ގާނޫނީ ރަދީފު
"ޑިފޯލްޓެއް ނެތުން" ކަމަށް ބުނެފައި އެވަނީ، ލޯނަށް އެޕްލިކޭށަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑީގެ ނިޔަލަށް، މިނިސްޓްރީ މެދުވެރިވެގެން ކުރިން ނަގައިފައިވާ މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ރީޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކޮށްފައިވުން، ނުވަތަ އެއްބަސްވުމާ އެއްގޮތަށް އެ ފައިސާ ދައްކަމުން ދިއުމެވެ.
"ޑިފޯލްޓެއް ނެތުން" ކަމަށް ބުނެފައި އެވަނީ، ލޯނަށް އެޕްލިކޭށަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑީގެ ނިޔަލަށް، މި މިނިސްޓްރީ މެދުވެރިވެގެން ކުރިން ނަގައިފައިވާ މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ރީޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކައިފައިވުމަށް ނުވަތަ ދައްކަމުންގެންދިޔުމަށެވެ.
"ޑިފޯލްޓް ރެކްޓިފިކޭށަނަށް ދާ ހަރަދު" ކަމަށް ބުނެފައި އެވަނީ، ހިދުމަތް ފޯރުކޮށްދޭ ފަރާތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އޮވެ، އެ ފައިސާ ނުދައްކާ ޔުޓިލިޓީ އެކައުންޓު ބަންދުކުރަންޖެހޭ ނުވަތަ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، އެކައުންޓަށް އަރައިފައިވާ ފައިސާ ދައްކައި ހަލާސްކުރުމަށް ދާ ހަރަދަށެވެ.
"ޑިލޭ" ކަމަށް ބުނެފައި އެވަނީ ، ވަގުތުން ގެނެސްދޭ ކޮންޓެންޓް އޮންއެއަރކުރުމުގެ ކުރިން ވަގުތުކޮޅަކަށް ފަސްކުރުމަށެވެ.
"ޑިސިޕްލިނަރީ ކޮމިޓީ" ކަމަށް ބުނެފައިއެވަނީ، ނޭށަނަލް އިންޓެގްރިޓީ ކޮމިށަންގެ ގާނޫނު (ގާނޫނު ނަންބަރ 2015-27) ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތަކާމެދު އިދާރީ ފިޔަވަޅުއަޅާ އިދާރާ ނުވަތަ ކޮމިޓީ ނުވަތަ ބޯޑަށެވެ.
"ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރ" ކަމަށް ބަޔާންކޮށްފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަ ށް ކަންކަން ވިލަރެސްކޮށްދޭ ފަރާތަށެވެ.
"ޑިސްޓްރިބިއުށަން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތަކަށް މަސްތުވާތަކެތި ފޯރުކޮށްދެވިދާނެ އެއްވެސް އަމަލެއް ހިންގުމަށެވެ.
"ޑިސްޕެންސަރ" ކަމަށް ބުނެފައި އެވަނީ، ތެލުގެ ބާވަތްތައް މިނެ ދޫކުރުމަށް ބޭނުންކުރާ ޕަމްޕަށެވެ.
"ޑިސްޕޯސްކުރުން" ކަމަށް ބުނެފައި އެވަނީ، އެންމެފަހު ފިޔަވަޅެއްގެގޮތުގައި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށެވެ.