-

ފަނާކުރަނިވި މާއްދާ

"ފަނާކުރަނިވި މާއްދާ" ކަމަށް ބުނެފައި އެވަނީ، ގޮވާތަކެއްޗަށާއި، އަލިފާން ރޯވެދާ ފަދަ ތަކެއްޗަށެވެ. އޭގެ ތެރޭގައި، ވަކި ވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދައިފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަ ގޭހާއި، މީހުން މަރުވެދާފަދަ ބަޔޮލޮޖިކަލް މާއްދާތައް ނުވަތަ ކެމިކަލް މާއްދާތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނޭ ގޮތަށެވެ.