ގާނޫނީ ރަދީފު
"މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްގެން، މެންބަރުންގެ ހައްގުތަކާއި މަސްލަހަތުތައް ކުރިއަރުވައިހިމާޔަތްކުރުމުގެ މަގްސަދުގައި އުފައްދާ މަސައްކަތްތެރިންގެ ޔޫނިއަންތަކަށެވެ.
"މަސް" ކަމުގައި ބުނެފައި އެވަނީ، ޖަނަވާރެއްގެ ނުވަތަ ގަހެއްގެ، ނުވަތަ މަހެއްގެ ސިފައެއް ހުރި، ނުވަތަ ނެތް އެއްޗެއް ނަމަވެސް ފެނުގައި ނުވަތަ ލޮނުގައި ނުވަތަ ކަނޑުގައި އުޅޭ އެންމެހައި ދިރޭ ތަކެއްޗަށެވެ. އެގޮތުން، މި މާނައިގެ ތެރޭގައި މައިކަށި ހުރި ނުވަތަ މައިކަށި ނެތް ދިރޭ ތަކެތި، ށެލްފިށް، ވެލާ، އިހި، ކަކުނި އަދި ބުނެވިދިޔަ ދިރޭ ތަކެތީގެ ޅަ އެއްޗެއްސާއި، އެ ތަކެތީގެ ފަންޏާއި ބިސް ހިމެނެއެވެ.
"މަސް" ކަމަށް ބުނެފައި އެވަނީ، ބަންދުނުކޮށް ހުންނަ:-
- ކަނޑުމަހާއި ކަނޑުމަހުގެ ބައިތައް؛
- ފަރުމަހާއި ފަރުމަހުގެ ބައިތައް؛
- އެމާއި އެމުގެ ބާވަތްތައް؛ އަދި
- ސީފުޑްގެ ބާވަތްތަކަށެވެ.
"މަސް ރިޕޯޓު" ނުވަތަ "މަސް ރިޕޯޓު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމުގެ މައުލޫމާތު ހިމެނޭ ގޮތުން، މަސްވެރިކަމުގެ ދަތުރުގެ މައުލޫމާތު ރިކޯޑުކޮށްފައި މިނިސްޓްރީއަށް ފޮނުވުމަށް ކަނޑައަޅައިފައިވާ ވަސީލަތަށެވެ.
"މަސް ޕްރޮސެސްކުރާ ތަންތަން" ނުވަތަ "މަހާއި މަހުގެ އުފެއްދުންތައް އުފައްދާ ތަންތަން" ކަމަށް ބުނެފައި އެވަނީ، ބިންބިމާއި، އިމާރާތްތަކާއި، އެފަދަ އެހެން ތަންތަނަށެވެ. އަދި އެ ތަނެއްގައި، ތިރީގައި ބަޔާންކޮށްފައި މިވާ ކަންކަން ކުރާ ތަންތަނަށެވެ.
- މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް، ސާފުކޮށް، ނުވަތަ ބަންދުކޮށް، ނުވަތަ ފިނިކޮށް، ނުވަތަ ގަނޑުކޮށް، ނުވަތަ ލޮނުއަޅައި، ނުވަތަ ހިއްކައި، ނުވަތަ އެނޫން އެހެން ގޮތަކަށްދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމަށް ތައްޔާރުކުރާ ތަންތަން؛ ނުވަތަ
- ބަންދުކޮށް / ޕެކެޓުކޮށް، ނުވަތަ ދަޅުގައި ބަންދުކޮށް، ނުވަތަ ހިއްކައި، ނުވަތަ ސާފުކޮށް، ނުވަތަ ލޮނުއަޅައި، ނުވަތަ ފިނިކޮށް، ނުވަތަ ގަނޑުކޮށް ނުވަތަ އެނޫން އެހެން ގޮތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމުގެ ބޭނުމަށްޓަކައި، މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ރައްކައުކޮށްފައި ބަހައްޓާ ތަންތަން.
