ގާނޫނީ ރަދީފު
"މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ޑޭޓާއާއި، ޓެކްސްޓާއި، ތަސްވީރާއި، އަޑާއި، ކޯޑުތަކާއި، ކޮމްޕިއުޓަރ ޕްރޮގްރާމްތަކާއި، ސޮފްޓްވެއަރ އަދި ޑޭޓާބޭސް ހިމެނޭ ގޮތުންނެވެ.
"މައުލޫމާތު" ކަމަށް ބުނެފައި އެ ވަނީ، ކޮންމެ ބާވަތެއްގެ މައުލޫމާތެއް ކަމުގައިވީ ނަމަ ވެސް ނުވަތަ ކޮންމެ ތާރީހެއްގައި އުފައްދައިފައިވާ މައުލޫމާތެއް ކަމުގައިވީ ނަމަ ވެސް ނުވަތަ ކޮންމެ ފަރާތަކުން އުފައްދައިފައިވާ މައުލޫމާތެއް ކަމުގައިވީނަމަ ވެސް، ނުވަތަ ކޮންމެ ވަސީލަތެއްގައި ރައްކާތެރި ކުރެވިފައިވާ މައުލޫމާތެއް ކަމުގައިވީ ނަމަ ވެސް ދައުލަތުގެ އިދާރާއަކުން ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތުގެ ތެރެއިން ތިން ވަނަ ފަރާތެއްގެ މިލްކަކަށްނުވާ ހަމަ ކޮންމެ މައުލޫމާތަކަށެވެ.
"މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ރިކޯޑު، ލިޔެކިޔުން، މެމޯ، އީ-މެއިލ،ްހިޔާލުތަކާއި، ލަފާތަކާއި، ނޫސްބަޔާންތަކާއި، ސާކިއުލާތަކާއި، އަމުރުތަކާއި، ލޮގްބުކްތަކާއި، ކޮންޓްރެކްޓްތަކާއި، ރިޕޯޓުތަކާއި، ކަރުދާސްތަކާއި، ސާމްޕަލްތަކާއި،މޮޑެލްތަކާއި، އެއްވެސް އިލެކްޓްރޯނިކް ފޯމެޓެއްގައި ހުންނަ ޑޭޓާ މެޓީރިއަލްތަކާއި އަދި މިނޫންވެސް އުފައްދ،ާ ގެންގުޅ،ެ ބަލަހައްޓާ ތަކެއްޗަށެވެ.
"މައުލޫމާތު ނިސްބަތްވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ފަރާތްތަކަށެވެ. އަދި އެ މާނައިގައި، މައުލޫމާތު ނިސްބަތްވާ ފަރާތަކަށް މުސްތަގުބަލުގައި ވުން ގާތް ފަރާތްތައްވެސް ހިމެނޭނެއެވެ.
- ކްރެޑިޓް އެޕްލިކޭށަނެއް ހުށަހަޅައިފައިވާ ފަރާތެއް؛
- ކްރެޑިޓް އެއްބަސްވުމެއް ވެފައިވާ ފަރާތެއް؛ ނުވަތަ
- ކްރެޑިޓް އެއްބަސްވުމެއްގެ ގެރެންޓަރ.
"މައުލޫމާތު ދޭންޖެހޭފަދަ ހާލަތްތައް" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމުދޭ މަރުކަޒަކުން، ބާ ކައުންސިލަށް އެ މައުލޫމާތެއް ހުށަހެޅުމުގެ ޒިންމާއެއް އޮންނާނެކަމަށް ތައުލީމާ ބެހޭ ގަވާޢިދު (ގަވާއިދު ނަންބަރު 2024-35)ގެ 28 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ކޮންމެ ހާލަތަކަށެވެ.
"މައުލޫމާތެއް ނުވަތަ ތަސްވީރު" ކަމަށް ބުނެފައި އެވަނ،ީ ކުއްޖަކާ ގުޅޭގޮތުން ސީދާ ގޮތުން ވެސް ނުވަތަ ނުސީދާގޮތުން ވެސް ކާކުކަން ދެނެގަނެވޭނެ ފަދަ އެންމެހައި މައުލޫމާތާއ،ި ފޮޓޯއާއ،ި ތަސްވީރާއ،ި އޯޑިއޯއާއި ވީޑިއޯ ހިމެނޭ ގޮތުގެ މަތީންނެވެ.
"މައްސަލަ ބަލާ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް އެކުލަވައިލެވޭ 1 (އެކެއް) މެންބަރު ނުވަތަ އޮނަހިރި އަދަދެއްގެ މެންބަރުން ހިމެނޭ ޕެނަލަކަށެވެ.
"މައްސަލަ ބަލާ ފަނޑިޔާރުން" ނުވަތަ "މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، އެ މައްސަލަ ބަލާ ފަނޑިޔާރުގެ ބަދަލުގައި އެ މައްސަލަ ބެލުމަށް ވަގުތީގޮތުން ހަވާލުވެފައިވާ ފަނޑިޔާރު ވެސް ހިމެނޭ ގޮތަށެވެ.
"މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލިސް" ނުވަތަ "މައްސަލަ ބަލާ ފަނޑިޔާރުން" ކަމަށް ބުނެފައި އެވަނީ، އެ މައްސަލަ ބަލާ ފަނޑިޔާރުގެ ބަދަލުގައި އެ މައްސަލަ ބެލުމަށް ވަގުތީގޮތުން ހަވާލުވެފައިވާ ފަނޑިޔާރު ވެސް ހިމެނޭ ގޮތަށެވެ.