ގާނޫނީ ރަދީފު
"ރީ-އެގްޒެމިންކުރުން" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގައި ހެކިބަސް ދޭ މީހާ ކްރޮސް-އެގްޒެމިންކޮށް ނިމުމުން، އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފަރާތުން އޭނާއާ އަލުން ސުވާލުކުރުމަށެވެ ނުވަތަ އެ މަރުހަލާގައި އޭނާއާ އެފަދައިން ކުރެވޭ ސުވާލުތަކަށެވެ.
"ރީބްރޯޑްކާސްޓްކުރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން ހުއްދަ ލިބިގެން ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ މަރުކަޒަކުން، އެހެން ބައެއްގެ ކޮންޓެންޓް އެއްވެސް އުނިއިތުރެއް ނުގެނެސް އަލުން ބްރޯޑްކާސްޓްކުރުމަށެވެ.
"ރީކޮންޑިށަންކޮށްފައިވާ މުދާ" ކަމަށް ބުނެފައި އެވަނީ، ގަނެފައިވާ މުދަލެއް އަނބުރާ ރައްދުކުރާ ހާލަތްތަކުގައި، އެ މުދަލެއް ސާފުކޮށް، އެކްސްޓެންސިވް ޓެސްޓިންގއަށްފަހު އަލުން ބަންދުކޮށް ވިއްކުމަށް ނެރެފައިވުމަށެވެ.
(ވ) "ރީއެކްސްޕޯޓް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އިމްޕޯޓްކޮށްފައިވާ އެއްޗެއް، އޭގެ ޒާތަށް ބަދަލެއް ނުގެނެސް ދިވެހިރާއްޖެއިން ބޭރަށް ގަވާއިދާ އެއްގޮތަށް ގެންދިޔުމަށެވެ.
"ރީއެކްސްޕޯޓް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އިމްޕޯޓްކޮށްފައިވާ އެއްޗެއް، އޭގެ ޒާތަށް ބަދަލެއް ނުގެނެސް ދިވެހިރާއްޖެއިން ބޭރަށް، ގަވާއިދާ އެއްގޮތަށް ގެންދިޔުމަށެވެ.
”ރީފިލްކުރުން“ ކަމުގައި ބުނެފައި އެވަނީ، އަލިފާންނިވީގައި ބޭނުންކޮށްފައި ހުންނަ އަލިފާންނިއްވާ މާއްދާ ބަދަލުކުރުމާއި، ބައެއް ވައްތަރުގެ އަލިފާންނިވީގެ އެތެރޭގައި ޕްރެށަރ ގެނެސްދޭ ކާޓްރިޖް ފިލްކުރުމެވެ.
"ރީސައިކަލްކުރުން" ކަމަށް ބުނެފައި އެވަނީ، ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި ބޭނުންކޮށްގެން ތަކެތި ހެދުމަށް ނުވަތަ އުފެއްދުމަށެވެ.
"ރީޒަނަބްލް އެޖަސްޓްމަންޓް" ނުވަތަ "ސަބަބުވެރި ބަދަލުތައް" ކަމަށް ބަޔާންކޮށްފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ވަޒީފާއެއް އަދާކުރުމަށް ޓަކައި އެ ވަޒީފާ އަދާކުރާ މާހައުލެއްގައި ނުވަތަ އެ އިދާރާއިން ކޮންމެހެން ފުރިހަމަކުރަންޖެހޭ ކަންތައްތަކަށެވެ.