-

ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާ

"ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާ" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ޖަމްއިއްޔާއަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު އިދާރާއަކަށެވެ (1) އެއީ އިސްލާމްދީން ކުރިއެރުވުން، ފަގީރުންނަށް އެހީވުން، ސިއްހީ ހިދުމަތް ދިނުން، ތައުލީމު ދިނުން ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެނޫންވެސް އާންމު މަންފާއެއް ކުރިއެރުވުމަށް އުފައްދާފައިވާ ޖަމްއިއްޔާއަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު އިދާރާއަކަށްވުން؛ އަދި (2) އެއީ ވަކި ފަރާތެއްގެ މާލީ ފައިދާއަކަށް ހިންގާ ޖަމްއިއްޔާއަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު އިދާރާއަކަށްނުވުން.