ގާނޫނީ ރަދީފު
"ތަގައްޔަރުވުން" ކަމަށް ބުނެފައި އެވަނީ، ކުނީގެ ގޮތުގައި އިންސާނުން ތައާރަފުކުރާ އެއްޗެއްގެ ސަބަބުން ގުދުރަތީ މާހައުލަށް އަންނަ ކިލަނބުކަމަށެވެ.
"ތަގައްޔަރުވުން" ކަމަށް ބުނެފައި އެވަނީ، އިންސާނުން ކުނީގެ ގޮތުގައި ތައާރަފްކުރާ އެއްޗެއްގެ ސަބަބުން ގުދްރަތީ މާހައުލަށް އަންނަ ބަދަލަށެވެ.
"ތަސްވީރު ދޭހަ" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑް ރައްކައުކުރުމާއި، ހިފައިގެންގުޅުމާއި، ބޭނުންކުރުމުގައި ކުރިމަތިވެދާނެ ހިރާސްތައް ކުޑަކުރުން ފަދަ ވަކި ހާއްސަ މައުލޫމާތެއް ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ބޭނުންކުރާ ކުރެހުންތަކަށް ނުވަތަ "ޕިކްޓޯގްރާމް" އަށެވެ.
"ތަޖުރިބާކުރުން" ކަމަށް ބުނެފައި އެވަނީ، ކަމެއް އަމަލީގޮތުން ކޮށްގެން،ނުވަތަ އަޖުމަބަލައިގެން، ނުވަތަ ތަހުލީލުކޮށްގެން މައުލޫމާތު ހޯދުމަށެވެ.
"ތާރޑް ޕާޓީ އިންށުއަރެންސް" ކަމަށް ބުނެފައި އެވަނީ، ތިމާގެ އުޅަނދަކުން އަނެކާއަށް ނުވަތަ އަނެކާގެ އުޅަނދަކަށް ނުވަތަ ތަންނަށާއި މުދަލަށް ލިބޭ ގެއްލުމަށް ބަދަލު ދެވޭގޮތަށް ކޮށްފައި ހުންނަ އިންށުއަރެންސަށެވެ.