-

ރޯޔަލްޓީ

"ރޯޔަލްޓީ" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަމުންކުރެ ކަމަކާ ގުޅިގެން ދޭ ކޮންމެ މުގާބިލަކަށެވެ (1) ކޮޕީރައިޓެއް، ޕޭޓެންޓެއް، ޕްލާންޓް ވެރައިޓީ ރައިޓެއް، ޓްރޭޑްމާކެއް، ފަރުމާއެއް ނުވަތަ މޮޑެލެއް، ޕްލޭނެއް، ސިއްރު ފޯމިއުލާއެއް ނުވަތަ ޕްރޮސެސްއެއް، ނުވަތަ މި ފަދަ އެހެން މުދަލެއް ނުވަތަ ހައްގެއް ބޭނުންކުރުން ނުވަތަ ބޭނުންކުރުމުގެ ހައްގު ލިބިގަތުން؛ (2) ގުދުރަތީގޮތުން އުފެދިފައިހުރި މައުދަނާއި، ތެލާއި، ގޭހާއި ނުވަތަ އެފަދަ އެހެނިހެން ވަޞީލަތްތަށް ނެގުން ނުވަތަ އެނޫންވެސް ގޮތަކުން ބޭނުންކުރުން ނުވަތަ ނެގުމުގެ ނުވަތަ ބޭނުންކުރުމުގެ ހައްގު ލިބިގަތުން؛ (3) އަންނަނިވި ތަކެތިންކުރެ އެއްޗެއް ބޭނުންކުރުމަށް ނުވަތަ ބޭނުންކުރުމުގެ ހައްގު ލިބިގަތުން: i. ސިނަމާ ފިލްމު؛ ii. ޓީވީ ބްރޯޑްކާސްޓިންގގައި ބޭނުންކުރާ ފިލްމް، ވީޑިއޯޓޭޕް ނުވަތަ އެހެނިހެން އިލެކްޓްރޯނިކް ރެކޯޑިންގ؛ iii. ރޭޑިއޯ ބްރޯޑްކާސްޓިންގގައި ބޭނުންކުރާ ޓޭޕް ނުވަތަ އެހެނިހެން އިލެކްޓްރޯނިކް ރެކޯޑިންގ؛ iv. އިންޓަރނެޓް ބްރޯޑްކާސްޓިންގގައި ބޭނުންކުރާ ފިލްމް، ވީޑިއޯ ނުވަތަ އެހެނިހެން އިލެކްޓްރޯނިކް ރެކޯޑިންގ (4) އިންޑަސްޓްރިއަލް، ކޮމާށަލް، ނުވަތަ ސައިންޓިފިކް އިލްމެއް ނުވަތަ މައުލޫމާތެއް ފޯރުކޮށްދިނުން؛ (5) އިންޑަސްޓްރިއަލް، ކޮމާށަލް، ނުވަތަ ސައިންޓިފިކް އިކުއިޕްމަންޓެއް ނުވަތަ މައުލޫމާތެއް ބޭނުންކުރުން ނުވަތަ ބޭނުންކުރުމުގެ ހައްގު ލިބިދިނުން؛ (6) ސެޓެލައިޓް، ކޭބަލް، އޮޕްޓިކް ފައިބަރ ނުވަތަ އެ ފަދަ އެހެން ޓެކްނޮލޮޖީއެއް މެދުވެރިކޮށް ޓްރާންސްމިޓްކުރުން؛ (7) 1) ވަނަ ނަންބަރުން ފެށިގެން ‏6 ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ކަމަކުންކުރެ ކަމެއް ކުރުމަށް ނުވަތަ އެއިން ނަންބަރެއްގައި ބަޔާންކޮށްފައިވާ އެއްޗެއް ބޭނުންކުރުމަށް ނުވަތަ އެއިން ކަމެއް ކުރުމަށް އެހީތެރިވުން؛ (8) 1 ވަނަ ނަންބަރުން ފެށިގެން ‏3 ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ މުދަލެއް ނުވަތަ ހައްގެއް ބޭނުންކުރުން ނުވަތަ ބޭނުންކުރުމުގެ ހައްގު ލިބިދިނުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުން؛ (9) 4 ވަނަ ނަންބަރުން ފެށިގެން 6 ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ އިލްމެއް ނުވަތަ މައުލޫމާތެއް ފޯރުކޮށްދިނުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުން.