ގާނޫނީ ރަދީފު
"ކަލެކްޓިވް އެގްރީމަންޓް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ކަލެކްޓިވް ބަރގެއިނިންގއަކުން ވާސިލުވާ އެއްބަސްވުންތަކަށެވެ.
"ކަސްޓަމަރ ސެކިއުރިޓީ ކްރެޑެންށަލްސް" ކަމަށް ބުނެފައި އެވަނީ، ކަސްޓަމަރުކަން ޔަގީން ކުރުމުގެ ބޭނުމަށް ޓަކައި، ކަސްޓަމަރުގެ ޕޭމަންޓް އެކައުންޓް ހިދުމަތްދޭ ފަރާތަކުން ކަސްޓަމަރަށް ދީފައިވާ އެ ފަރާތަށް ހާއްސަކޮށްފައިވާ މައުލޫމާތަށެވެ.
"ކަސްޓަމަރު" ކަމަށް ބުނެފައި އެވަނީ، މުދާ ގަންނަ ފަރާތަށެވެ.
"ކަސްޓަމަރުންގެ ފައިސާ" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް މުއާމަލާތްތައް އެކުޔަރކުރުމުގެ ހިދުމަތް ދިނުމުގައި ނުވަތަ ރެމިޓެންސް ހިދުމަތް ދިނުމުގައި ކަސްޓަމަރަކަށް ނުވަތަ ކަސްޓަމަރެއްގެ އަތުން، ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ފަރާތަކަށް ލިބިފައިވާ، އަދި މަސައްކަތު ދުވަހެއް ނިމޭއިރު އެ ފަރާތުގެ އަތުގައި ހުރި ފައިސާއަށެވެ.
"ކަސްޓަމްސްއަށް ރިޕޯޓުކުރުން" ކަމަށް ބުނެފައި އެވަނީ، ރިޕޯޓުކުރުމަށް ކަސްޓަމްސްއިން ކަނޑައަޅާ ފޯމު ނުވަތަ ކަސްޓަމްސްއިން ކަނޑައަޅާ ފޯމެޓާ އެއްގޮތަށް ފުރިހަމަކޮށްފައިވާ އެޕްލިކޭށަން ފުރިހަމަކުރުމަށްފަހު ކަސްޓަމްސްއަށް ހުށަހެޅުމަށެވެ.
"ކަސްޓޯޑިއަން" ކަމަށް ބުނެފައިއެވަނީ، ޕެންށަން އެސެޓް ބަލަހައްޓާ ނުވަތަ އެފަރާތުގައި ޕެންށަން އެސެޓް ޖަމާކޮށް ބެލެހެއްޓުމުގެ ހިދުމަތް އެކަމަށްޓަކައި ޕެންށަން އޮފީހާއެކު ކުރެވޭ އެއްބަސްވުމެއްގެ ދަށުން ފޯރުކޮށްދޭ ލައިސަންސް ދޫކޮށްފައިވާ ބޭންކް ފަދަ ފަރާތެކެވެ. ކަސްޓޯޑިއަނަކީ މި ގާނޫނުގެ ދަށުން ފައިޑިއުށަރީއެކެވެ.