ގާނޫނީ ރަދީފު
"ރައުސްމާލު" ކަމަށް ބުނެފައި އެވަނީ، ޕެއިޑްއަޕް ކެޕިޓަލާއި ކުންފުނީގެ ރިޒަރވްސްގެ ތެރެއިން ކުންފުނީގެ ގެއްލުން ކެނޑުމަށްފަހު އަންނަ ރައުސްމާލުގެ އަދަދަށެވެ. އަދި މީގެތެރޭގައި އޮތޯރިޓީން އަންގާ ބާވަތެއްގެ ރިޒަރވްސްއެއް ނުހިމެނޭނެއެވެ.
"ރައުޔު" ކަމަށް ބުނެފައި އެވަނީ، ފެންނަންހުރި ކަމެއް ނުވަތަ އެއްޗެއް ތިމާގެ ސިކުނޑިން ވަޒަންކުރުމުން ތިމާއަށް އެއިން ދޭހަވާ ދޭހަވުމަށެވެ އަދި ކުރިމަތީގައިވާ ވާގިއާއެއް ނުވަތަ ވާގިއާތަކެއް ތިމާއަށް ފެނުމުން ނުވަތަ އަޑުއިވުމުން ނުވަތަ ތަޖުރިބާކުރެވުމުން، ތިމާއަށް އެއިން ލިބިގަނެވޭ ދޭހަވެސް ހިމެނޭގޮތުންނެވެ
"ރައްކާތެރިކަން ލިބިގެންވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެމީހެއްގެ ކިބައިގައި ހުރި ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، އެފަރާތެއްގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ އެހެން ފަރާތެއް މެދުވެރިކޮށްގެން މެނުވީ، މަދަނީ މައްސަލައެއްގެ ށަރީއަތުގެ މަރުހަލާތައް ކުރިއަށްގެންދިޔުމުގެ ގާބިލުކަން ނެތް ކޮންމެ ފަރާތަކަށެވެ.
"ރައްކާތެރިކަމާއެކީ ބެލެހެއްޓުން" ކަމަށް ބުނެފައިއެވަނީ، ގިނަ ދުވަހަށް ދެމެހެއްޓުމަށް ކުރާ އެންމެހައި ކަންތައްތަކާއި، އެ ތަކެތި ހަލާކުނުވާނެ އަދި ވީރާނާނުވާނެ ގޮތުގެމަތިން މަރާމާތުކޮށް ބެލެހެއްޓުމަށެވެ.
"ރައްކާތެރިކަމާއެކީ ދެމެހެއްޓުން" ކަމަށް ބުނެފައި އެވަނީ، ގިނަދުވަހަށް ދެމެހެއްޓުމަށް ކުރާ އެންމެހާ ކަންތައްތަކާއި، އެތަކެތި ހަލާކު ނުވާނެ އަދި ވީރާނާ ނުވާނެ ގޮތުގެ މަތިން މަރާމާތުކޮށް ބެލެހެއްޓުމަށެވެ.
"ރައްކާތެރިކުރުމުގެ އަމުރު" ކަމަށް ބުނެފައިއެވަނީ ގެވެށި އަނިޔާގެ އަމަލެއް ހިނގާހިނދު، އެ އަމަލުގެ ށިކާރައަކަށްވާ މީހާ، އެފަދަ އަމަލެއް ތަކުރާރުވުމުން ރައްކާތެރިކުރުމުގެ ނިޔަތުގައި، އެ އަމަލު ހިންގާ މީހާއަށް ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އަންގައި، ކޯޓުން ކުރާ ގާނޫނީ އަމުރަށެވެ.