-

ދައުލަތުގެ ފަރާތްތައް

"ދައުލަތުގެ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ (1) ވެރިކަން ހިންގުމުގެ ބާރުގައި ހިމެނޭ މިނިސްޓްރީތަކާއި، ޑިޕާޓްމަންޓްތަކާއި، އެފަދަ ތަންތަނުގެ ދަށުން ގާއިމުކުރެވިފައިވާ އެހެނިހެން އެންމެހައި އިދާރާތަކާއި؛ (2) ގާނޫނު ހެދުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި އެންމެހައި އޮފީސްތަކާއި؛ (3) ށަރުއީ ކޯޓުތަކާއި ޓްރައިބިއުނަލްތަކާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގައި ހިމެނޭ އެންމެހައި ޑިޕާޓްމަންޓްތަކާއި، އޮފީސްތަކާއި އިދާރާތަކާއި؛ (4) ދައުލަތުގެ އެހެނިހެން އިދާރާތަކާއި؛ (5) ސަރުކާރުން ހިންގާ ކުންފުނިތަކާއި ސަރުކާރުން ބައިވެރިވާ ކުންފުނިތަކާއި؛ (6) އެއްވެސް ގޮތަކުން ދައުލަތުގެ މާލިއްޔަތުން ފައިސާ ދެވޭ ކުންފުނިތަކާއި އެހެނިހެން އިދާރާތަކާއި، ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި، ސިޔާސީ ޕާޓީތަކާއި؛ އަދ (7)ދައުލަތުން ކުރާ އެއްވެސް ކަމަކާ ނުވަތަ ނިންމާ އެއްވެސް ނިންމުމަކާ ގުޅުންހުރި އިދާރާއެކެވެ.