-

އިފްލާސްކުރުމުގެ މަރުހަލާ

"އިފްލާސްކުރުމުގެ މަރުހަލާ" ކަމަށް ބުނެފައި އެވަނީ، މީހަކު ނުވަތަ ގާނޫނީ ށަހްސަކު އިފްލާސްކުރުމަށް ނުވަތަ ގާނޫނީ ށަހްސެއް ރީއޯގަނައިޒްކުރުމަށް، ދިވެހިރާއްޖޭގެ ނުވަތަ އެހެން ގައުމެއްގެ ގާނޫނުތަކުގައި ބަޔާންކުރާ ފިޔަވަޅުތަކަށެވެ. މިފަދަ ފިޔަވަޅުތަކުގެ ތެރޭގައި، ފައިސާ ޓްރާންސްފަރކުރުން ނުވަތަ ޕޭމަންޓް މުއާމަލާތްތައް ވަގުތީ ގޮތުން ހުއްޓުވުން ނުވަތަ ހަނިކުރުމުގެ ގޮތުން ފިޔަވަޅު އެޅުން ހިމެނެއެވެ. އަދި އިފްލާސްކުރުމުގެ މަރުހަލާގެ ތެރޭގައި ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން ބޭންކުތައް އިފްލާސްކުރުމުގެ ގޮތުން ފިޔަވަޅު އެޅުންވެސް ހިމެނެއެވެ.