-

ހަނގުރާމަވެރިން

"ހަނގުރާމަވެރިން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި މަގުސަދުތަކުގެ ތެރެއިން މަގުސަދަކަށް ޓަކައި ދިވެހިރާއްޖެ ދޫކޮށްފައި ދާ ފަރާތްތަކަށެވެ (1) ބޭރު ގައުމެއްގައި ޓެރަރިސްޓް ޖަމާއަތަކުން، ނުވަތަ އެފަދަ ޖަމާއަތަކަށް ނިސްބަތްނުވާ ޓެރަރިސްޓުން ހިންގާ ހަނގުރާމައެއްގައި ބައިވެރިވުމަށް؛ (2) ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމަށް، ނުވަތަ ޓެރަރިޒަމްގެ އަމަލުތައް ހިންގަން ތައްޔާރުވުމަށް، ނުވަތަ އެފަދަ އަމަލު ހިންގުމުގައި ބައިވެރިވުމަށް ނުވަތަ އެހީތެރިވުމަށް؛ (3) ހަނގުރާމަކުރުން ހިމެނޭގޮތަށް ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ތަމްރީނު ފޯރުކޮށްދިނުމަށް ނުވަތަ ލިބިގަތުމަށް.