"މަސް ޕްރޮސެސްކުރާ ތަންތަން" ކަމަށް ބުނެފައި އެވަނީ، ބިންބިމާއި،އިމާރާތްތަކާއި އެނޫންވެސް ތަންތަން އަދި އެ ތަނެއްގައި:
- މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ސާފުކޮށް، ބަންދުކޮށް،ފިނިކޮށް، ގަނޑުކޮށް، ލޮނުއަޅައި، ހިއްކައި، އެނޫންވެސް އެހެންގޮތަކަށް ދިވެހިރާއްޖޭއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމަށް ތައްޔާރުކުރާ ތަންތަން؛ ނުވަތަ
- ބަންދުކޮށް ނުވަތަ ޕެކެޓުކޮށް، ދަޅުގައި ބަންދުކޮށް، ހިއްކައި، ސާފުކޮށް،ލޮނުއަޅައި، ފިނިކޮށް، ގަނޑުކޮށް ނުވަތަ އެނޫންވެސް އެހެންގޮތަކަށް ދިވެހިރާއްޖޭއާއި ދިވެހިރާއްޖޭން ބޭރުގައި ވިއްކުމުގެ ބޭނުމަށްޓަކައި، މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ރައްކާކޮށްފައި ބަހައްޓާ ތަންތަން.
"މަސް ޕްރޮސެސްކުރުން" ކަމަށް ބުނެފައި އެވަނީ:
- މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ސާފުކޮށް، ނުވަތަ ބަންދުކޮށް،ނުވަތަ ފިނިކޮށް، ނުވަތަ ގަނޑުކޮށް، ނުވަތަ ލޮނުއަޅައި، ނުވަތަ ހިއްކައި،ނުވަތަ އެނޫން އެހެން ގޮތަކަށް ވެސް ތައްޔާރުކުރުން؛ ނުވަތަ
- ބަންދުކޮށް ނުވަތަ ޕެކެޓުކޮށް، ނުވަތަ ދަޅުގައި ބަންދުކޮށް، ނުވަތަ ހިއްކައި،ނުވަތަ ސާފުކޮށް، ނުވަތަ ލޮނުއަޅައި، ނުވަތަ ފިނިކޮށް، ނުވަތަ ގަނޑުކޮށް ނުވަތަ އެނޫން އެހެން ގޮތަކަށް ވެސް މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ރައްކާކުރުން.
"މަސްއޫލު އޮފީސް" ކަމުގައި ބުނެފައި އެވަނީ ސިވިލް ސަރވިސް ގެ ގާނޫނު (ގާނޫނު ނަންބަރު 2007-05) ގެ 61 ވަނަ މާއްދާގައިވާ އޮފީސްތަކަށެވެ. އެ ޤާނޫނުގެ މަގްސަދަށްޓަކައި މަސްއޫލު އޮފީސްތައް ކަމުގައި ބަލާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީތަކާއި އެޓަރނީ ޖެނެރަލްގެ އޮފީހާއި އަދި އިދާރީގޮތުން ވަކި އޮފީހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އޮފީސްތަކެވެ.
"މަސްއޫލުވެރިޔާ" ކަމަށް ބުނެފައި އެވަނީ، ނޫސްމަޖައްލާއެއް ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް ހިންގުމުގެ އެންމެހައި ކަންތައްތަކާ ގާނޫނީ ގޮތުން ހަވާލުވެ، ނޫސް މަޖައްލާގެ މަސްއޫލުވެރިއެއްގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވޭ ފަރާތަށެވެ.
"މަސްވެރިން" ކަމަށް ބުނެފައިއެވަނީ، އެއްވެސް ފަރާތެއްގެ މުވައްޒަފަކު ކަމުގައި ނުވާނޭހެން އަދި އެމީހެއް ދިރިއުޅުމަށް އާމްދަނީ ހޯދުމަށްޓަކައި މަސްވެރިކަން ކުރާ މީހުންނަށެވެ.