-

އުޖޫރަ

"އުޖޫރަ" ކަމަށް ބުނެފައި އެވަނީ، މުވައްޒަފަކު ނުވަތަ ޑިރެކްޓަރަކު ނުވަތަ ޕާޓްނަރަކު ފޯރުކޮށްދޭ ހިދުމަތުގެ މުގާބިލުގައި، އޭނާއަށް ލިބޭ ކޮންމެ އިނާޔަތަކަށް ނުވަތަ މަންފާއަކަށެވެ. މީގެ ތެރޭގައި، ވަޒީފާ ގެއްލުމުގެ ސަބަބުން ނުވަތަ ހިދުމަތް ހުއްޓާލަންޖެހުމުގެ ސަބަބުން ލިބޭ ބަދަލާއި، ވަކި ކަންތައްތަކަކަށް ށަރުތުކޮށް ދޭ ފައިސާއާއި ވަޒީފާއަށް ވަނުމަށް ނުވަތަ ވަޒީފާއިން ވަކިވުމަށް ބާރުއަޅާ އިނާޔަތްތައްވެސް ހިމެނެއެވެ.