-

އިންޓްރެސްޓް

"އިންޓްރެސްޓް" ކަމަށް ބުނެފައި އެވަނީ، ޑިސްކައުންޓެއް ނުވަތަ ޕްރިމިއަމެއްވެސް ހިމެނޭ ގޮތުން، ޑެޓް ސެކިއުރިޓީއެއް ނުވަތަ ލޯނެއް ނުވަތަ ސްވޮޕެއް ނުވަތަ ޑެރިވެޓިވް އިންތިޒާމެއް ނުވަތަ އިންޓްރެސްޓާ އެއްފަދަ ފައިސާއެއް ދައްކަންޖެހޭ އެނޫންވެސް މުއާމަލާތެއްގެ ދަށުން ދައްކާފައިވާ ނުވަތަ ދައްކަންޖެހޭ ފައިސާއަކަށް (ޕްރިންސިޕަލް ފިޔަވައި)، ނުވަތަ ލޯނަކާ ގުޅިގެން ނުވަތަ ސްވޮޕަކާ ގުޅިގެން ނުވަތަ ޑެރިވެޓިވް އިންތިޒާމަކާ ގުޅިގެން ދައްކާފައިވާ ކޮމިޓްމަންޓެއް ނުވަތަ ގެރެންޓީއެއް ނުވަތަ ހިދުމަތެއްގެ ފީއަކަށެވެ. މީގެ ތެރޭގައި ޕެސިވް އިންޓްރެސްޓްއާއި އިސްލާމިކް ފައިނޭންށަލް އިންސްޓްރޫމަންޓަކާ ގުޅިގެން ލިބޭ ފައިދާވެސް ހިމެނެއެވެ.