ގާނޫނީ ރަދީފު
"ކާކުކަން އަންގައިދޭ ރަސްމީ ލިޔުން" ކަމުގައި ބުނެފައި އެވަނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ދިވެހި ޕާސްޕޯޓާއި، ޕާސްޕާޓު ކާޑާއި، ދިވެހި ސަރުކާރުން ދޫކޮށްފައިވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑުގެ ތެރެއިން އެ ލިޔުމެއްގެ މުއްދަތު ހަމަވެފައިނުވާ، އަދި އެ ލިޔުމެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު އެނގެން އޮންނަ ފޮޓޯޖެހި ލިޔުންތަކަށެވެ.
"ކާކުކަން އަންގައިދޭ ރަސްމީ ލިޔުން" ކަމުގައި ބުނެފައި އެވަނ،ީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ޕާސްޕޯޓު ކާޑާއި، ދިވެހި ޕާސްޕޯޓާއި، ދިވެހި ސަރުކާރުން ދޫކޮށްފައިވ،ާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑުގެ ތެރެއިން އެ ލިޔުމެއްގެ މުއްދަތު ހަމަވެފައިނުވ،ާ ފޮޓޯޖެހ،ި އަސްލު ލިޔުންތަކަށެވެ.
"ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލުކޮށްފައިވާ މުދަލާއި ފައިސާ" ކަމަށް ބުނެފައި އެވަނީ، ކާވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ނުވަތަ ވަކިވަކިން ހޯދާފައިވާ އުފުލޭ މުދަލާއި ނުއުފުލޭ މުދަލާއި ނަގުދު ފައިސާއާއި އަދި ގާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ގާނޫނު) އާއި އަދި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މުދަލާއި ފައިސާއަށެވެ.
"ކާވެންޏަށް ހާޒިރުވާންޖެހޭ މީހުން" ކަމަށް ބުނެފައި އެވަނީ އާންމު އުސޫލުން އެބަޔަކާއި ނުލައި އެ ކާވެންޏެއް ނުކުރެވޭނެ މީހުންނަށެވެ. އެއީ، ކާވެނި ކުރާ ދެމީޙުންނާއި، ހެކިވެރިންނާއި، ވަލީ ވެރިޔާއެވެ.
"ކާފީ ހެކި" ކަމަށް ބުނެފައި އެވަނީ، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ މިންގަނޑަށް ފުދޭ ނިސްބަތަށް ލިބިފައިވާ ހެއްކަށެވެ ނުވަތަ އެ މިންވަރަށް ހެކި ލިބުމަށެވެ.
"ކިތާބީ ހެކި" ކަމަށް ބުނެފައި އެވަނީ، ހުސޫމާތެއް އުފެދިފައިވާ ވާގިއާއެއް ސާބިތުކޮށްދިނުމަށް ށަރީއަތަށް ހުށަހެޅޭ ލިޔުމަށެވެ.