-

ނުކުޅެދުންތެރިކަން ހުންނަ މީހުން

"ނުކުޅެދުންތެރިކަން ހުންނަ މީހުން" ކަމަށް ބުނެފައި އެވަނީ، ދިގު މުއްދަތުގެ ޖިސްމާނީ، ނުވަތަ ނަފްސާނީ، ނުވަތަ ހިއްސުތަކުގެ ނުވަތަ ސިކުނޑީގެ އުނިކަމެއް ހުރި މީހަކު، އެ އުނިކަމެއްގެ ސަބަބުން ކުރިމަތިވާ އެންމެހައި ހުރަސްތަކާހުރެ މުޖުތަމައުގެ އެހެން މީހުންނާ އެއްހަމައެއްގައި ބޭނުންތެރިގޮތުގައި އެންމެ ފުރިހަމަޔަށް ބައިވެރިވެ ހަރަކާތްތެރިވެ އުޅުމަށް ދަތިވާ ކޮންމެ މީހަކަށެވެ.