ގާނޫނީ ރަދީފު
"ރަޖިސްޓަރީކުރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި އުފަންވާ ކުއްޖެއްގެ އުފަންވުމުގެ މައުލޫމާތު ނުވަތަ ދިވެހިރާއްޖޭގައި މަރުވާ މީހެއްގެ މަރުގެ މައުލޫމާތު، މި ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ރިކޯޑުކުރުމަށެވެ. ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ދިވެހިރައްޔިތަކަށް އުފަންވާ ކުއްޖެއްގެ އުފަންވުމުގެ މައުލޫމާތު ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި މަރުވާ ދިވެއްސެއްގެ މަރުގެ މައުލޫމާތު މިގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ރިކޯޑުކުރުމަށެވެ.
"ރަޖިސްޓްރާ" ކަމަށް ބުނެފައި އެވަނީ، ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތްތަކާއި، ރަޖިސްޓްރާ ނެތް ހާލަތެއްގައި ރަޖިސްޓްރާގެ މަސްއޫލިއްޔަތު އަދާކުރުމަށް ހަވާލުކޮށްފައިވާ ފަރާތްތައް ވެސްހިމެނޭ ގޮތަށެވެ.
"ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ، ކޯޓުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތްތަކާއި، ރަޖިސްޓްރާރ ނެތް ހާލަތެއްގައި ރަޖިސްޓްރާރގެ މަސްއޫލިއްޔަތު އަދާކުރުމަށް ހަވާލުކުރެވޭިފައިވާ ފަރާތްތައް ވެސް ހިމެނޭ ގޮތަށެވެ.
"ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ، ކުންފުނީގެ ގާނޫނު (ގާނޫނު ނަންބަރު 2023-07) ގެ 218 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒަށެވެ.
"ރަޖިސްޓްރާރ އޮފް ޔޫނިއަންސް" ނުވަތަ "ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ޔޫނިއަންތައް ރަޖިސްޓަރީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތަށެވެ.
"ރަޖިސްޓްރޭށަން ނަންބަރު" ކަމަށް ބުނެފައި އެވަނީ، ކޮމިށަނުން ރަޖިސްޓަރީ ކުރަން ނިންމާ މައްސަލަތަކުގެ ތަރުތީބު ދެނެގަތުމަށާއި، މައްސަލައިގެ ދާއިރާ އެނގޭގޮތަށާއި، ހުށަހެޅުނު އަހަރު އެނގޭ ގޮތަށް، ކޮންމެ މައްސަލައަކަށް ދޭ ވަކި ނަންބަރަށެވެ.
"ރަޖިސްޓްރޭށަން ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ބޭނުންވާ ށަރުތުތައް ފުރިހަމަ ވެފައިވޭތޯ ނުވަތަ ނޫންތޯ ޔަގީން ނުވާ ހާލަތްތަކުގައި އެ ފަރާތެއް ހުއްދައަށް އެދި ހުށަހެޅި ހުށަހެޅުމަށް ގޮތެއް ނިންމުމަށް މިނިސްޓްރީން އެކުލަވައިލާ ކޮމިޓީއަށެވެ.