-

އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް (އާންމު ސިއްހަތާއި ގުޅޭ)

"އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް" ކަމަށް ބުނެފައިއެވަނީ، ޑިރެކްޓަރ ޖެނެރަލަށް ލިބެންހުރި ސާބިތު ހެކީގެ މައްޗަށް ބިނާކޮށް ލިބޭ މައުލޫމާތަށެވެ. އެފަދަ މައުލޫމާތެއް ލިބެންނެތްހިނދެއްގައި، ޑިރެކްޓަރ ޖެނެރަލަށް ހާލަތު ވިސްނައިގަނެވޭ މިންވަރަށާއި، ސާބިތުވާންހުރި ސިއްހަތުގެ އިލްމަށާއި، މާޒީގެ ތަޖުރިބާއަށް ބިނާކޮށް، ކަމަކުން ދުރާލާ ރައްކާތެރިވުމަށް ނިންމުމަށް ޑިރެކްޓަރ ޖެނެރަލް ބުރަވާ ނުވަތަ ރިއާޔަތްކުރާ މައުލޫމާތަށެވެ.