ގާނޫނީ ރަދީފު
"ރަސްމީ ތައުލީމު" ކަމުގައި ބުނެފައި އެވަނީ، ގްރޭޑް 1 ން 10 އަކަށެވެ.
"ރަސްމީ ތަފާސްހިސާބު ފޯރުކޮށްދޭ އިދާރާތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 16/2021 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު) ގައިވާ ގޮތުގެ މަތީން ރަސްމީ ތަފާސްހިސާބަށް ބޭނުންވާ މައުލޫމާތު ހޯދުމާއި، އެ މައުލޫމާތު އެއްކޮށް އެކުލަވައިލުމާއި، އާންމުކުރުމާއި، ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ސަރުކާރާއި ދައުލަތުގެ އިދާރާތަކަށެވެ.
"ރަސްމީ ޖެޓީ" ނުވަތަ "ރަސްމީ ފާލަން" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ރަސްމީ ފާލަން ނުވަތަ ޖެޓީކަމުގައި ކަނޑައަޅައި އާންމުކޮށް އިއުލާނުކޮށްފައިވާ ފާލަމަށް ނުވަތަ ޖެޓީއަށެވެ.
"ރަސްމީކޮށް ރީ ބްރޯޑްކާސްޓްކުރަން ފެށުން" ކަމަށް ބުނެފައި އެވަނީ، ކޮމިށަނުން ދޫކުރާ ރީ ބްރޯޑްކާސްޓްކުރާ ލައިސަންސެއް ލިބިގެން، ކޮމިށަނުން ފާސްކޮށްދީފައިވާ ޕެކޭޖެއްގެ ހިދުމަތްދޭން ފެށުމަށެވެ.
"ރަސްމީކޮށް ބްރޯޑްކާސްޓް ކުރަން ފެށުން" ކަމަށް ބުނެފައި އެވަނީ، ޓެސްޓު ސިގްނަލުގެ މަރުހަލާ ނިމިގެން، ށެޑިއުލާ އެއްގޮތަށް ޕްރޮގްރާމް ބްރޯޑްކާސްޓް ކުރަން ފެށުމަށެވެ.
"ރަޔަޓް ކޮންޓްރޯލް އެޖެންޓް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ އެއްވެސް ޖަދުވަލެއްގައި ނުހިމެނޭ، އިންސާނުންގެ ހިއްސު ތަކަށް އިސާހިތަކު އަސަރުފޯރުވާ ނުވަތަ ޖިސްމާނީގޮތުން ނުކުޅެދުންތެރިކަމެއް ގެނުވާ، އެ އެއްޗެއް ބޭނުންކުރުން ހުއްޓާލުމުން ކުޑަ އިރުކޮޅެއްގެ ތެރޭގައި އާންމު ހާލަތަކަށް މީހާ އަންނަ ކެމިކަލަށެވެ.
"ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، "އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު" (ގަވާއިދު ނަންބަރު 999/2019) ގެ ދަށުން ހުއްދަކުރެވޭ، ހުއްދަ ދޫކުރާ އިދާރަތަކުގެ މައުލޫމާތު އެކުލެވޭ ގޮތަށް މިނިސްޓްރީން ލިޔެ ބަލަހައްޓާ ދަފުތަރަށެވެ.
"ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ މަސައްކަތް ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އިދާރާއިން ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމަށްފަހު އެ އުޅަނދާބެހޭ މަޢުލޫމާތު ހިމެނޭގޮތަށް އެ އުޅަނދުގެ މިލްކުވެރިފަރާތް އެނގޭނެހެން ތައްޔާރުކޮށް އުޅަނދުގެ ވެރިފަރާތަށް ދޫކުރާ ރަސްމީ ލިޔުމަށެވެ.