ގާނޫނީ ރަދީފު
"ރިލޭށަން ހެދުން" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތާއި އެ ފަރާތުން ކަނޑައަޅާ ރެޕްރެޒެންޓޭޓިވްއަކަށް އެ ފަރާތުން ވަޒީފާދޭ ފަރާތް ތަމްސީލުކުރުމުގެ ބާރު ދިނުމަށެވެ.
"ރިސިޕްޓް ނޯޓިސް" ކަމަށް ބުނެފައި އެވަނީ، ސްޓޭޓްމަންޓް އޮފް ޕެންށަން ކޮންޓްރިބިއުށަންސް ހުށަހެޅުމުން ވަޒީފާދޭ ފަރާތަށް، ޕެންށަން އޮފީހުންދޭ ނޯޓިހަށެވެ. މި ނޯޓިހުގައި، އެ ހުށަހެޅުން ގަބޫލު ކުރިކަން ނުވަތަ ނޫންކަމާއި، ވަޒީފާ ދޭފަރާތުގެ މަޢުލޫމާތާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ މަޢުލޫމާތާއި، (ވަޒީފާ ދޭފަރާތުން ބަޔާންކޮށްފައިވާ ގޮތަށް)، އަދި އެ ހުށަހެޅުމާގުޅިގެން ސްކީމަށް ފައިސާ ދައްކަން ޖެހޭނަމަ ޕޭމަންޓް ވައުޗަރެއް ހިމެނޭނެއެވެ.
"ރިސެޕްށަން" ކަމަށް ބުނެފައިއެވަނީ، ގެސްޓުންނަށް މައުލޫމާތު ދިނުމަށް ބޭނުންކުރެވޭ ކައުންޓަރ ނުވަތަ މޭޒުލާފައި ހުންނަ ތަނަށެވެ.
"ރިސްކް އެނަލިސިސް" ކަމަށް ބުނެފައި އެވަނީ، ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމުގައި އެއްވެސް ފަރާތަކުން ނުރަނގަޅު ކަންތައްތަކެއް ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް މީރާއަށް ލިބޭ މަޢުލޫމާތަށް ބިނާކޮށް،އެ ކަމެއް އިތުރަށް ބަލައި ވަޒަންކުރުމުގެގޮތުން ކުރާ ތަހުލީލަށެވެ.
"ރިސްކް އެސެސްމަންޓް" ކަމަށް ބުނެފައިއެވަނީ، މީހެއްގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލާއި ގެއްލުން ދެނެގަތުމަށްޓަކައި ބަލާ ބެލުންތަކެއްގެ ތެރެއިން، އެ މީހަކީ ކިހާ ނުރައްކައުތެރި މީހެއްކަން ނުވަތަ ގެއްލުމެއް ދީފާނެ މީހެއްކަން ކަނޑައެޅުމަށް ކުރެވޭ މަސައްކަތަށެވެ.
"ރިޒާރވް" ކަމަށް ބުނެފައި އެވަނީ ބޭންކެއްގެ އަމިއްލަ ހަޒާނާގައި ޖަމާކޮށް ބެހެއްޓޭ ފައިސާއާއި، ނުވަތަ ލިބޭނެ ގޮތެއްގައި އެފަދަ އެހެން ފަރާތެއްގެ ބެލެހެއްޓުމުގެ ދަށުގައި ބަހައްޓަން ޖެހިފައިވާ ފައިސާއާއި ނުވަތަ ބެހެއްޓުމުގެ އިހްތިޔާރު ލިބިފައިވާ ފައިސާއަށެވެ.
"ރިޒޯޓު" ކަމުގައި ބުނެފައި އެވަނީ، ނިދުމާއި ކެއުން ހަމަޖެހޭގޮތަށް ޓޫރިސްޓުން ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ރަށަކަށް، ނުވަތަ ރަށެއްގެ ތެރެއިން އެގޮތަށް ހާއްސަކޮށްފައިވާ ސަރަހައްދަކަށެވެ.
"ރިޒޯޓުގެ ވެރިފަރާތް" ކަމުގައި ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދީފައިވާ ރަށް، ނުވަތަ ފަޅުގެ ސަރަހައްދު ނުވަތަ ފަރުގެ ސަރަހައްދު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތަށް ނުވަތަ އެ ފަރާތުން ހަމަޖައްސާ ފަރާތަށެވެ.