-

އޯފްށޯރ ފައިނޭންށަލް ސަރވިސަސް

"އޯފްށޯރ ފައިނޭންށަލް ސަރވިސަސް" ކަމަށް ބުނެފައިއެވަނީ، އާންމުގޮތެއްގައި ރެސިޑެންޓުންނަށް ސީދާ ހިދުމަތް ނުދެވޭގޮތަށް، މި ގާނޫނުގެ ދަށުން ދިނުން ހުއްދަ އިނާޔަތްތައް ލިބޭގޮތަށް، އޯފްށޯރ ފައިނޭންށަލް ސަރވިސަސް ލައިސަންސެއް ހޯދައިގެން، އޯފްށޯރ ފައިނޭންށަލް ސަރވިސަސްގެ ގޮތުގައި، ޒޯނެއްގައި ގާއިމުކޮށް ހިންގާ، އަންނަނިވި ހިދުމަތްތަކަށް ނުވަތަ އެ ހިދުމަތްތަކުގެ ތެރެއިން ހިދުމަތަކަށެވެ (ހ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްދަކުރާ ބޭންކިންގގެ ހިދުމަތް؛ (ށ) ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ހުއްދަކުރާ ސެކިއުރިޓީޒްގެ ހިދުމަތް؛ (ނ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްދަކުރާ އިންށުއަރަންސްގެ ހިދުމަތް؛ (ރ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްދަކުރާ ފައިނޭންސް ލީސިންގ ހިދުމަތް؛ (ބ) ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ހުއްދަކުރާ ކަލެކްޓިވް އިންވެސްޓްމަންޓް ސްކީމްގެ ހިދުމަތް؛ އަދި (ޅ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ނުވަތަ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ހުއްދަކުރާ އެހެނިހެން މާލީ ހިދުމަތްތައް.