-

އެކްސެސިވް ކޮމްޕެންސޭށަން

"އެކްސެސިވް ކޮމްޕެންސޭށަން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ހާލަތްތަކުގައި، މުއާމަލާތެއްގެ މުގާބިލުގެ ތެރެއިން އެ މުއާމަލާތުގެ އަގަށްވުރެ އިތުރު ކަމަށް ކޮމިށަނަރ ޖެނެރަލް ކަނޑައަޅާ އަދަދަކަށެވެ. އެ ފަރާތުން ދައްކާފައިވާ އަދަދު ގާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު) ގެ ދަށުން އުނިކޮށްފައިވުން؛ އަދި (1) އެ އަދަދު ދައްކަނީ އޭނާގެ ތިމާގެ މީހަކަށް ކަމަށްވުން؛ ނުވަތަ (2) އެ ފަރާތަކީ ކުންފުންޏެއްނަމަ، އެ އަދަދު ދައްކަނީ އެ ކުންފުނީގެ ޑިރެކްޓަރަކަށް، ނުވަތަ ހިއްސާދާރަކަށް، ނުވަތަ އެ ކުންފުންޏާ ގުޅުން ހުރި ފަރާތަކަށް، ނުވަތަ އެ ކުންފުނީގެ ޑިރެކްޓަރަކާ ނުވަތަ ހިއްސާދާރަކާ ގުޅުން ހުރި ފަރާތަކަށް ކަމަށްވުން؛ ނުވަތަ (3) އެ ފަރާތަކީ ޕާޓްނަރށިޕެއްނަމަ، އެ އަދަދު ދައްކަނީ އެ ޕާޓްނަރށިޕުގެ ޕާޓްނަރަކަށް، ނުވަތަ އެ ޕާޓްނަރށިޕަކާ ގުޅުން ހުރި ފަރާތަކަށް، ނުވަތަ އެ ޕާޓްނަރށިޕްގެ ޕާޓްނަރަކާ ގުޅުން ހުރި ފަރާތަކަށް ކަމަށްވުން.