-

ނުރަސްމީ ތައުލީމު

"ނުރަސްމީ ތައުލީމު" ކަމަށް ބުނެފައި އެވަނީ، ކޮމިއުނިޓީ ތައުލީމު ނުވަތަ މުޖުތަމައީ ތައުލީމާއި، ކޮންޓިނުއިންގ އެޑިޔުކޭށަންއާއި ލައިފްލޯންގ ލަރނިންގއާއި އެޑަލްޓް އެޑިޔުކޭށަން އަދި ސެކަންޑް ޗާންސް އެޑިޔުކޭށަންގެ މަފްހޫމުތައް ހިމެނޭގޮތުން، ރަސްމީ ތައުލީމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތައް ނުވަތަ ރަސްމީ ތައުލީމުގެ ނިޒާމު ފުރިހަމަކުރުމަށްފަހު އިތުރަށް ކިޔަވަން ބޭނުންވާ ފަރާތްތައް މުޖުތަމައުގައި ބޭނުންތެރި ބަޔަކަށް ވުމަށް އެ ބަޔަކު ބޭނުންވާ ހުނަރާއި އިލްމާއި ހިޔާލާތު ނުރަސްމީ ގޮތެއްގައި އުނގެނޭ އުނގެނުމަށެވެ.