ގާނޫނީ ރަދީފު
"ތާސީރު ހުންނަ މާއްދާ" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑުގައި އެކުލެވޭ ވިހަކަން ހުންނަ ބަޔަށް ނުވަތަ "އެކްޓިވް އިންގްރިޑިއެންޓް" އަށެވެ.
"ތިނެއްB" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މީހުން އުފުލުމަށް ބޭނުންކުރާ އިށީނުމުގެ ޖާގަ 3 (ތިނެއް) މީހުންނަށް ވުރެ އިތުރުނުވާ 3 (ތިނެއް) ފުރޮޅުލީ ފަސިންޖަރުން އުފުލާ އުޅަނދެވެ؛
"ތިނެއްC" ކެޓަގަރީ: މި ކެޓަގަރީގައި ހިމެނޭނީ، މުދާ އުފުލާ، އުފުލޭ ބަރުދަން 1 (އެކެއް) ޓަނަށް ވުރެ ދަށުގެ ޓްރައިސައިކަލެވެ؛
"ތިންވަނަ ފަރާތް" ކަމަށް ބުނެފައި އެ ވަނީ، ރައްކާތެރިކޮށްދީފައިވާ މައުލޫމާތު ނިސްބަތްވާ، އަދި އެ ފަރާތެއްގެ މަސްލަހަތު އެ މާއްދާތަކުން ރައްކާތެރިކޮށްދޭ ފަރާތަށެވެ. ދައުލަތުގެ އިދާރާއެއް ނުވަތަ މައުލޫމާތަށް އެދޭ ފަރާތެއް މި މާނަކުރުމުގައި ހިމެނިގެނެއް ނުވެއެވެ.

"ތިންވަނަ ފަރާތް" ކަމަށް ބުނެފައި އެވަނީ، ރެކްރޫޓްމަންޓުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ޓަކައި ހަވާލުކުރެވޭ އެޖެންސީއަކުން އެހެން އެޖެންސީއެއް މެދުވެރިކޮށް އެ މަސައްކަތް ކުރުމަށް ހަވާލުކުރާ ފަރާތަށެވެ.
"ތިއަރީ ޓެސްޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައިވާ ކަންކަމާއި، މަގުމަތީގެ އަދަބުތައް އެނގިފައިވާ މިންވަރު ބެލުމަށް ދޭ އިމްތިހާނަށެވެ.
"ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، މަށްރޫއުގެ ހަރަކާތެއްގެ ސަބަބުން ވަށައިގެންވާ ވެށްޓަށް ކުރިމަތިވެދާނެ އަސަރުތައް ކުޑަކުރުމުގެ ނުވަތަ އެފަދަ އަސަރެއް ކުރިމަތިވެ ނުދިނުމުގެ ގޮތުން އަޅަން ހުށަހަޅާ ފިޔަވަޅުތައް ދެނެގަތުމުގެ ގޮތުން ހަދާ ރިޕޯޓަށެވެ.
"ތިމާވެށީގެ ފުރަތަމަ ދިރާސާ" ކަމަށް ބުނެފައި އެވަނީ، ތަރައްގީގެ މަށްރޫއަކުން ކޮށްފާނެ ބަޔޯފިޒިކަލް، އިޖުތިމާއީ، އިގުތިސާދީ އަދި އެހެނިހެން އަސަރުތައް ދެނެގަނެ އެ އަސަރު، އަސަރުތައް ކުޑަކުރުމަށް ކުރެވިދާނޭ ކަންތައްތައް އަންދާޒާކޮށް ހަދާ ފުރަތަމަ ދިރާސާއަށެވެ.
"ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން" ކަމަށް ބުނެފައި އެވަނީ، ތަރައްގީގެ މަށްރޫއެއް ކުރިއަށް ގެންދެވިދާނެކަން ނުވަތަ ނޫންކަން ނުވަތަ ވަކި ށަރުތުތަކަކާއެކު ކުރިއަށް ގެންދެވިދާނެކަމަށް ނިންމާފައި މިނިސްޓަރ ނުވަތަ އޭނާ އައްޔަނުކުރާ މީހަކު ދޫކުރާ ލިޔުމަކަށެވެ.
"ތިމާވެށްޓަށް ކުރާ އަސަރުގެ ކުޑަބޮޑުމިން ކަނޑައެޅުމުގައި ހިމެނޭ ކަންތައްތައް" ކަމަށް ބުނެފައި އެވަނީ އަންނަނިވ ކަންތައްތަކަށެވެ:
- ތިމާވެށްޓަށް ކޮށްފާނެ އަސަރަކީ ގެއްލުން ހުރި އަސަރެއްތޯ ނުވަތަ ފައިދާހުރި އަސަރެއްތޯ ނޫނީ އެކަމުގެ ސަބަބުން ވެށްޓަށް ފާހަގަކުރެވޭވަރުގެ އިތުރު ބަދަލެއް ނައުން.
- އާންމު ސިއްހަތަށް ނުވަތަ އިޖުތިމާއީ ރައްކާތެރިކަމަށް އަސަރު ފޯރައިފާނެ މިންވަރު.
- މަށްރޫއުގެ ސަބަބުން އަސަރުކޮށްފާނެ މާހައުލުގައި ހިމެނޭ ހާއްސަ ސިފަތައް.
- މަށްރޫއުގެ ސަބަބުން އިންސާނުންގެ ވެށީގެ ދުޅަހެޔޮކަމަށް އަސަރުކޮށްފާނެ މިންވަރު.
- އިންސާނުންގެ ވެށްޓަށް އެކަމެއްގެ ސަބަބުން ގެއްލުން ލިބޭނެ މިންވަރު އަންދާޒާކުރަން ދަތިވުން ނުވަތަ އެކަމުގައި ވަކި ސިފަތަކެއް ހުރުން ނުވަތަ ގޮތް ނޭނގޭ ގެއްލުންތަކެއް އެކުލެވުން.
- މަށްރޫއުގައި އަމަލުކުރެވުނު ގޮތުގެ ސަބަބުން ކުރިމަގުގައި ހަމަ އެގޮތަށް ނުރަނގަޅު ގޮތެއްގައި އެހެން ކަންކަން ކުރުމަށް މަގުފަހިވި މިންވަރާއި އަދި އެ މަގުފަހިވި ކަންތައްތަކުގެ ސަބަބުން ތިމާވެށްޓަށް ލިބިދާނެ ގެއްލުމުގެ މިންވަރު.
- ކުރެވޭ ކަމަކީ، ވަކިވަކިން މާބޮޑު އަސަރެއް ނުކުރާ އެހެންނަމަވެސް އިޖުމާލީ ގޮތެއްގައި ބޮޑު އަސަރެއް ކޮށްފާނެ ކަންކަމާ ގުޅުންހުރި ކަމެއްކަން ނުވަތަ ނޫންކަން.
- އަމަލުގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމާބެހޭ ގާނޫނާއި ނުވަތަ ގަވާއިދަކާއި، ނުވަތަ އުސޫލަކާއި ނުވަތަ މިންގަ ނޑަކާއި ނުވަތަ ސިޔާސަތަކާއި ހިލާފުވާ ކަމެއްކަން ނުވަތަ ނޫންކަން.
- އަމަލަކީ އަލުން އިއާދަ ކުރެވިދާނެ ކަމެއްތޯ ނުވަތަ ދާއިމީ ކަމެއްތޯ.