ގާނޫނީ ރަދީފު
"ގަޒާއީ އުރުފު" ކަމަށް ބުނެފައި އެވަނީ ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ ށަރުއީ އުސޫލެއް މާނަކުރުމުގައި ވަކި ކޯޓަކުން ނުވަތަ ތަފާތު އެކިއެކި ކޯޓުތަކުން ވަކި ކަމެއް އެއްގޮތަކަށް، އެކިއެކި ދުވަސްވަރުގައި، ނިންމަމުން ގޮސް އެކަން އާދަކާދަ/އުރުފު/ކަސްޓަމް ގެ ގޮތުގައި ބަލާއިގަނެވޭ މިންވަރަށް ދިއުމެވެ.
"ގާނިށީ" ކަމަށް ބުނެފައި އެވަނީ، ދަރަނިވެރިޔަކު ދައްކަންޖެހޭ ސާބިތު ދަރަންޏަކާ ގުޅިގެން ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި ފައިސާ ދެއްކުމަށް ކޯޓުން އަމުރުކުރާ، އަދި އެ ދަރަނިވެރިޔާގެ ފައިސާ އެފަރާތެއްގެ ކިބައިގައިވާ ތިންވަނަ ފަރާތަށެވެ.
"ގާނޫނީ ހިދުމަތް" ނުވަތަ "ގާނޫނީ މަސައްކަތް” ނުވަތަ "ގާނޫނީ އެހީތެރިކަން" ދިނުން ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަމަށެވެ. (1) އެއްވެސް ހުސޫމަތަކާ ގުޅިގެން ނުވަތަ ގާނޫނު ތަތުބީގް ކުރުމާ ގުޅޭގޮތުން ލަފަޔާއި މަށްވަރާ ދިނުން، (2) މީހެއްގެ ބަދަލުގައި އެއިން ތަނަކަށް ހާޒިރުވުން ނުހިމެނޭގޮތުން، އެއްވެސް ހުސޫމަތަކާ ގުޅިގެން ނުވަތަ އެނޫންވެސް ކަމަކާ ގުޅިގެން ކޯޓުތަކާއި ޓްރައިބިއުނަލްތަކާއި އެފަދަ އެހެން ތަނެއްގައި ވަކާލާތު ކުރުމާއި އެއްވެސް ފަރާތެއް ތަމްސީލުކުރުން، (3) ކޯޓުތަކާއި ޓްރައިބިއުނަލްތަކާއި އެފަދަ އެހެން ތަނަކަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ދައުވާ ފޯމާއި، ޖަވާބު ފޯމާއި، ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކޮށްދިނުން؛ (4) އެކިއެކި ފަރާތްތަކުގެ މެދުގައި އަގުދުކުރެވޭ އެއްބަސްވުންތަކާއި ވަސިއްޔަތުގެ ލިޔުންތަކާއި، ޕަވަރ އޮފް އެޓަރނީތަކާއި، އަދި އެނޫންވެސް އެފަދަ މަދަނީ މުއާމަލާތްތަކާ ގުޅޭ ގާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުން؛ (5) ޕަބްލިކް ނޯޓަރީގެ ގޮތުގައި ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ތަސްދީގުކޮށްދިނުމުގެ މަސައްކަތްކުރުން؛ (6) ވިޔަފާރި އުސޫލުން އެކި އެކި ލިޔެކިޔުންތައް އެޓެސްޓް ކުރުން."
"ގާނޫނީ ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ މައިންބަފައިންނާއި، މައިންބަފައިން ނެތް ހާލަތެއްގައި ކުއްޖާގެ ށަރުއީ ބަލަދުވެރިޔާއާއި، ކުއްޖާގެ ބެލެނިވެރިކަމާ ގާނޫނީގޮތުން ހަވާލުވެފައިވާ ފަރާތަށެވެ.
"ގާނޫނީ ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ މައިންބަފައިން ނުވަތަ ށަރުއީ ބަލަދުވެރިޔަކު ނެތް ހާލަތުގައި ކުއްޖާގެ ބެލެނިވެރިކަން ހަވާލުކުރެވިފައިވާ ފަރާތަށެވެ. އެ ހާލަތުގައިވާ ކުއްޖަކީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖެއްނަމަ، ގާނޫނީ ބެލެނިވެރިޔާގެ މާނައިގެ ތެރޭގައި ދައުލަތް ހިމެނޭނެެއެވެ.