ގާނޫނީ ރަދީފު
"ގެރެންޓަރ" ކަމަށް ބުނެފައި އެވަނީ، ކްރެޑިޓް އެއްބަސްވުމަކާ ގުޅޭގޮތުން ގެރެންޓީއެއް ނުވަތަ ސެކިއުރިޓީއެއް ނުވަތަ އިލްތިޒާމު އުފުލުމުގެ ޔަގީންކަން ދޭ، ނުވަތަ ދިނުމަށް ހުށަހަޅާ، ނުވަތަ ދީފައިވާ ފަރާތަކަށެވެ.
"ގެރެންޓަރ" ކަމަށް ބުނެފައި އެވަނީ، ލޯނު އެއްބަސްވުމާ ގުޅޭގޮތުން ގެރެންޓީއެއް ނުވަތަ ސެކިއުރިޓީއެއް ނުވަތަ އިލްތިޒާމު އުފުލުމުގެ ޔަގީންކަން ދީފައިވާ ފަރާތަކަށެވެ.
"ގެރެންޓަރ" ކަމަށް ބުނެފައި އެވަނީ، ލޯނު އެއްބަސްވުމުގައި ގެރެންޓީއެއް ނުވަތަ ސެކިއުރިޓީއެއް ނުވަތަ ލޯނާ ގުޅިގެން ގެރެންޓަރު އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމުތައް އަދާކުރާނެ ކަމުގެ ޔަގީންކަން ދީ އެއްބަސްވުމުގައި ސޮއިކުރާ ފަރާތަކަށެވެ.
"ގެރެންޓީ" ކަމަށް ބުނެފައި އެވަނީ، އެއްބަސްވުމެއްގައި ނުވަތަ މުއާމަލާތެއްގައި ހިމެނޭ ފަރާތަކުން އެ އެއްބަސްވުމުގެ ނުވަތަ މުއާމަލާތް ށަރުތަކާ ހިލާފުވުމުގެ ސަބަބުން ނުވަތަ އެ އެއްބަސްވުން ނުވަތަ މުއާމަލާތެއް ހިންގުމުގައި ށަރުތުކުރާ ކަންކަމުގެ ތެރެއިން ކަމެއް ނުކުރުމުގެ ސަބަބުން، އުފެދޭ ނަތީޖާއާމެދު އެ އެއްބަސްވުމުގައި ނުވަތަ މުއާމަލާތުގައި ބައިވެރިނުވާ ތިންވަނަ ފަރާތަކުން ޒިންމާ އުފުލާނެކަން ކަށަވަރުކޮށްދިނުމަށެވެ.
"ގެރެންޓީ" ކަމަށް ބުނެފައި އެވަނީ، އެއްބަސްވުމެއްގައި ނުވަތަ މުއާމަލާތެއްގައި ހިމެނޭ ފަރާތަކުން އެ އެއްބަސްވުމުގެ ނުވަތަ މުއާމަލާތުގެ ށަރުތަކާ ހިލާފުވުމުގެ ސަބަބުން ނުވަތަ އެ އެއްބަސްވުން ނުވަތަ މުއާމަލާތެއް ހިންގުމުގައި ށަރުތުކުރާ ކަންކަމުގެ ތެރެއިން ކަމެއް ނުކުރުމުގެ ސަބަބުން، އުފެދޭ ނަތީޖާއާމެދު އެ އެއްބަސްވުމުގައި ނުވަތަ މުއާމަލާތުގައި ބައިވެރިނުވާ ތިންވަނަ ފަރާތަކުން ޒިންމާ އުފުލާނެކަން ކަށަވަރުކޮށްދިނުމަށެވެ.
"ގެއްލުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތަކަށް ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ލިބޭ އަނިޔާތަކާއި، އެ ފަރާތުގެ މުދަލަށް ލިބޭ ގެއްލުމާއި މާލީ ގެއްލުންތަކަށެވެ.
"ގެއްލުން ލިބުން" ކަމަށް ބުނެފައި އެވަނީ ގެއްލުން ލިބުމަކީ، ތިމާވެއްޓަށް ގެއްލުމެއް ލިބޭފަދަ އެއްވެސްކަމެއް ކުރުން ނުވަތަ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ދިރުންހުރި ނުވަތަ ދިރުންނެތް އެއްޗެއް ހިފުން، ނެގުން، ގެންގުޅުން އަދި ގޯނާކުރުމެވެ. އަދި ގުދުރަތީ މާހައުލަށް ބަދަލު ގެނައުމެވެ.
"ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ" ކަމަށް ބުނެފައިއެވަނީ، ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެ ގުޅުމުގައި ހިމެނޭ އަނެކާގެ މައްޗަށް ނުވަތަ އަނެކާގެ ބެލުމުގެދަށުގައި ހުރި ކުއްޖެއްގެ މައްޗަށް ގެވެށި އަނިޔާގެ އަމަލެއް ހިންގަމުންދާ، ނުވަތަ ހިންގާފައިވާ، ނުވަތަ އެފަދަ އަމަލެއް ހިންގައިފިކަމަށް ށައްކުކުރެވޭ ހާލަތްތަކުގައި، އެ ގެވެށި އަނިޔާގެ ށިކާރައަކަށްވާ މީހާ ނުވަތަ މީހުންނަށެވެ.
"ގެވެށި އަނިޔާގެ އަމަލު" ކަމަށް ބުނެފައިއެވަނީ، ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެ ގުޅުމުގައި ހިމެނޭ އަނެކާގެ މައްޗަށް، ނުވަތަ އަނެކުންގެ މައްޗަށް ކުރިކަމަކުން، ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ ރައްކާތެރިކަމަށް ނުވަތަ ސިއްހަތަށް ނުވަތަ ދުޅަހެޔޮ ދިރިއުޅުމަށް ގެއްލުމެއް ލިބޭފަދަ ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ބިރު އިހްސާސްވާފަދަ، އަންނަނިވި އަމަލުތަކުގެ ތެރެއިން، އަމަލެއް ހިންގުމަށެވެ.
- ޖިސްމާނީ އަނިޔާކުރުން.
- ޖިންސީގޮތުން އަނިޔާކުރުން.
- ބަހުގެ ހަމަލާދިނުމާއި ނަފްސާނީގޮތުން އަނިޔާކުރުން.
- މާލީގޮތުން ނުވަތަ އިގްތިސާދީގޮތުން ދަތިކުރުން.
- މެޑިކަލް ޑޮކްޓަރެއްގެ ލަފާ ލިބިފައިވަނީ، އަނބިމީހާ ވަކި މުއްދަތެއްގެ ކުރިން މާބަނޑުނުކުރުމަށްކަމުގައިވީނަމަވެސް، އަނބިމީހާގެ ސިއްހަތަށް ބެލުމެއްނެތި މާބަނޑުކުރުން.
- އަނިޔާވެރި ކައިވެންޏަކުން ދުރުވާން މަސައްކަތްކުރާ އަންހެނާގެ ރުހުމާ ދެކޮޅަށް އޭނާ މާބަނޑުކުރުން.
- މީހެއްގެ މުދާ އެ މުދަލުގެ ވެރިފަރާތަށް ބޭނުން ނުކުރެވޭނެފަދަ ގޮތަކަށް ގަސްދުގައި ހިފެހެއްޓުން.
- ބިރުދެއްކުން.
- ގޯނާކުރުން.
- ފާރަލުން.
- މުދަލަށް ގެއްލުންދިނުން.
- އެއްގޭގައި ދިރިއުޅޭ ދެމީހުންކަމުގައިނުވާ ހާލަތްތަކުގައި، ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ ދިރިއުޅޭ ގެއަކަށް، ކަނޑައެޅިގެން ސާފުބަހުން އޭނާގެ ހުއްދަ ލިބިގެން މެނުވީ، ވަނުން ނުވަތަ ވަދެހުރުން.
- މިނޫންވެސް ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާގެ މައްޗަށް ބާރު ފޯރުވުމަށް ނުވަތަ އެނޫންވެސް އަނިޔާވެރި އަމަލެއްކަމަށް ބެލެވިދާނެ އެއްވެސްކަމެއް ކުރުން.
- މީހެއްގެ އަމިއްލަ އިހްތިޔާރު އޮތްނަމަ، އޭނާ ކުރަން ބޭނުންނުވާނެ ކަމެއް، ނުވަތަ އަމިއްލަ އިހްތިޔާރުގައި އޭނާ އަމިއްލައަށް ނުކުރާނެ ކަމެއް އޭނާ ލައްވާ ގަދަކަމުން ކުރުވުން، ނުވަތަ ބިރުދައްކައިގެން ކުރުވުން، ނުވަތަ ބާރުގެ ބޭނުންކޮށްގެން ކުރުވުން.
