނުންނަށާއި ފިރިހެނުންނަށް ކުރިމަތިވާނެ އަސަރުތައް ވަޒަންކުރުމަށެވެ. މިއީ، ސިޔާސީ ދާއިރާއާއި، އިޖުތިމާއީ ދާއިރާއާއި، އިގްތިސާދީ ދާއިރާތަކުގައި ސިޔާސަތާއި ޕްރޮގްރާމްތައް ބައްޓަންކުރުމުގައްޔާއި، ތަންފީޒުކުރުމުގައްޔާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ މަރުހަލާތަކުގެ އަސާސީ ބައެއް ކަމުގައި، އަންހެނުންނާއި ފިރިހެނުންގެ ކަންބޮޑުވުންތަކާއި ތަޖުރިބާތައް ހިމެނުމަށް ޓަކައި ގެންގުޅޭ ސްޓްރެޓެޖީއެކެވެ. މީގެ މަގުސަދަކީ، އަންހެނުންނަށާއި ފިރިހެނުންނަށް ހަމަހަމައަށް މަންފާ ލިބުމާއި، ނަހަމަ ކަންކަން ވިޔަނުދިނުމާއި، ޖެންޑަރ އިކުއަލިޓީ ގާއިމްކުރުމެވެ.