ގާނޫނީ ރަދީފު
"ޑިޒައިންކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން އިމާރާތުގެ ބާވަތް 1 ނުވަތަ ބާވަތް 2 ގެ އިމާރާތެއް ޑިޒައިންކުރުމުގެ މަސައްކަތް ކުރެވޭ ކެޓަގަރީއެއްގައި ރަޖިސްޓަރީ ވެފައިވާ ފަރާތެކެވެ.
"ޑިޒަިންކުރި ފަރާތް" ނުވަތަ "ޑިޒައިނަރުން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ ލައިސަންސްޑް އާކިޓެކްޓުންނަށާއި ލައިސަންސްޑް އިންޖިނިއަރުންނަށެވެ.
"ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގެ ދަށުން ހިސާބު ބަލަހައްޓާ ކޮސްޓް ސެންޓަރުތަކުގެ ހިސާބުތައް ޖުމުލަކުރެވޭ ފަންތިއަށެވެ. މި މާނައިގައި "ޑިޕާޓްމަންޓް" ބޭނުންކޮށްފައިވަނީ، ހިސާބު ބެލެހެއްޓުމުގެ ނިޒާމުގެ ތެރޭގައި މި ލަފުޒު ބޭނުންކުރެވޭ މަރުހަލާތަކުގައި އެކަންޏެވެ.
"ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަން" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރ އޮފް ނޭށަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިންގަމުންދާ ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނަށެވެ.
"ޑިޕާޓްމަންޓް އޮފް ނޭށަނަލް ރެޖިސްޓްޒޭ ށަން" ނުވަތަ "ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި އުފަންވާ ކުދިންނާއި، މަރުވާ މީހުންގެ މައުލޫމާތު ރަޖިސްޓަރީކުރުން ހިމެނޭ ގޮތުން ސިވިލް ރެޖިސްޓްރ ށަނާގުޅޭ ކަންކަން ބެލެހެއްޓުމުގެ އާންމު ޒިންމާ ހަވާލުކޮށްފައިވާ ސަރުކާރުގެ އިދާރާއަށެވެ.
"ޑިޕްރިށިއޭށަން ށެޑިއުލް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ހަދައިފައިވާ ގޮތުގެ ފެންވަރު ދުވަހުން ދުވަހަށް ބެލުމަށްޓަކައި ތައްޔާރުކުރާ ށެޑިއުލަށެވެ. މި ށެޑިއުލްގައި އިމާރާތުގެ ސްޓްރަކްޗަރަށް ބިނާކޮށް އިމާރާތް ބޭނުންކުރުމަށް އަންދާޒާކުރެވޭ މުއްދަތާއި، އިމާރާތުގައި ހިމެނޭ މުހިންމު ވަސީލަތްތަކާ ގުޅޭ ކަންކަމުގެ މައުލޫމާތު ހިމެނޭނެއެވެ.
"ޑިޕްލޮމެޓިކް އާދަކާދަ" ކަމަށް ބުނެފައި އެވަނީ، ހާރިޖީ ދާއިރާގައި ޒަމާނުއްސުރެ އަމަލުކުރާ އެކިއެކި އުސޫލުތަކަށެވެ.
"ޑިޕްލޮމެޓިކް އާދާކާދަ" ކަމަށް ބުނެފައި އެވަނީ، ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 ގެ ދަށުން ގައުމުތަކުން އަމަލުކުރާ ބައިނަލްއަގްވާމީ މިންގަނޑުތަކަށެވެ.
"ޑިޕްލޮމެޓިކް އިމްތިޔާޒު" ކަމަށް ބުނެފައި އެވަނީ، ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 ގެ ދަށުން ޑިޕްލޮމެޓުންނަށް ލިބިދޭ އިމްތިޔާޒުތަކަށެވެ.
"ޑިޕްލޮމެޓިކް މިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021/20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) އާއި، ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 އާ އެއްގޮތްވާ ގޮތުގެ މަތިން ގާއިމުކުރާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށެވެ.