-

އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް

"އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް" ކަމަށް ބުނެފައި އެވަނީ، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމަށް ކަނޑައަޅާފައިވާ ވަކި ރަށެއް ނުވަތަ ރަށެއްގެ ވަކި ސަރަހައްދެއް ނުވަތަ ވަކި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ސަރަހައްދެއް، އެ ރަށެއް ނުވަތަ ސަރަހައްދެއް ތަރައްގީކުރަން ހަވާލުކުރެވޭ ފަރާތަކުން، ވަކިވަކި ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓާ، އަދި/ނުވަތަ ޓޫރިސްޓް ގެސްޓްހައުސް އަދި/ނުވަތަ ޔޮޓް މެރީނާ އަދި/ނުވަތަ އެނޫންވެސް ފަތުރުވެރިކަމުގެ ވިޔަފާރީގެ އެއް ބާވަތަށްވުރެ ގިނަ ބާވަތް ހިމެނޭގޮތުން ތަރައްގީކުރާ ސަރަހައްދަށެވެ.