-

ދަރިވަރުގެ މަސައްކަތް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުމާއި، ދަރިވަރުންނަށް މަސައްކަތް ކޮށްދިނުމާއި، ދަރިވަރުންނަށް މަސައްކަތް ކޮށްދިނުމަށް ހުށަހެޅުން

"ދަރިވަރުގެ މަސައްކަތް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުމާއި، ދަރިވަރުންނަށް މަސައްކަތް ކޮށްދިނުމާއި، ދަރިވަރުންނަށް މަސައްކަތް ކޮށްދިނުމަށް ހުށަހެޅުން" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒެއްގައި، މި ގާނޫނުގެ ދަށުން އެކްރެޑިޓްކޮށްގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ހިންގާ ޕްރޮގްރާމެއްގައި، އެ ޕްރޮގްރާމެއް ފުރިހަމަކުރުމަށްޓަކައި، ދަރިވަރު އެސެސްކުރެވޭގޮތަށް ދަރިވަރު އަމިއްލައަށް ކުރަންޖެހޭނެކަމަށް ކަނޑައަޅާފައިވާ އެސައިންމަންޓްތަކާއި ދިރާސީ މަސައްކަތްތައް، އެހެން ފަރާތެއް މެދުވެރިކޮށް އަގުދީގެން ނުވަތަ އެނޫން ގޮތަކަށް ފުރިހަމަކޮށް، އެ މަސައްކަތަކީ ދަރިވަރުގެ އަމިއްލަ މަސައްކަތެއްގެ ގޮތުގައި އެ ދަރިވަރަކު ކިޔަވާ މަރުކަޒަކަށް ހުށަހެޅުމަށާއި، އެފަދަ މަސައްކަތެއް އެއްވެސް ފަރާތަކުން ކޮށްދިނުމަށާއި، އެފަދަ މަސައްކަތްތައް ކޮށްދޭކަމަށް އެއްވެސް ގޮތަކަށް އިށްތިހާރުކުރުމަށެވެ.