- މީހެއްގެ ނުރުހުމުގައި އޭނާ ތަނެއްގައި ބަންދުކުރުން، ނުވަތަ އޭނާގެ އަމިއްލަ އިހްތިޔާރުގައި އެއްތަނުން އަނެއްތަނަށް އައިސްގޮސް ނުހެދޭނެގޮތް ހެދުން، ނުވަތަ އޭނާގެ އަމިއްލަ އިހްތިޔާރުގައި ދަތުރުފަތުރުކޮށް، ހިނގާބިނގާވެނޫޅެވޭގޮތް ހެދުން.
- އިސްވެދިޔަ އެއްވެސް ބާވަތެއްގެ ކަމެއް ކުރަން އުޅުން ނުވަތަ ހިންގަން އުޅުން ނުވަތަ އެފަދަ އަމަލެއް ހިންގަފާނެކަމުގެ ބިރު މީހެއްގެ ހިތުގައި އުފެއްދުން.
- ގެވެށި އަނިޔާގެ އަމަލެއް ހިނގަމުންދާ މަންޒަރު ކަނޑައެޅިގެން ގަސްދުގައި ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އަޑުއިއްވުން، ނުވަތަ އެފަދަ އަމަލެއް ފެންނާނެ ނުވަތަ އަޑުއިވޭނެ ހާލަތަކަށް ކުޑަކުއްޖަކު ގެންދިޔުން ނުވަތަ ހުށަހެޅުން.
"ގެވެށި އަނިޔާގެ އަމަލު ހިންގާ މީހާ" ކަމަށް ބުނެފައިއެވަނީ، ގެވެށި ގުޅުމުމަކުން ގުޅިފައިވާ ނުވަތަ މީގެ ކުރިން އެފަދަ ގުޅުމަކުން ގުޅިފައިވާ މީހެއްގެ މައްޗަށް ގެވެށި އަނިޔާގެ އަމަލެއް ހިންގާފައިވާ ނުވަތަ ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މީހާއަށެވެ.
"ގެވެށި މަސައްކަތް" ނުވަތަ "ގޭތެރޭގެ މަސައްކަތް" ކަމަށް ބުނެފައި އެވަނީ، ބިދޭސީއަކު ކުރާ މަސައްކަތުން އެ ގެއަކަށް އާމްދަނީ ނުލިބޭގޮތަށް ކުރާ މަސައްކަތަށެވެ.
"ގެވެށި ގުޅުން" ކަމަށް ބުނެފައިއެވަނީ، އަންނަނިވި ހާލަތްތަކުގައިވާ މީހުންގެ މެދުގައި އުފެދިފައިވާ ގުޅުންތަކަށެވެ.
- ކައިވެނިކޮށްގެންއުޅޭ ނުވަތަ އިނދެ ވަރިކޮށްފައިވާ މީހުން.
- އެއް ގެއެއްގައި އެކުގައި ދިރިއުޅެން ދިމާވެފައިވާ މީހުން، ނުވަތަ އެގޮތަށް ވަރަށް ފަހަކާޖެހެންދެން އުޅެފައިވާ މީހުން.
- މައިންބަފައިން ކަމުގައިވުން، ނުވަތަ ކުއްޖެއްގެ ބެލެނިވެރިއެއްގެގޮތުން ނުވަތަ ބަލަދުވެރިއެއްގެގޮތުން ކުއްޖަކު ބަލާބޮޑުކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ މީހެއް ކަމުގައިވުން.
- ނަސަބުގެގޮތުން، ނުވަތަ ގާތްތިމާގެކަމުގެގޮތުން، ނުވަތަ ކައިވެނީގެގޮތުން އާއިލީ ގުޅުމަކުން ގުޅިފައިވާ މީހުން.
- ގޭގައި ދަރިންބެލުމަށް، ނުވަތަ ގޭތެރޭގެ މަސައްކަތުގައި އެހީތެރިވުމަށްއުޅޭ މީހުން.
- ޒާތީ ގުޅުމެއްއޮތް މީހުން.
"ގެމެން ޕޯޓަލް" ކަމަށް ބުނެފައި އެވަނީ، ކައުންސިލްތަކުގެ ވިހާމަރުވާއާއި، ގޯތިގެދޮރުގެ މައުލޫމާތާއި، ވޯޓުލާ މީހުންގެ ރަޖިސްޓަރީ އާއި، ވަގުތީ ގޮތުން ދިރިއުޅޭ މީހުންގެ ދަފުތަރު ފަދަ، އާބާދީ އާ ގުޅޭ މައުލޫމާތު ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލަށެވެ.