-

އިލެކްޓްރޯނިކް ފަންޑްސް ޓްރާންސްފަރ

"އިލެކްޓްރޯނިކް ފަންޑްސް ޓްރާންސްފަރ" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތަކުން ޕޭމަންޓް ހިދުމަތްދޭ ފަރާތަކަށް ކުރާ އަމުރެއް ނުވަތަ ދޭ ހުއްދައަކާ ގުޅިގެން، ހިދުމަތް ލިބިގަންނަ ފަރާތުގެ އެކައުންޓެއް، އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ކްރެޑިޓް ނުވަތަ ޑެބިޓް ކުރުމަށެވެ. މީގެ ތެރޭގައި، ހަމައެކަނި މި ވަސީލަތްތަކަށް ހުދޫދުނުވާ ގޮތުގެމަތިން، ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް)، އޮޓޮމޭޓަޑް ޓެލަރ މެށިން (އޭޓީއެމް)، މޯބައިލް ފޯނު، އިންޓަރނެޓް އަދި ކާޑު މެދުވެރިކޮށް ހަދާ ކްރެޑިޓް ނުވަތަ ޑެބިޓް ހިމެނޭ ގޮތުންނެވެ.