-

ބޭންކު-ނޫން މާލީ ވިޔަފާރި

"ބޭންކު-ނޫން މާލީ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ބޭންކިންގ ވިޔަފާރި ފިޔަވައި އެހެން ބާވަތްތަކުގެ މާލީ ވިޔަފާރިތަކަށެވެ. އޭގެތެރޭގައި، އާންމު ބޭންކިންގ ވިޔަފާރީގެ ތެރޭގައި ނުހިމެނޭ އިންވެސްޓްމަންޓް ބޭންކިންގ ވިޔަފާރި ނުވަތަ މާރޗަންޓް ބޭންކިންގ ވިޔަފާރި ނުވަތަ ޑިވެލޮޕްމަންޓް ބޭންކިންގ ވިޔަފާރި ނުވަތަ ސެކިއުރިޓީޒްގެ ވިޔަފާރި ނުވަތަ އިންށުއަރެންސްގެ ވިޔަފާރި ނުވަތަ އިންވެސްޓްކުރުމާ ބެހޭގޮތުން ލަފާދިނުމުގެ ވިޔަފާރި، ނުވަތަ ފައިނޭންސިންގ ވިޔަފާރި، ނުވަތަ ރެމިޓެންސްގެ ވިޔަފާރި ނުވަތަ މަނީ ޗޭންޖިންގ ވިޔަފާރި ނުވަތަ އިލެކްޓްރޯނިކް މަނީ އިށޫކުރުމާއި އެހެންވެސް ޕޭމަންޓް އިންސްޓްރުމަންޓްތައް އިށޫކުރުމުގެ އަދި ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ހިދުމަތްތައް ހިމެނޭގޮތުން ޕޭމަންޓް ހިދުމަތް ދިނުމުގެ ވިޔަފާރި، ނުވަތަ އެއްވެސް ބާވަތެއްގެ ޕޭމަންޓް އިންސްޓްރުމަންޓެއް ނުވަތަ ޕޭމަންޓް އަދި ސެޓްލްމަންޓް ސިސްޓަމެއް ހިންގުމުގެ ވިޔަފާރި، ނުވަތަ އެސެޓް މެނޭޖްމަންޓްގެ ވިޔަފާރި، ނުވަތަ އޮތޯރިޓީން ކަނޑައަޅާ މިނޫންވެސް ވިޔަފާރިއާއި މާލީ ހަރަކާތްތައް ހިމެނޭގޮތުންނެވެ.