-

ކައުންޓަރފީޓް

"ކައުންޓަރފީޓް" ކުރުމަކީ ހިޔާނާތްތެރި ނުވަތަ ހީލަތްތެރި އަމަލު ކުރުމަށް ނުވަތަ އެފަދަ އަމަލު ކުރެވުމަކީ އެކަށީގެންވާފަދަ ކަމެއްކަން ދެނެހުރެ އެއްޗަކާ އެއްވައްތަރަށް އެހެން އެއްޗެއް އުފެއްދުން ނުވަތަ އުފެއްދުމުގެ ބައިވެރިއެއް ކަމަށްވުމުގެ އަމަލު ކުރުމެވެ. ކައުންޓަރފީޓް ކުރުމުގައި ހަމަ ބަރާބަރަށް ވައްތަރުވުން ލާޒިމެއްނޫނެވެ. އަދި ކައުންޓަރފީޓް ކުރާ އެއްޗެއް އޭގެ އަސްލު އެއްޗާ ވައްތަރުކަން ބޮޑުވުމުގެ ސަބަބުން އޮޅުވާލެވިދާނޭކަމަށް ވާހިނދު އޭގެ އިދިކޮޅަށް ސާބިތުނުވާހާ ހިނދަކުބެލޭނީ، އޭނާ އެ އަމަލު ކުޅައީ ހީލަތް ހެދުމަށް ކަމަށް ނުވަތަ އެފަދަ އަމަލު ކުރެވެމުން ދިއުމަކީ، އެކަށީގެންވާ ކަމެއްކަން ދެނެހުރެ ކުރި އަމަލެއް ކަމުގައެވެ.